Roadha Mihaaru
ދީޕިކާ ޕްރޮޑިއުސްކުރާ ދެވަނަ ފިލްމުގެ މަސައްކަތް ފަށަނީ

ދީޕިކާ ޕްރޮޑިއުސްކުރާ ދެވަނަ ފިލްމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

06 ޑިސެމްބަރ 2023

ބޮލީވުޑްގެ ތަރި، ދީޕިކާ ޕަޑުކޯން ޕްރޮޑިއުސްކުރާ ދެވަނަ ފިލްމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅުގައި ފަށަން ނިންމައިފި އެވެ.

ބޮލީވުޑްގެ ތަރި، ދީޕިކާ ޕަޑުކޯން ޕްރޮޑިއުސްކުރާ ދެވަނަ ފިލްމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅުގައި ފަށަން ނިންމައިފި އެވެ.

އެއީ 2021 ވަނަ އަހަރު ދީޕިކާ އިއުލާންކުރި ފިލްމެކެވެ. ނަމަވެސް، އެ ފިލްމުގެ މަސައްކަތްތައް އޭގެ މާ ކުރިން ވަނީ ފަށައިފަ އެވެ. އެއީ ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ދަ އިންޓާން"ގެ ހިންދީ ރީމޭކްއެކެވެ. ހިންދީ ފިލްމަށް ކިޔާ ނަން އަދި ހާމައެއް ނުކުރެ އެވެ.

އެ ފިލްމުގެ މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އެ ފިލްމުގެ ލީޑަށް ކުރިން ނެގި އެކްޓަރު ރިޝީ ކަޕޫރް މަރުވުމާ ގުޅިގެންނެވެ. ރިޝީ މަރުވުމުން އޭނާގެ ރޯލަށް އަމީތާބް ބައްޗަން ނަގަން ނިންމި ކަމަށް ކުރިން ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ދީޕިކާ ޕްރޮޑިއުސްކޮށް އަދި އޭނާ ލީޑު ރޯލެއް ވެސް ކުޅޭ މި ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް މިހާރު އޮތީ ނިމިފަ އެވެ. އަދި ކާސްޓުން ވެސް ހަމަޖައްސައި އަންނަ އަހަރު ކުރީކޮޅުގައި ޝޫޓިން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ މަހު 25 ގައި ރިލީޒްކުރާ ދީޕިކާގެ އާ ފިލްމު "ފައިޓާ" އަށް ފަހުގައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.

ދީޕިކާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ކާ ޕްރޮޑަކްޝަންގެ ދަށުން އުފެއްދި ފުރަތަމަ ފިލްމަކީ 2020 ވަނަ އަހަރު ގެނެސްދިން "ޗަޕާކް" އެވެ.

ހޮލީވުޑްގެ ކާމިޔާބު ފިލްމު "ދަ އިންޓާން" އަކީ 2015 ވަނަ އަހަރު ގެނެސްދިން ފިލްމެކެވެ. އުމުރުން ދުވަސްވެ ރިޓަޔާކޮށްފައިވާ މީހަކު އިންޓާންއެއްގެ ގޮތުގައި އެހެން ދާއިރާއެއްގެ ވަޒީފާއަކަށް ދިއުމުން ހިނގާ ކަންތައްތަކެއް ދައްކާ މި ފިލްމުގެ ލީޑު ރޯލުތައް ކުޅުނީ އޭން ހެތުވޭ އާއި ރޮބާޓް ޑި ނީރިއޯ އެވެ.