ދެކުނު ކޮރެއާގައި ކިރުގެ ވީޑިއޯ އިޝްތިހާރެއްގައި އަންހެނުންތަކެއް ގެރިތަކެއްގެ ގޮތުގައި ދެއްކުމުން އަމާޒުވި ފާޑުކިޔުންތަކާ ހެދި މައާފަށް އެދިއްޖެ އެވެ.
16 ޑިސެމްބަރ 2021
ދެކުނު ކޮރެއާގައި ކިރުގެ ވީޑިއޯ އިޝްތިހާރެއްގައި އަންހެނުންތަކެއް ގެރިތަކެއްގެ ގޮތުގައި ދެއްކުމުން އަމާޒުވި ފާޑުކިޔުންތަކާ ހެދި މައާފަށް އެދިއްޖެ އެވެ.
ގުދުރަތީ ހިތްގައިމު މާހައުލެއްގައި ތިބޭ އަންހެނުންތަކެއް "ކުއްލިއަކަށް" ގެރިތަކަކަށް ބަދަލުވާ މަންޒަރު ފެންނަ އިޝްތިހާރަކީ ދެކުނު ކޮރެއާގެ މަޝްހޫރު ކިރު ޑެއިރީ ބްރޭންޑް "ސޯލް މިލްކް" ގެ އެއްޗެކެވެ. ޔޫޓިއުބްގައި ވެސް އާންމުކޮށްފައިވާ އެ އިޝްތިހާރުގައި ފެންނަނީ ހުދު ހެދުމުގައި ތޮބޭ އަންހެނުންތަކެއް ގުދުރަތީ މާހައުލުން ހިތް އުފާކުރަމުން ދަނިކޮށް ވީޑިއޯ ނަގާ ފިރިހެނަކު ސިއްރުން ވީޑިއޯ ކުރާކަން "ފަޅާއަރާ ތަނުން" އެ މީހުން ގެރިތަކަށް ބަދަލުވާ ތަނެވެ.
މި އިޝްތިހާރަށް ފާޑުކީ މީހުން ބުނި ގޮތުގައި އަންހެނުންތަކެއް ގެރީގެ ގޮތުގައި ދެއްކުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެއީ އަންހެނުންގެ ގަދަރަށް ކުޑައިމީސް ކުރުމުގެ އަމަލެއް ކަމާށާއި އެކަމުން ދައްކުވައި ދެނީ ޖިންސްގެ ތަފާތުކުރުން ގެންގުޅުން ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ މަހުގެ 29 ގައި އާންމުކުރި "ސޯލް މިލްކް" ގެ އިޝްތިހާރުގެ މައްސަލަ ހޫނުވުމުން އެ ބްރޭންޑްގެ މައި ކުންފުނި ސޯލް ޑެއިރީ ކޯޕަރޭޓިވުން ނެރުނު ބަޔާނެއްގައި މާފަށް އެދި ބުނީ އިޝްތިހާރާ ގުޅޭ ގޮތުން މިހާރު އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
"އެކަން އަހަރެމެން ސީރިއަސްކޮށް ބަލާނަން. އިޝްތިހާރާ ހެދި އާންމުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމާއި ކަންބޮޑުވުމަށްޓަކައި މާފަށް އެދެން." ބަޔާނުގައި ބުންޏެވެ.
"ސޯލް މިލްކް" މި އިޝްތިހާރަކީ ސާފު ފެނާއި 100 ޕަސެންޓް އޯގަނިކް ވިނަ އާއި ފަތް ކައިގެން ގެރި ފޯރުކޮށްދޭ ވަރަށް ފެންވަރު ރަނގަޅު މީރު ކިރެއްކަން ދައްކުވައިދޭން ގެނެސްދިން އިޝްތިހާރެކެވެ.
މީގެ ކުރިން ވެސް "ސޯލް މިލްކް" ގެ ޕްރޮމޯޝަނަލް އިވެންޓެއް ގެނެސްދިނުން ފާޑުކިޔުންތަކެއް އަމާޒުވެ ފިޔަވަޅު އަޅަން ޖެހުނެވެ. އެއީ ޔޯގަޓް އިޝްތިހާރުކުރަން ބޭއްވި ސްޓޭޖް އިވެންޓެއްގައި ބަރަހަނާކޮށް ތިބި މޮޑެލުންތަކެއް އެކަކު އަނެކަކުގެ ގަޔަށް ޔޯގަޓް ޖަހާ ތަން ދައްކުވައި ދިނުމުންނެވެ.
އެ ހާދިސާއާ ގުޅިގެން "ސޯލް މިލްކް" ގެ މާކެޓިން ޑިޕާޓްމަންޓްގެ ވެރިންނާއި މޮޑެލުން ޖޫރިމަނާކުރި އެވެ.
ކޮރެއާގެ ބޭންޑް "އެޕްރީލް" ރޫޅިއްޖެ
އިންނަން އެއްބަސްވި އަންހެން އޮފިސަރަކު ހައްޔަރުކޮށްފި
އާންމު މަސައްކަތް ވަކި ޖިންސަކަށް ހާއްސަކަމަކަށް ނުދެކޭ
އަނިޔާވެރި ބައިވެރިން ދޫކޮށްލާ މީހުންނަށް މާލީ އެހީ
ގޫގުލް އަށް ކްލައިމެޓް ޗޭންޖަކީ ކުޅޭކުޅޭ ކަމެއް ނޫން
ހައިހީލްގައި އަންހެން ސިފައިން ބޭންޖަހާތީ ރުޅިވެރިކަން
ވޯގް މަޖައްލާގެ ކަވަރުގައި މަލާލާ
ތާށިވި ބޯޓާއި މި އަންހެން މީހާއާ ކޮން ގުޅުމެއް؟
ގޫގުލްގެ އިސް މީހަކު އަނެއްކާވެސް މަގާމުން ވަކިކޮށްފި
މުސާރައިގެ ފަރަގު ހައްލުކުރަން ގޫގުލް އިން 2.5 މިލިއަން ޑޮލަރު