ކޮވިޑް-19ގެ ސަބަބުން އެކި ދާއިރާތަކުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން، ޔޫއެންޑީޕީގެ މައުލޫމާތުތަކުން ދައްކައިފި އެވެ. އޭގެ އެންމެ އެއް ސަބަބަކީ ޓޫރިޒަމްގެ މައްޗަށް އިގުތިސާދު ބިނާވެފައި އޮތްލެއް ބޮޑުވުމެވެ.
14 މެއި 2020
ކޮވިޑް-19ގެ ސަބަބުން އެކި ދާއިރާތަކުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން، ޔޫއެންޑީޕީގެ މައުލޫމާތުތަކުން ދައްކައިފި އެވެ. އޭގެ އެންމެ އެއް ސަބަބަކީ ޓޫރިޒަމްގެ މައްޗަށް އިގުތިސާދު ބިނާވެފައި އޮތްލެއް ބޮޑުވުމެވެ.
ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީން ތައްޔާރުކުރި ޑޭޝްބޯޑާ ހަވާލާދީ ނެރުނު ބަޔާނުގައި ބުނީ މި ބަލިމަޑުކަމުގެ ސަބަބުން ގެއްލުން އެންމެ ބޮޑުވެދާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެނީ އިގުތިސާދުގެ ނިސްބަތުން ޓޫރިޒަމް 57 ޕަސެންޓް ހިއްސާކުރުމާއި އިޖުތިމާއީ ރައްކާތެރިކަން ނެތި ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް 85 ޕަސެންޓްގައި ހުރުމުންނެވެ. މީގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ވެސް ހިމެނެ އެވެ.
ކޮރޯނާވައިރަސް ފެތުރެން ފެށުމާއި އޭގެ ބަލިމީހުން ރާއްޖެ އިން ފެންނަން ފެށުމުން ޓޫރިޒަމް ދާއިރާ މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ. ރިސޯޓްތައް ބަންދުކޮށް، އެތައް ހާސް ބަޔަކު ވަނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ވެސް ފޮނުވައިފަ އެވެ. އެހެންކަމުން ޔޫއެންޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައި އެވާ، ކޮވިޑް-19 ގެ އެންމެ ބޮޑު ގެއްލުން މިހާރު ވެސް ރާއްޖެ އަށް ވަނީ ކުރިމަތިވެފަ އެވެ.
އެކަމަކު އެހެން ގިނަ ގައުމުތަކަށް ބަލާއިރު، މިކަހަލަ ބަލިމަޑުކަމަކަށް ނިޒާމީ ގޮތެއްގައި ރާއްޖެ އިން ބައެއް ދާއިރާތަކުން މަތީ ފެންވަރަކަށް ތައްޔާރުވެފައިވާކަން ޔޫއެންޑީޕީން ފާހަގަކުރެ އެވެ. އެގޮތުން ބަޖެޓްގެ ނިސްބަތުން ސިއްހީ ދާއިރާއަށް އެންމެ ބޮޑު ހޭދައެއްކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ރާއްޖެ އިން އަންނަނީ ބަޖެޓްގެ 10 ޕަސެންޓް، ސިއްހީ ދާއިރާއަށް ހޭދަކުރަމުންނެވެ. ދެން މޮބައިލް ފޯނު ގެންގުޅޭ ނިސްބަތް ވެސް ހިމެނެނީ އެހެން ގިނަ ގައުމުތަކާ އަޅާބަލާއިރު ވަރަށް މަތީގަ އެވެ. ރާއްޖޭގެ އާބާދީއަށް ބަލާއިރު 166 ޕަސެންޓް މޮބައިލް ފޯން ކަނެކްޝަން ހިމެނެ އެވެ.
އެކަމަކު ތިބި ޑޮކްޓަރުންނަށް ބަލާ ނަމަ ރާއްޖެ ހިމެނެނީ އެ ދާއިރާ އިން މެދު މިންވަރަކަށް ތައްޔާރުވެފައިވާ ގައުމުތަކުގެ ތެރޭގަ އެވެ. ރާއްޖޭގައި ކޮންމެ 10،000 މީހަކަށް ތިބީ ގާތްގަނޑަކަށް 10 ޑޮކްޓަރުންނެވެ.
ޓޫރިޒަމްގެ ދާއިރާ ބޮޑު އަޑިގަނޑެއްގައި އޮތް އިރު އަންނަ އޮގަސްޓު މަހުގެ ތެރޭގައި "ނިއު ނޯމަލް" ގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައި ވެ އެވެ. އޭނާ ވިދާޅުވާ ގޮތުގައި، ކޮވިޑް-19އާ އެކު އިގްތިސާދަށް ލިބުނު ގެއްލުމުން އަރައިގަންނަން އަހަރެއްހާ ދުވަސް ނަގާނެ އެވެ.
ރާއްޖެ އާދެވޭނީ ކޮވިޑް ޓެސްޓު ނެގެޓިވް ވުމުން
ކޮވިޑް ނެގެޓިވް ވުމުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ
ސަރުކާރަށް މިކަން ކުރަން ކެރެން އެބަ ޖެހޭ!
ކޮވިޑް-19އަށް ޓެސްޓްނުކޮށް ވެސް ރާއްޖެ އެތެރެވެވޭނެ
ރިސޯޓްތަކާއި ސަފާރީތަކުން 9،000 މީހުން ދޫކޮށްފި
ކުރެއްދޫގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓްކުރަނީ
ހާއްސަ ހުއްދައެއް ދިނީ ރިސޯޓުތައް ހުސްކުރަން: މައިމޫނާ
ފެލައިނީއާ ސީދާ ކޮންޓެކްޓްވި 20 މީހުން ދެނެގަނެފި
މާލޭގެ ދެ ގެއެއް ބަންދުކޮށް ޓެސްޓްކުރަން ފަށައިފި
ކުރެއްދޫން އިޓަލީ ޓޫރިސްޓްގެ މައުލޫމާތު ސިއްރުކުރި