28 މެއި 2020
ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުނާ އެކު ވަރަށް ގިނަ ފިރިހެނުން ކުރާ ދައުވާއަކީ މިއެވެ؛ މިހާރު ގޭގެ މަސައްކަތްތަކުގައި ވަރަށް ބޮޑު ރޯލެއް އަދާކުރެ ވެއެވެ. ގޭތެރެ ސާފުކުރުމާއި ކެއްކުމާއި ކުދިން ބެލުން ފަދަ ކަންކަމުގައި އަނބިންނަށް ނުވަތަ އާއިލާގެ މީހުންނަށް މިހާރު މާ ބޮޑަށް ވެސް އެހީވެދީ އުޅޭ ކަމަށް ބުނެ ބައެއް މީހުން އެ ވާހަކަތައް މީޑިއާގައި ހިއްސާކުރެ އެވެ.
ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުނާ އެކު ވަރަށް ގިނަ ފިރިހެނުން ކުރާ ދައުވާއަކީ މިއެވެ؛ މިހާރު ގޭގެ މަސައްކަތްތަކުގައި ވަރަށް ބޮޑު ރޯލެއް އަދާކުރެ ވެއެވެ. ގޭތެރެ ސާފުކުރުމާއި ކެއްކުމާއި ކުދިން ބެލުން ފަދަ ކަންކަމުގައި އަނބިންނަށް ނުވަތަ އާއިލާގެ މީހުންނަށް މިހާރު މާ ބޮޑަށް ވެސް އެހީވެދީ އުޅޭ ކަމަށް ބުނެ ބައެއް މީހުން އެ ވާހަކަތައް މީޑިއާގައި ހިއްސާކުރެ އެވެ.
އެކަމަކު އިނގިރޭސިވިލާތުގައި ހެދި ދިރާއަކުން ދައްކަނީ މީގެ އިދިކޮޅެވެ. ޔުނިވަސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) އާއި އިންސްޓިޓިއުޓް ފޮ ފިސްކަލް ސްޓަޑީޒް (އައިއެފްއެސް) 3،500 އާއިލާއެއްގެ ހާލަތު ބަލައި ހެދި ދިރާސާގައި ބުނާގޮތުން ލޮކްޑައުންގައި ގޭގައި ކުރަން ޖެހޭ ގިނަ މަސައްކަތްތައް ކުރަނީ އަންހެނުންނެވެ. އޭގެ ތެރޭގައި ކުދިން ބެލުމާއި ގޭގައި ކުރަންޖެހޭ އެހެން ހުރިހާ މަސައްކަތެއްގައި ވެސް އެންމެ ގިނަ ވަގުތު ހޭދަކުރަނީ އަންހެނުންނެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މި "ގޭބަންދު" ތެރޭގައި އަންހެނުން ގޭގެ މަސައްކަތުގައި އަވަދިނެތި ބުރަކޮށް އުޅެން ޖެހޭތީ، އޮފީސް ވަޒީފާއަދާ ކުރާ އަންހެނުންގެ ތެރެއިން ގިނަ އަންހެނުންނަށް، ފިރިހެނުންނާ އަޅާބަލާ އިރު ރަސްމީ މަސައްކަތްތަކަށް ގޭގެ މަސައްކަތްތަކާ ހެދި ހަމަޖެހިލައިގެން އިނދެ މަސައްކަތެއް ކުރަން ލިބެނީ އެންމެ ގަޑިއެއްހާ އިރެވެ. އެކަމަކު ފިރިހެނުންނަށް އެ ފުރުސަތު ތިން ގަޑިއިރަށް ލިބެ އެވެ.
އައިއެފްއެސްގެ ރިސާޗް އިކޮނޮމިިސްޓް ލޫސީ ކްރާފްޓްމަން ވިދާޅުވި ގޮތުގައި އެވްރެޖްކޮށް ލޮކްޑައުންގެ ތެރޭގައި އަންހެނުން ގޭގެ ހުރިހާ މަސައްކަތެއްގައި ވެސް ވަރަށް ބުރަ އެވެ.
The #lockdown has presented huge and unique challenges to families.
— IFS (@TheIFS) May 26, 2020
Tomorrow, join IFS researchers by live stream as we explore how families are balancing old and new demands on their time, and how this differs by socio-economic status and gender.https://t.co/VUK5wwrO4m pic.twitter.com/hC2AJZwy92
"ދެބައި މީހުންނަށް އެއްވަރަކަށް މަސައްކަތްކުރެވޭނެ ފުރުސަތުތަކެއް ހުއްޓަސް، ފިރިހެނުންގެ ދައުރު ގޭގެ މަސައްކަތްތަކުގައި ކުޑަ،" އޭނާ ވިދާޅުވި އެވެ. "މީގައި ތަފާތެއް ނެތް ވަޒީފާ އަދާކުރާ ދެމަފިރިން އުޅޭ އާއިލާތަކާއި ވަގުތީ ގޮތުން ގޭގައި ތިބެގެން އަދާކުރާ މީހުންނާއި ނޫނީ މި ދަނޑިވަޅުގައި ވަޒީފާއެއް ނެތް މީހުންނާ ވެސް."
އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ދަރިން ބެލުން ފަދަ ކަންކަމުގައި އިސް ރޯލެއް އަދާކުރަނީ އަންހެނުންނެވެ. އެކަމަކު މި ލޮކްޑައުންއާ އެކު ކުރިމަތިވި ހާލަތަކީ ދެ ޖިންސްގެ މީހުން ވެސް ގޭގައި އެއްކޮށް ތިބެން ޖެހުނަސް، ކުދިން ބެލުމުގައި ބައްޕަގެ ހިއްސާ ލިބޭ މިންވަރު ކުޑަވުމެވެ.
"ރަސްމީ ވަޒީފާ އަދާކުރަމުން ގޭގެ މަސައްކަތްކުރަމުން ކުދިން ބެލުމުގެ ޒިންމާ މި ދަނޑިވަޅުގައި ވެސް އެންމެ ބޮޑަށް ނަގަނީ އަންހެނުން،" ލޫސީ ވިދާޅުވި އެވެ. "މިއީ މަސައްކަތެއް ނެތް ފިރިން ތިބި އާއިލާގެ ވެސް ހާލަތު."
ދިރާސާގައި ފާހަގަކުރި ގޮތުގައި ލޮކްޑައުންނާ އެކު އެންމެ ބޮޑަށް އުންމީދުކުރެވުނު ކަމަކީ އާއިލީ ޒިންމާތައް ނެގުމުގައި ދެ ޖިންސްގެ މެދުގައި އޮތް ފަރަގަށް ވަރަށް ހެޔޮ ބަދަލެއް އައުމެވެ. އެކަމަކު އެ ބަދަލު އުންމީދުކުރި ވަރަށް ނުފެންނަ ކަމަށާއި މިއީ ފިރިހެނުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް ބުންޏެވެ. އަދި މިފަދަ ކަންކަމާ ހެދި ދެ ޖިންސްގެ މެދުގައި އޮންނަ ފަރަގު ނައްތައިލަން ކުރާ މަސައްކަތަށް ހިޔަނި އެޅޭނެކަން ދިރާސާ ޓީމުން ވެސް ފާހަގަކުރި އެވެ.
"މިއިން ދައްކުވައިދޭ އެއް ކަމަކީ ދެ ޖިންސްގެ މެދުގައި އޮތް ޖެންޑަ ވޭޖް ގެޕްވެސް އިތުރުވޭ އަދިވެސް ވާނީ،" އައިއެފްއެސްގެ އެލިސަން އެންޑްރޫ ވިދާޅުވި އެވެ. "މިކަހަލަ ހާލަތްތަކުގައި އެބަޖެހޭ ފިރިހެނުންގެ ރޯލް މިހާރަށް ވުރެ ބޮޑަށް އިތުރުކޮށް، އެ މީހުންގެ އެޓިޓިއުޑަށް ބަދަލުތަކެއް ގެންނަން."
އަންހެން ވެރިން ތިބޭ ކުންފުނިތަކުގެ ފައިދާ މާ ބޮޑު
ވޯގް މަޖައްލާގެ ކަވަރުގައި މަލާލާ
ޔޫކޭގެ ސްކޫލަކުން ބެލެނިވެރިންނަށް ޑްރެސް ކޯޑެއް ދީފި
އެއްމާބަނޑު ކުދިން އުފަންވުން އިތުރުވެއްޖެ
މިއީ ޓީވީ ގިނައިން ބަލާ ނަމަ ވެދާނެ ގޮތެއް
އާމްދަނީގެ ފަރަގު ނައްތާލަން އަދި 275 އަހަރު ނަގާނެ
ޖިންސީ ތަފާތުކުރުންތަކާ ހެދި އަންހެނުންނަށް ޑިޕްރެޝަން
އިންނަން އެއްބަސްވި އަންހެން އޮފިސަރަކު ހައްޔަރުކޮށްފި
އަންހެނުންތަކެއް ގެރީގެ ގޮތުގައި ދެެއްކުމުން ހޫނުވެއްޖެ
އާންމު މަސައްކަތް ވަކި ޖިންސަކަށް ހާއްސަކަމަކަށް ނުދެކޭ