Roadha Mihaaru
އިއްޔެ އާއި މިއަދު 390 ބަންގްލަދޭޝް މީހުން ގައުމަށް

އިއްޔެ އާއި މިއަދު ބަންގްލަދޭޝްގެ 390 މީހަކު ގައުމަށް ފޮނުވާލައިފި

30 މެއި 2020

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ އިތުރު 390 އަށް ވުރެ ގިނަ މީހުން އިއްޔެ އާއި މިއަދު ވެސް އެ ގައުމަށް ފޮނުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ އިތުރު 390 އަށް ވުރެ ގިނަ މީހުން އިއްޔެ އާއި މިއަދު ވެސް އެ ގައުމަށް ފޮނުވާލައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން އަންނަނީ ރާއްޖޭގަައި މަސައްކަތްކުރާ ބިދޭސީން އެ މީހުން ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިހާތަނަށް ބަންގްލަދޭޝްގެ 1،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ގައުމަށް ފޮނުވާލައިފަ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ އެ އެއާލައިންގެ މަތިންދާބޯޓެއްގައި އިއްޔެ 198 މީހަކު ބަންގްލަދޭޝް އަށް ގެންގޮސްފައި ކަމަށެވެ. މިއަދު ވެސް 195 މީހަކު ފުރުވައިލި އެވެ. ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ މީހުން އަނބުރާ ފޮނުވުމާއި އެހެން ގައުމުތަކުން ދިިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ މޯލްޑިވިއަން އިންނެވެ.

މީގެ އިތުރުން ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ ބައެއް މީހުން ވެސް ކުރިން ވަނީ ފޮނުވާލައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 1،500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ވެސް ބަންގްލަދޭޝްގެ މީހުންނެވެ.