Roadha Mihaaru
ބަންގްލަދޭޝްގެ އިތުރު 200 މީހުން ފުރުވާލައިފި

ބަންގްލަދޭޝްގެ އިތުރު 200 މީހުން ގައުމަށް ފޮނުވާލައިފި

14 އޮކްޓޯބަރ 2020

ބަންގްލަދޭޝްގެ އިތުރު 200 މީހަކު އެ ގައުމަށް މޯލްޑިވިއަން އެއާލައިން އިން މިއަދު ފުރުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ބަންގްލަދޭޝްގެ އިތުރު 200 މީހަކު އެ ގައުމަށް މޯލްޑިވިއަން އެއާލައިން އިން މިއަދު ފުރުވާލައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުން ގެންދާ ބަންގްލަދޭޝް މީހުން އަނބުރާ އެ ގައުމަށް ގެންގޮސް ދިނުމުގައި ހަރަކާތްތެރި ވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ. މިއަދު ފުރީ މިފަދަ 40 ވަނަ ފްލައިޓް ކަމަށާއި އެ ފްލައިޓް ދިޔައީ ޑާކާ އަށް ކަަމަށް މޯލްޑިވިއަނުން ބުންޏެވެ.

މިހާތަނަށް 7،732 މީހުން އެ ގައުމަށް އަނބުރާ ފޮނުވާލެވިއްޖެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއް

ކޮންމެ ހަފްތާއަކު އެއް ފަހަރު މޯލްޑިވިއަންގެ ފްލައިޓެއް ބަންގްލަދޭޝަށް ދެ އެވެ. އެ ގައުމަށް އެންމެ ފަހުން މޯލްޑިވިއަންގެ ރިޕަޓްރިއޭޝަން ފްލައިޓެއް ފުރާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީއަކު މި އަހަރު ނިމުމުގެ ކުރިން އަނބުރާ ފޮނުވާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފަ އެވެ.