17 އޮކްޓޯބަރ 2016
މިދިޔަ އަހަރުގެ މެއި މަހު ކުރި މުޒާހަރާއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ދައުލަތުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު ކުރި މުޒާހަރާއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ދައުލަތުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.
މިދިޔަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ހިމާޔަތް ލިބިވަޑައިގެން އެ ގައުމުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދުގެ މައްޗަށް ދައުވާކުރާ މައްސަލައާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ބަހެއް ނުލިބެ އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި އެ ދައުވާކުރަނީ މިދިޔަ އަހަރުގެ މެއި 1 ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެއެވެ.
އެ މައްސަލަ ކޯޓަށް ފޮނުވީ މިދިޔަ މަހު އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވަން ތާވަލް ކޮށްފައިވިޔަސް އަލީ ވަހީދު ބޭރުގައި ހުންނެވުމުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަކަށް ނުބެލެވެ އެވެ.
ބޮޑު ހަމަނުޖެހުންތަކެއް ހިނގި އެ މުޒާހަރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އެ ކުށް ސާބިތުވެ، އޭނާއަށް ވަނީ 12 އަހަރުގެ ހުކުމެއް އައިސްފަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަމީން އިބްރާހިމްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި އެވެ. އެކަމަކު އޭނާ ވެސް އިނގިރޭސިވިލާތުގެ ހިމާޔަތުގައި ހުންނެވުމުން އެ މައްސަލަ ކުރިއަކަށް ނުދެ އެވެ.
"އަދީބަށް އަވަހަށް ހުކުމްކުރީ ރައީސް އަންގަވައިގެން"
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
މުހައްމަދު އިސްމާއިލްގެ ޝަރީއަތް މިއަދު ނުބޭއްވުނު
ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް
ސާބިތުވާ ވަރަށް ހެކި ނެތުމުން އަހަނދުގެ މައްސަލަ ބޭރު
ޓެރަރިޒަމްގެ މައްސަލާގައި އަލިމަނިކު 5 އަހަރަށް ޖަލަށް
އިސޫ ދޫކޮށްލީ ނުރައްކަލެއް ނެތް ކަމަށް ބަލާފައި
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
ބަޑި ގެންގުޅުނުކަން ސާބިތުވިޔަސް، މިނިވަންވެއްޖެ
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ