Roadha Mihaaru
ބިލަށް ފާޑުކީ ބަލަން ވާވަރަށް ނުބަލައި: ސައީދު

ރިޔާސަތުން ބިލަށް ފާޑުކީ ބަލަން ވާވަރަށް ނުބަލައި: ސައީދު

13 މެއި 2020

ކޮވިޑް-19 އާ ގުޅިގެން، އެކި ގޮތްގޮތުން ހާލުގައި ޖެހޭ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އޭނާ ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހަށް ދެވަނަ ފަހަރަށް ވެސް ބަލައިނުގަނެ ބޭރުކޮށްލުމުން، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އާ ގުޅިގެން، އެކި ގޮތްގޮތުން ހާލުގައި ޖެހޭ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އޭނާ ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހަށް ދެވަނަ ފަހަރަށް ވެސް ބަލައިނުގަނެ ބޭރުކޮށްލުމުން، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

"ކޮވިޑް-19 ގެ އެހީތެރިކަމުގެ ބިލު"ގެ ނަމުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައި ނުގެން އެ ބިލަށް ފާޑުވިދާޅުވަމުން ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ، ޕެންޝަން ފަންޑުން ފައިސާ ނަގަން، ސައީދު ހިމަނުއްވަން ބޭނުންވި ކަންކަން ކުރަން ދައުލަތުގައި ފައިސާ އެބަހުރި ކަމަށެވެ.

އެ މަނިކުފާނުގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްލަވަން ވާ ވަރަށް ނުބައްލަވައި އެ ބިލަށް ނަޝީދު ފާޑުވިދާޅުވުމަކީ "ހިތާމައެއް ކަަމަށެވެ.

"ކޮވިޑް19ގެ އެހީތެރިކަމުގެ ބިލްގެ އިސްލާހުތައް މަޖިލިސްގެ ރިޔާސަތުން ބައްލަވަންވާ ވަރަށް ނުބައްލަވައި ފާޑުވިދާޅުވުމަކީ ހިތާމައެއް. އެ ބިލުގައި ހިމެނޭނީ ނިކަމެތި އެތައް ރައްޔިތެއްގެ ހައްގު. ގޭ ކުލި، ބިން، ގެދޮރު، މަސްވެރިން، ދަނޑުވެރިން އަދި ވަޒީފާގެ ހައްގު،" ރައްޔިތުންނަށް މިވަގުތު ދަތިވެފައިވާ ކަންކަން ފާހަގަކުރައްވަމުން ސައީދުގެ ޓުވީޓުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބިލާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ނަޝީދު ފުރަތަމަ ވިދާޅުވި ނަމަވެސް އެކަން އެގޮތަކަށް ވެސް ނުކުރައްވަ އެވެ.

ޕެންޝަނަކީ އެ ބިލްގެ މުހިއްމު ބައެއް ކަމަށާއި އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހަށް އެ ބިލް ބަލައިގަތް ނަމަވެސް ބޭނުން ވަރަކަށް އިސްލާހު ގެނައުމުގެ ފުރުސަތު އޮންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދުގެ ޓްވީޓްތައް

ސައީދު ފޮނުވި ބިލް ފުރަތަމަ ފަހަރު މަޖިލީހަށް ބަަލައި ނުގަންނަން ނަޝީދު ނިންމެވީ މަޖިލީހުގެ ގަވައިދާ އެ ބިލް ހިލާފު ކަމަށް ވިދާޅުވެ އެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ދައުލަތުގެ އާމްދަނީ އާއި ހަރަދަަށް ބަދަލު އަންނަ ފަދަ ބިލްތައް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން، ނުވަތަ ވެރިކަން ކުރާ ޕާޓީގެ މެމްބަރުންނަށެވެ.

އެެހެންވެ، އެ ބިލް އިސްލާހުކޮށް އަލުން ހުށަހަޅަން ނަޝީދު ފުރުސަތު ދެއްވި އެވެ. އެކަމަކު ސައީދު ދެވަނަ ފަހަރު ބިލް ހުށަހެޅުއްވި އިރުގައި ވެސް އެފަދަ ބައެއް ކަންތައްތައް ބިލުގައި ހުއްޓެވެ.

ޕެންޝަން ފަންޑް އުފެއްދުމުގެ މުހިއްމު އެއް ބޭނުމަކީ ރީޓަޔާ ކުރާ އުމުރަށްދާ މީހުންނަށް އެލަވަންސް ދޭނެ ރަނގަޅު ނިޒާމެއް ގާއިމްކޮށް އާމްދަނީ ލިބޭނެ އިންތިޒާމެއް ހަމަ ޖައްސައި ދިރިދިރި އޮންނަ ފަންޑެއްގެ ގޮތުގައި ޕެންޝަން ފަންޑު ހިންގުމެވެ. އެ ފަންޑަށް ފަރުދުންނާއި ވަޒީފާ ދޭ މީހުން ޖަމާ ކުރާ ފައިސާ އިން އިންވެސްޓް ކުރަނީ އެ އުސޫލުންނެވެ.