Roadha Mihaaru
ކުލި ނުދެއްކިގެން 220 މީހަކު ހުށަހެޅި: ޖެންޑާ

ކުލި ނުދެއްކިގެން 220 މީހަކު ހުށަހެޅި: ޖެންޑާ މިނިސްޓްރީ

02 ޖޫން 2020

ކޮވިޑް-19 ފެތުރޭތީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، މަސައްކަތް ހުއްޓި އާމްދަނީ ނުލިބޭތީ ގޭގެ ކުލި ނުދެއްކިގެންނާއި އާއިލާތަކަށް ހަރަދު ކުރެވޭނެ ގޮތެއް ނެތިގެން މިއަދާ ހަމައަށް 220 މީހަކު އެ މައްސަލަަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، މަސައްކަތް ހުއްޓި އާމްދަނީ ނުލިބޭތީ ގޭގެ ކުލި ނުދެއްކިގެންނާއި އާއިލާތަކަށް ހަރަދު ކުރެވޭނެ ގޮތެއް ނެތިގެން މިއަދާ ހަމައަށް 220 މީހަކު އެ މައްސަލަަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަަރު ފާތިމަތު ޔުމްނާ ވިދާޅުވީ، އާމްދަނީ ދަށްވެގެން އާއިލާތައް ބަަލަަހައްޓަން އުނދަގޫވުމުގެ މައްސަލަ ވަރަށް ބޮޑުވަމުންދާ ކަމަށެެވެ. އެގޮތަށް ހާލުގައި ޖެހޭ މީހުންގެ ތެރެއިން އެތައް ބަޔަކު ރަށަށް އެނބުރި ދާން ވެސް އެދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ހަަމައަށް މި ފަރާތްތަައް މި އަންނަނީ މިހާރު މާލޭގައި ކުއްޔަށޭ ތިމަންނަމެން މިއުޅެނީ އެކަމަކު މި ހާލަތު އައިމާ ތިމަންނަމެންނަކަށް ނެތޭ އިތުރަށް އެފޯޑް ކުރެވޭކަށް. އެހެންވީމާ ތިމަންނަމެން ރަށަށް ފޮނުވަން [އެދެމޭ ބުނެ]،" ޔުމްނާ ވިދާޅުވި އެވެ.

ހާލުގައި ޖެހިގެން ޖެންޑާ މިނިސްޓްރީ އަށް ދިޔަ މީހުންގެ ތެރޭގައި ޔުމްނާ ވިދާޅުވިގޮޮތުގަައި، މާލޭގެ ރަށްވެހިން ވެސް ހިމެނެ އެވެ. އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތް ހުއްޓުމުން، ވަޒީފާ ގެއްލިގެން ހާލުގައި ޖެހިގެން އެ މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު މީހުންގެ ތަފާސްހިސާބުތައް ހިމެނޭ ސްލައިޑެއް ޔުމްނާ ދައްކަވައިލެއްވި އެވެ.

އެ ޗާޓުން ފެންނަ ގޮތުގައި މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެގެން މާލެ ލޮކްޑައުންކުރި ފުރަތަމަ ހަފުތާގައި ޖެންޑާ މިނިސްޓްރީގެ އެހީއަށް އެދުނީ ތިން ފަރާތަކުންނެވެ. އެކަމަކު ޖެހިގެން އައި ހަފުތާގައި 19 ފަރާތެއް ހާލުގައި ޖެހިގެން ހުށަހެޅި އެވެ. މިދިޔަ މޭ ފުރަތަމަ ހަފުތާގައި 11 ފަރާތެއް އެހީއަށް އެދުނު އިރު އެންމެ ގިނަ މީހުން ހާލުގައި ޖެހިގެން ހުށަހެޅީ މޭ މަހުގެ ފަހުކޮޅު އެވެ. އެގޮތުން، އެ މަހުގެ ދެވަނަ ހަފުތާގައި 71، ތިން ވަނަ ހަފްތާފައި 75 މީހުން ދިޔަ ކަމަށާއި ފަހު ހަފުތާގައި 41 މީހަކު ހާލުގައި ޖެހިގެން ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމަށް އެދުނު ކަން ތަފާސްހިސާބުން އެނގެ އެވެ.

"ކުލި ނުދެއްކިގެން ނޫނިއްޔާ އެ ފަރާތުގެ ވަޒީފާ ގެއްލިގެން އާއިލާ ބެލެހެއްޓޭނެ ގޮތެއް ނެތި މާލީ ދަތިކަމެއް އައިސްގެން ނިކުންނަން ޖެހޭ ފަރާތްތައް ވަރަށް ގިނަ. މިހާރު އަޅުގަނޑުމެން ޔޫތު ފެސިލިޓީގައި ހަތަރު އާއިލާއެއްގެ 26 މީހުން މިހާރު އަޅުގަނޑުމެން މި ބަލަމުން މި ގެންދަނީ މި ދެދުވަސް ތެރޭގައި،" ޔުމްނާ

"މި އަދަދުތައް އަޅުގަނޑުމެންނަށް އެބަ ފެނޭ އިތުރުވަމުން އެބަދާކަން،" ތަފާސްހިސާބުތައް ހިއްސާކުރެއްވުމަށް ފަހު ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ، އެގޮތަށް ރަށަށް ބަދަލުވާން އެދޭ މީހުން ފޮނުވެން ނެތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ނުދޭތީ ކަަމަށެވެ. ކުލި ނުދެއްކިގެން ސަރުކާރުގެ އެހީތެރިކަމަށް އެދުނު މީހުންގެ ތެރޭގައި ގެއިން ނުކުންނަން ޖެހުނު މީހުން ވަރަށް ގިނަ ކަމަށާއި ބޯހިޔާވަހިކަން ފޯރުކޮށްދޭން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ޔުމްނާ ވިދާޅުވިގޮތުގައި، އެހާ ގިނަ މީހުންނަށް އެހެން ދިމާވާނެ ކަމަށް މިނިސްޓްރީން އަންދާޒާއެއް ވެސް ނުކުރެ އެވެ.

"ކުލި ނުދެއްކިގެން ނޫނިއްޔާ އެ ފަރާތުގެ ވަޒީފާ ގެއްލިގެން އާއިލާ ބެލެހެއްޓޭނެ ގޮތެއް ނެތި މާލީ ދަތިކަމެއް އައިސްގެން ނިކުންނަން ޖެހޭ ފަރާތްތައް ވަރަށް ގިނަ. މިހާރު އަޅުގަނޑުމެން ޔޫތު ފެސިލިޓީގައި ހަތަރު އާއިލާއެއްގެ 26 މީހުން މިހާރު އަޅުގަނޑުމެން މި ބަލަމުން މި ގެންދަނީ މި ދެދުވަސް ތެރޭގައި،" ޔުމްނާ ވިދާޅުވި އެވެ.

ހާލުގައި ޖެހިފަިއވާ އާއިލާތަކަށް އެހީތެރިވެވޭނެ ގޮތްތައް ހޯދަން މަސަައްކަތް ކުރަމުން އަންނަ ކަމަށާއި ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހިގެން ހުށަހެޅި މީހުންނަކީ ކައުންސިލްތައް މެދުވެރިކޮށް، ކަށަވަރުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެލްޖީއޭއަށް ވާނީ 97 ނަމެއް، 12 އާއިލާއެއްގެ ހިިއްސާ ކުރެވިފައި،" ޔުމްނާ ވިދާޅުވި އެވެ.