ދެ ފަޅި ވެފައިވާ، ވެރިކަންކުރާ ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބާއްވަވާ ޖަލްސާއަށް ދަރުބާރުގެ ދޫކުރުމަށް ފަހު އަތުލައިފި ކަމަށް ޕީޕީއެމްގެ މައުމޫން ފެކްޝަނުން ބުނެފި އެވެ.
18 އޮކްޓޯބަރ 2016
ދެ ފަޅި ވެފައިވާ، ވެރިކަންކުރާ ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބާއްވަވާ ޖަލްސާއަށް ދަރުބާރުގެ ދޫކުރުމަށް ފަހު އަތުލައިފި ކަމަށް ޕީޕީއެމްގެ މައުމޫން ފެކްޝަނުން ބުނެފި އެވެ.
ޕީޕީއެމްގައި މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ބާއްވާ ޖަލްސާ އަށް ދަރުބާރުގެ ނުދޭން ނިންމި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފެކްޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ދަރުބާރުގެ ވަނީ އިންތިހާބު ނިމެންދެން ދޫކޮށްފަ އެވެ.
މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް މިއަދު ވިދާޅުވީ ޖަލްސާ ބޭއްވުމަށް ކުރިން ހުއްދަ ލިބުމުން ފައިސާ ވެސް ދައްކާފައިވާ ކަމަށާއި އެކަމަކު އެ ފައިސާ އަނބުރާ ގެންދިއުމަށް ހައުސިން މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށެވެ. އަލީމް ވިދާޅުވި ގޮތުގައި، ދަރުބާރުގެ ދޫކުރެވެން ނެތީ އިމްތިހާނެއް ކުރިއަށް ދާތީ ކަމަށް މިނިސްޓްރީން އެންގީ އިއްޔެ އެވެ.
އޭނާ ވިދާޅުވީ ޑިސެމްބަރު މަހާ ހަމައަށް ދަރުބާރުގެ ފުލްވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން މި މަހުގެ 31 ވަނަ ދުވަހު އާއްމު ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް ރައީސް މައުމޫން އިއުލާނުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޖަލްސާގައި ޕީޕީއެމްގެ އާއްމު މެމްބަރުން ބައިވެރިވުމަށް މައުމޫން ވަނީ ދައުވަތު ދެއްވައިފަ އެވެ.
"ފައިސާ ދެއްކި އިރު ވެސް އެނގޭނެ ދެއްތޯ އިމްތިހާނެއް ކުރިއަށްދާކަން. އެކަމަކު އަޅުގަނޑަށް ގުޅާފައި މިއަދު އެ ބުނީ ޖަލްސާ ބާއްވަން ހޯލު ދޫކުރެވޭކަށް ނެތޭ. އެހެން ތާރީހެއްގައި ޖަލްސާ ބާއްވަން ދަރުބާރުގެ ހަމަޖައްސަން ވިދާޅުވީމަ ދެންނެވީ ޑިސެމްބަރު މަހާ ހަމައަށް އެތަން ފުލްވެފައޭ ހުރީ،" އަލީމް ވިދާޅުވި އެވެ.
އަލީމް ވިދާޅުވީ ދަރުބާރުގެ ދޫނުކުރީ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ކަމަށާއި ހަމަ އެ ދުވަހު އެހެން ތަނެއްގައި ޖަލްސާ ބޭއްވެމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ގިނަ ދުވަސްތަކަކަށް ފަހު ޕީޕީއެމްގެ އާއްމު ޖަލްސާއެއް ބާއްވަން މައުމޫން ނިންމެވިއިރު، އެމަނިކުފާނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު މައްސަލަ އިތުރަށް ހޫނުވެ ކޮންމެ ފެކްޝަނެއްގައި ވަނީ ވަކި ލީޑަޝިޕެއް އުފައްދައިފަ އެވެ.
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ޔާމީނާ ދެކޮޅަށް މައުމޫން ނުކުތީ "ލެގަސީ" ދުއްވާލާތީ
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި ފިކުރު
ދައުލަތުގެ މުސާރަ ނިންމައި ޕީޕީއެމަށް ފައިސާ ދޫކުރަނީ
މައުމޫން، ޕީޕީއެމް ހިންގެވި ގޮތާ މެދު ފަލާހުގެ ތައުރީފް!
ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!
މަތީނަށް ޕީޕީއެމްގެ ޓިކެޓު ގެއްލި، މަގާމު ދޫކޮށްލައިފި
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް
އެމްޑީޕީ ނޫން ޕާޓީތަކާ މަޝްވަރާކުރަން ތައްޔާރު: ޔާމީން
މި ހިތްވަރެއް ނޭލޭނެ: މައުމޫން