Roadha Mihaaru
ނާސާ އިން މުސާރަދޭ ގޮތަށް، މާސް އަށް ފޭކް ދަރުތެއް

ނާސާ އިން މުސާރަދޭ ގޮތަށް، މާސް އަށް ފޭކް ދަރުތެއް

26 މެއި 2020

"ސްޕޭސްފްލައިޓް ސިމިއުލޭޓާ"އެއްގެ ތެރޭގައި އަށް މަސް ދުވަސް ހޭދަކުރަން އެދޭ މީހުންނަށް ނާސާއިން ވަޒީފާ ދެނީ އެވެ. މުސާރަ ވެސް ދެ އެވެ. އެކަމަކު އަދި ވަކި އަދަދެއް ކަނޑައަޅައި މުސާރަ ހަމައެއް ނުޖައްސަ އެވެ. ޝައުގުވެރިވާ މީހުންގެ ނަން ނޯޓްކުރަނީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

"ސްޕޭސްފްލައިޓް ސިމިއުލޭޓާ"އެއްގެ ތެރޭގައި އަށް މަސް ދުވަސް ހޭދަކުރަން އެދޭ މީހުންނަށް ނާސާއިން ވަޒީފާ ދެނީ އެވެ. މުސާރަ ވެސް ދެ އެވެ. އެކަމަކު އަދި ވަކި އަދަދެއް ކަނޑައަޅައި މުސާރަ ހަމައެއް ނުޖައްސަ އެވެ. ޝައުގުވެރިވާ މީހުންގެ ނަން ނޯޓްކުރަނީ އެވެ.

މި ވަޒީފާ ލިބޭ މީހުން ފުރަތަމަ ދާން ޖެހެނީ ރަޝިޔާ އަށެވެ. އެހެންކަމުން، ރަޝިޔާ ބަސް އަދި އިނގިރޭސި ވަރަށް ރަނގަޅަށް އެނގުމަކީ ޝަރުތެކެވެ.

ވަޒީފާ ލިބޭ މީހުން، ރަޝިޔާގެ މޮސްކޯގައި، "ރަޝިއަން އިންސްޓިޓިއުޓް ފޮ ބަޔޮމެޑިކަލް ޕްރޮބްލަމްސް" ގައި އަށް މަސް ހޭދަކުރާނެ އެވެ. އެ މީހުންނަށް އޮތް މަސައްކަތްތަކީ ތަމްރީންތަކެއް ހެދުމެވެ.

ނާސާއިން ހަމަޖައްސާފައި ވަނީ އެ މީހުން ލައްވައި މާސް އަށް ފޭކް ދަތުރެއް ކުރުވުމެވެ. އެ މީހުން އެކަމަކު މާސްއަކަށް ނުދާނެ އެވެ. ތިބޭނީ ބިމުގަ އެވެ. ސްޕޭސްފްލައިޓް ސިމިއުލޭޓާއެއްގެ ތެރޭގައި އެވެ. އެކަމަކު ވެސް، ޖައްވީ އުޅަނދެއް، ޖައްވުގައި ދަތުރުކޮށްފައި ދާއިރު، ތަޖުރިބާކުރާ ހުރިހާ ކަމެއް އެ މީހުން ތަޖުރިބާކުރާނެ އެވެ.

ސްޕޭސްފްލައިޓް ސިމިއުލޭޓާ އަށް ވަނުމުގެ ކުރިން ފުރިހަމަކުރާ މެޑިކަލް ޓެސްޓްތައް

ސްޕޭސްފްލައިޓް ސިމިއުލޭޓާ އަށް ވަނުމުގެ ކުރިން ފުރިހަމަކުރާ މެޑިކަލް ޓެސްޓްތައް

އުޅަނދެއްގައި ދަތުރުވެރިން ބަންދުވެ ދިގު މުއްދަތަކަށް ތިބެންޖެހުމުން ނަފުސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން އަންނަ ބަދަލުތައް ތަޖުރިބާކުރުވައި އުނގެނުމަކީ މި ހަރަކާތުގެ މުހިންމު ލަނޑުދަނޑިއެވެ. ގަދަ ފިނީގައި އަދި ކާބޯތަކެތީގެ ވަކި މިންވަރަކުން ފުއްދުން އަދި ސާފުތާރިހުވުމުގައި އަމިއްލަ މިނިވަންކަމެއް ނެތި އިންސާނުންނަށް އުޅެވޭނެ ގޮތްތައް ކަރުދާހަށް ގެނައުމަކީ ވެސް ވިސްނުމުގައި އޮތް ކަމެކެވެ.

ވަޒީފާ އަށް އެދި ހުށަހަޅާ މީހުން ވާންޖެހެނީ ސިއްހަތު ވަރަށް ރަނގަޅު މީހުންނަށެވެ. އުމުރަކީ 30-55 އާ ދެމެދެވެ. ސައިންސް އަދި ޓެކްނޮލޮޖީ ވަރަށް ރަނގަޅަށް ދަންނަން ޖެހެ އެވެ. އިންޖިނޭރިން ނުވަތަ ހިސާބު އިލްމަށް އަރާތިބި މީހުންނަށް އިސްކަން ދެ އެވެ. ދެން އޮތް އެންމެ ބޮޑު ޝަރުތަކީ، މިހާ ދިގު މުއްދަތަކަށް ބަންދުގައި ތިބެން ރުހުމެވެ.