Roadha Mihaaru
އިންޓަނެޓަށް ވަންނަން "ބްރޭވް" މަގުބޫލު ކަމަށް ބުނެފި

އިންޓަނެޓަށް ވަންނަން "ބްރޭވް" މަގުބޫލުވަމުން އަންނަ ކަމަށް ބުނެފި

08 ޖޫން 2020

ބްރޭވް އަކީ އިންޓަނެޓް ބްރައުޒާއެކެވެ. ގޫގުލް ކްރޯމް، މޮޒިއްލާ ފަޔާފޮކްސް ކަހަލަ އެވެ. ކްރޯމް އަދި ފަޔާފޮކްސް ދޫކޮށްލުމަށް ފަހު، އިންޓަނެޓް ބްރައުޒްކުރުމަށް ގިނަ ބަޔަކު ބްރޭވް ބޭނުންކުރާކަން އަހަންނަކަށް އަދި ނޭނގެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ބްރޭވް އަކީ އިންޓަނެޓް ބްރައުޒާއެކެވެ. ގޫގުލް ކްރޯމް، މޮޒިއްލާ ފަޔާފޮކްސް ކަހަލަ އެވެ. ކްރޯމް އަދި ފަޔާފޮކްސް ދޫކޮށްލުމަށް ފަހު، އިންޓަނެޓް ބްރައުޒްކުރުމަށް ގިނަ ބަޔަކު ބްރޭވް ބޭނުންކުރާކަން އަހަންނަކަށް އަދި ނޭނގެ އެވެ.

ބްރޭވް އިން ބުނާ ގޮތުގައި، މަހަކު 15 މިލިއަން މީހުން އެ ބްރައުޒާ ބޭނުންކުރެ އެވެ. އަދި އެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މި މަސް ނިމޭއިރު 15.4 މިލިއަން ފަހަނައަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން، މިދިޔަ ނޮވެމްބަރަށް ފަހު ބްރޭވް އަށް އެ ވަނީ 50 ޕަސެންޓްގެ ކުރިއެރުމެއް ލިބިފަ އެވެ.

ބްރޭވް، ގޫގުލް ކްރޯމް، މައިކްރޮސޮފްޓް އެޖް އަދި އޮޕެރާ ލިސްޓްކުރެވެނީ "ކްރޯމިއަމް" ބްރައުޒާތަކެއް ގޮތަށެވެ. މީގެ މާނަ އަކީ މި ބްރައުޒާތަކުގެ އަސާސީ ބިންގާ އެއްގޮތްވުމެވެ. ނަމަވެސް، ހިތަށް އަރަނީ ރާއްޖޭގައި ކިތައް މީހުން ބްރޭވް ބޭނުންކުރޭބާ އެވެ.

ދިވެހި ތާނަ ވެބްސައިޓްތައް ކިޔުމަށް ކަމުދާ ބްރައުޒާތައް އަހަރެމެންގެ ތެރޭގައި ގިނަ އެވެ. އޭގެ ތެރެއިން ވެސް ކްރޯމް އަކީ ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައި ވާ ބްރައުޒާއެކެވެ. ފަޔާފޮކްސް، އެޖް އަދި އޮޕެރާ ވެސް ބޭނުންކުރެ އެވެ.

ބްރޭވް އަކީ އިންޓަނެޓް ބްރައުޒާ މާކެޓަށް އަދި އާ ނަމެކެވެ. އެހެންކަމުން، ބްރައުޒާތަކުގެ މެދުގައި އެއްގޮތް ސިފަތަކެއް ހުރި ނަމަވެސް، ދިވެހި ތާނަ ގިނަ ވެބްސައިޓްތަކަށް ބްރޭވް އަދި ކަމަކު ނުދެ އެވެ.