ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަޒީމުގެ ލަވަތަކުގެ ތެރެއިން އެންމެ ރީތީ ކޮން ލަވައެއްތޯ އަހައިފި ނަމަ އެއީ ޖަވާބު ދޭން އުނދަގޫ ސުވާލަކަށް ވެދާނެ އެވެ. އޭނާގެ ކާމިޔާބު އަދި އެހާމެ ވިދުން ގަދަ ކެރުއަރުގައި ގެނެސްދިން ކޮންމެ ލަވަ އަކީ އެހާމެ މަގުބޫލު، ރީތި ލަވަތަކެވެ.
31 މެއި 2020
ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަޒީމުގެ ލަވަތަކުގެ ތެރެއިން އެންމެ ރީތީ ކޮން ލަވައެއްތޯ އަހައިފި ނަމަ އެއީ ޖަވާބު ދޭން އުނދަގޫ ސުވާލަކަށް ވެދާނެ އެވެ. އޭނާގެ ކާމިޔާބު އަދި އެހާމެ ވިދުން ގަދަ ކެރުއަރުގައި ގެނެސްދިން ކޮންމެ ލަވަ އަކީ އެހާމެ މަގުބޫލު، ރީތި ލަވަތަކެވެ.
ދެން އެކި މީހުންގެ ހޮވުން ވެސް ވެސް ތަފާތު ވާނެ އެވެ. އެކަމަކު ޔަގީން ކަމަކީ އަލީ ރަމީޒުގެ ކޮންމެ ލަވައެއްގެ ޖާދޫގައި އެތައް ދިވެންނެއް އަދިވެސް ޖެހިފައި ތިބި ކަމެވެ. އޭނާގެ ވާހަކަ އަދިވެސް ދައްކަން ޖެހެނީ މިފަދަ ސަބަބުތަކާ ހެދި އެވެ.
ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ލަވަކިޔުން ހުއްޓައިލި އިރު، އަލީ ރަމީޒުވެފައި ވަނީ ރާއްޖޭގައި އެންމެ ބޮޑު ފޭންބޭސްއެއް ގާއިމުރި ފަންނާނަށެވެ. އެހެންވެ އޭނާ ލަވަކިޔުން ހުއްޓައިލިތާ އެތައް އަހަރެއްވީ އިރު ވެސް އެ ނަމާއި އެ އަޑަށް ފަނޑުކަމެއް ނާދެ އެވެ.
ދެން އޮތީ އަލީ ރަމީޒު ކިޔާފައިވާ ލަވަތަކުގެ ތެރެއިން އެންމެ ރިތީ ކަމަށް ގިނަ ބަޔަކު ފާހަގަކުރާ ލަވަތަކާ އެކު ލިސްޓެއް ހަދައިލުމެވެ. މިއީ ލިސްޓާ ބައެއް އެންމެންނަށް އެއްބަސްވުމަކަށް ނާދެވިދާނެ އެވެ.
"ހިތުގެ ވާ ލޯބި" އަކީ އަލީ ރަމީޒުގެ ހިތާމަވެރި ލަވައިގެ ތެރެއިން އެންމެ އަސަރު އަދި އެންމެ ރީތި އެއް ލަވަ އެވެ.
އަޑު އަހާލަން ފަސޭހަ، މަޑުމައިތިރި ރާގުގެ "ނިންދިވީތީ މޭމަތީ" އަލީ ރަމީޒު ކިޔާފައިވާ ލަވަތަކުގެ ތެރެއިން އެހުންތެރިންގެ އެންމެ ފެވަރިޓް އެއް ލަވަ އެވެ. ޅެން ވެސް އެހާމަ ރީތި މި ލަވަ އަކީ އަލީ ރަމީޒު ވީޑިއޯ އިން ވެސް ފެނިގެން ދިޔަ ލަވައެކެވެ.
"ފިނިފެންމަލެކޭ" އަކީ ވަރަށް ރީތި ވީޑިއޯއަކާ ވެސް ބެލުންތެރިންނަށް ފެނިގެން ދިޔަ ލަވައެކެވެ. އަލީ ރަމީޒާއި މޮޑެލް މަރިޔަމް މަނިކެ (މަރީ) ފެނިގެންދާ މި ލަވަ އަކީ އަދިވެސް އާންމުންގެ ތެރޭގައި ވަރަށް ހިިނގާ ލަވައެކެވެ.
މި ލަވައަކީ އަލީ ރަމީޒާއި އޭނާގެ އަންހެނުން ވީޑިއޯ ލަވައިން ފެނިގެން ދިޔަ ލަވައެކެވެ. "ހެޔޮ ހާލުގައި" ކަލާ އަކީ އަލީ ރަމީޒު ކިޔާފައިވާ ލަވަތަކުގެ ތެރެއިން އެންމެ ރީތި އެއް ލަވަ އެވެ.
"ދަމީ ދަނީ މެރިގެން ލޯ" އަކީ 1976 ގައި ޑައިރެކްޓަރު ޔާޝް ޗޯޕްޅާ ގެނެސްދިން ފިލްމު "ކަބީ ކަބީ" ގެ ޓައިޓްލް ލަވައިގެ ދިވެހި ވާޝަނެވެ.
"ސާދާ މިޒާޒު" މި ލަވަ އަކީ އަލީ ރަމީޒާއި އޭނާގެ އަންހެން ކޮއްކޮ ރާފިޔަތު ރަމީޒާ އެކީގައި ކިޔާފައިވާ ލަވައެކެވެ.
"ފާޅުގައި ބުނާނަމޭ" އަކީ ވެސް އަލީ ރަމީޒު ކިޔާފައިވާ މަޑުމައިތިރި އަސަރު ގަދަ ލަވަތަކުގެ ތެރެއިން އެންމެ ރީތި އެއް ލަވަ އެވެ.
"ލޮކަކަށް ނިންޖެއް ނާދޭ" އަކީ އަލީ ރަމީޒު ވީޑިއޯއިން ވެސް ފެނިގެން ދިޔަ ލަވައެކެވެ.
"އަނިޔާ ހިތަށް ނުދޭށޭ" އަކީ ތަންކޮޅެއް އެކަމަކު އަވަސް ހިތާމަވެރި ސްޓައިލްގެ ލަވައެކެވެ.
"އައިޝާ" އަކީ އަލީ ރަމީޒު ކިޔާފައިވާ ލަވަތަކުގެ ތެރެއިން ވަރަށް ތަފާތު ސްޓައިލެއްގެ ރީތި ލަވައެކެވެ.
މިއީ 1991 ގައި ރިލީޒްވި ސަލްމާން ޚާންގެ ފިލްމު "ލަވް" ގައި ހިމެނޭ "މައި ލަވް މެރޭ ޕްރިޔަތަމާ" ގެ ރާގަށް ހަދާފައިވާ ލަވައެވެ.
އަލީ ރަމީޒާ ބެހުމުން ޒަކިއްޓެއަށް ނުގޮވާ އެއްޗެއްނެތް
މޯޑުގެ އެންމެ ފަހު ވަގުތުތައް މަރޭއާ އެކު
މޯޑުގެ ތަރި ފަނޑެއް ނުވާނެ!
މެޒޯ: ދާނޭހޭ ތިހަނދާން ފިލާ
ރެވިއޯގެ އާ އަލްބަމް "ޑީއެންވީއާރް"
"ސަމުގާ" މައްސަލާގައި މިއުޒީޝަނުންގެ ބޮޑު ކޯޅުމެއް
ހިޔަލަ ގްރޫޕުން އީދަށް ބޯކިބާ ފޮރުވައިފި
ދިވެހި ލަވައެއްގައި މަލިކުގެ ފަންނާނުން
"ފެނި ފަތިހު ފިނީ"ގައި ޝަމްވީލް
ފެޒޫ އެންމެފަހުން މިވީ އެންމެ މޮޅު އަންހެން ކެޔޮޅަށް!