Roadha Mihaaru
ތިން ރަށެއްގައި އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކެއް

ތިން ރަށެއްގައި އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކެއް ހުޅުވައިފި

04 ޖޫން 2020

ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ގދ. ތިނަދޫގައި އުރީދޫގެ ސެލްފް ސާވިސް ޑިޖިޓަލް ސެންޓަރުތަކެއް ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ގދ. ތިނަދޫގައި އުރީދޫގެ ސެލްފް ސާވިސް ޑިޖިޓަލް ސެންޓަރުތަކެއް ހުޅުވައިފި އެވެ.

މި ސެންޓަރުތަކުން 24 ގަޑިއިރު ޚިދުމަތް ދޭއިރު ހިދުމަތް ދޭނީ ސެލް ކިއޯސްކުތައް ބޭނުންކޮށްގެންނެވެ. އެހެންކަމުން ރައްކާތެރި ގޮތުގައި ބޭނުން ކޮންމެ ގަޑިއެއްގައި ޕްރީޕެއިޑް ރީޗާޖްކޮށް، ބިލަށް ފައިސާދެއްކުމުގެ އިތުރުން އެމްފައިސާ އެކައުންޓަށް، ފައިސާ ޖަމާކުރުން ފަދަ ހިދުމަތް އެ ސެންޓަރުން ލިބޭނެ އެވެ. އުރީދޫއަކީ ރާއްޖޭގައި މި ހިދުމަތް ތައާރަފު ކުރި ފުރަތަަމަ ކުުންފުންޏެވެ.

ފުވައްމުލަކުގައި ހުޅުވި ޑިޖިޓަލް ސެންޓާ-- ފޮޓޯ: އުރީދޫ

ފުވައްމުލަކުގައި ހުޅުވި ޑިޖިޓަލް ސެންޓާ-- ފޮޓޯ: އުރީދޫ

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ޒަމާނީ ޓެކްނޮލޮޖީއާ އެކު އެ ކުންފުނީގެ ހިދުމަތް ފުރިހަމަ ކުރުމަށް ކަމަށެވެ. އެގޮތުން، ސެންޓަރުތަކުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް ސޯޝަލް ޑިސްޓެންސިން ބަހައްޓައި ރައްކާތެރިކަމާ އެކު ހިދުމަތް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުއްލި ހާލަތެއްގައި ދުނިޔެ މިހާރު ކުރިމަތިލަމުންދާ ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ އާންމު ދިރިއުޅުން ބަދަލުވެ، ނިއު ނޯމަލްއަކަށް ދަތުރުކުރާއިރު މުޖުތަމައުގެ ބޭނުންތަކަށް ޓެކްނޮލޮޖީގެ ރޯލުވަނީ އިހުނަށްވުރެ ބޮޑުވެފައި. މި ހާލަތުގައި މި ގާއިމް ކުރެވުނު ޑިޖިޓަލް ސެންޓަރުތަކުގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ބަހައްޓައި، އުރީދޫ ކަސްޓަމަރުންނަށް ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ އަޒުމަކީ މިފަދަ ހިދުމަތްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށްވެސް ފޯރުކޮށްދިނުން،" ނިޔާޒު ވިދާޅުވި އެވެ.

ގދ. ތިނަދޫގައި ހުޅުވި ޑިޖިޓަލް ސެންޓާ-- ފޮޓޯ: އުރީދޫ

ގދ. ތިނަދޫގައި ހުޅުވި ޑިޖިޓަލް ސެންޓާ-- ފޮޓޯ: އުރީދޫ

އުރީދޫގެ ފުރަތަމަ ޑިޖިޓަލް ސާވިސް ސެންޓަރު ގާއިމް ކުރީ މިދިޔަ މާޗު މަހު މާލޭގަ އެވެ. އަދި އިތުރު ސެންޓަރެއް ހުޅުމާލޭގައި ވެސް އެ ކުންފުނިން ވަނީ ގާއިމްކޮށްފަ އެވެ.