Roadha Mihaaru
16 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މީހަކަށް ދައުުވާ

16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް ދައުވާކޮށްފި

04 ޖޫން 2020

އުތުރުގެ ރަށެއްގައި، 16 އަހަރުގެ ފިރިހެން ކުއްޖަކާ ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުތުރުގެ ރަށެއްގައި، 16 އަހަރުގެ ފިރިހެން ކުއްޖަކާ ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖެއް ލައްވައި ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ، 53 އަހަރުގެ ފިރިހެނެއްގެ މައްޗަށް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ އެ ރަށު ކޯޓަށެވެ.

ފިރިހެން ކުއްޖާއާ ބެހުނު މައްސަލަ ފެންމަތިވެ މިިދިޔަ މަހު އެ ފިރިހެން މީހާ ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް އޭނާ އަދި ވެސް ހުރީ ބަންދުގައި ކަމެއް އަދި ސާފެއް ނުވެ އެވެ.

ކުޑަކުދިންނާ ގުޅޭ ޖިންސީ އަނިޔާގެ މައްސަލަތަކުގައި، އެ ކުދިންގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ފުލުހުން ވެސް ހިއްސާއެއް ނުކުރެ އެވެ. އެ ފަދަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކުރުމަކީ ގާނޫނީ ކުށެކެވެ.