10 ޖޫން 2020
އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެ ނުކުރެވޭ ގޮތަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅައިފި އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެ ނުކުރެވޭ ގޮތަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅައިފި އެވެ.
އިމްޕޯޓު، އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖލީހަށް ހުށަހަޅާފައިވާ މި ބިލުގައި އެކި ސިނާއަތްތައް ފަށައި ތަރައްގީ ކުރުމަށް ބޭނުންވާ ތަކެއްޗާއި އާއްމު ދިރިއުޅުމުގައި ބޭނު ކުރާ ތަފާތު ތަކެތިން ނަގާ ޑިއުޓީ ކަނޑާލުމަށް ވަނީ އިސްކަން ދީފަ އެވެ. އަދި ތިމާވެއްޓަށް ގެއްލުންވާ ތަކެތި ބޭނުން ކުރުން ހުއްޓާލުމަށް ބާރު އެޅުމުގެ ގޮތުން ބައެއް ތަކެތިން ޑިއުޓި ނެގުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އެ ބިލުގައި ބުނެފައިވާގޮތުގައި މި އަހަރު ތެރޭގައި އިމްޕޯޓު ކުރާ ތަކެތީގެ ތެރެއިން ޕްލާސްޓިކް ހޮޅި އާއި ޑިސްޕޯސެބަލް ފިލްމާއި ޝީޓާއި ތަށި ފަދަ އެއްފަހަރާ ބޭނުންކޮށްފައި އުކާލާ ތަކެތިން ޑިއުޓީ ނަގާނެ އެވެ. އަދި އަންނަ އަހަރުން ފެށިގެން އެފަދަ ތަކެތި އެތެރެކުރުން އެއްކޮށް މަނާ ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.
އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް އެތެރެކުރުން މަނާ ކުރުމަށް މަޖިލީހުން ވަނީ މީގެ ކުރިން ވެސް ގަރާރެއް ފާސްކޮށްފަ އެވެ. ރާއްޖޭގެ 17 ސްކޫލަކުން ހުށަހަޅައިގެން މަޖިލީހުން ފާސްކުރި މި ގަރާރުގައި ބުނެފައިވާ ގޮތުގައި 2025 ވަނަ އަހަރުން ފެށިގެން އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް އެތެރެ ނުކުރެވޭނެ އެވެ.
ޕްލާސްޓިކްގެ އިތުރުން ސިނގިރޭޓާއި ބިޑި، އަދި ބަނގުރާ ފަދަ ތަކެތިން ނަގާ ޑިއުޓީ ވެސް ބޮޑު ކުރުމަށް ވަނީ މިއަދު ހުށަހެޅި ބިލުގައި ހިމަނައިފަ އެެވެ. އަދި ރާއްޖޭގައި ދުއްވާ ކާރާއި ޖީޕާއި ވޭން ފަދަ ތަކެތީގެ ތެރެއިން ބޭނުން ނުކޮށް ހުންނަ ތަކެތިން ނަގާ ޑިއުޓީ ކަނޑާލުމަށް ފަހު ބޭނުންކޮށްފައި ހުންނަ ތަކެތިން ނަގާ ޑިއުޓީ 300 ޕަސެންޓަށް އިތުރު ކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
މި އިސްލާހުގައި އާއްމު ދިރިއުޅުމުގަި ބޭނުން ކުރާ ތަފާތު އެކި އިލެކްޓްރޯނިކް ބާވަތްތަކުން މިހާރު ނަގާ ޑިއުޓީ ކަނޑާލުމަށް ވެސް ވަނީ ހިމަނައިފަ އެވެ. މީގެ ތެރޭގައި ދޮންނަ މެޝިނާއި އޭސީ އަދި އިންވާޓަރާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ހަދާފައި ހުންނަ ދުއްވާ އެއްޗެހި ހިމެނެ އެވެ.
އިމްޕޯޓް ލައިސަންސް އުވާލުން: ވަރަށް ބޮޑު ފަސޭހައެއް
ގެއްލުން ބޮޑަސް ޑިއުޓީ ހިލޭ: މި ކޮތަޅުގެ ހަގީގަތް
ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތް ހަދައިފި
ފަސް އަހަރުން 106 މިލިއަންގެ ވޭޕް އެތެރެކުރި
އަސާސީ ބާވަތެއް އެތެރެކުރާކަށް ހުރަހެއް ނެތް: ސައީދު
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ
މިދިޔަ މަހު ތިން ބިލިއަންގެ މުދާ ރާއްޖެ އިމްޕޯޓްކުރި
ދިރުވާލައިގެން ރާއްޖެއަށް ރަން އެތެރެކުރި މީހަކު ޖަލަށް
އިމްޕޯޓާއި އެކްސްޕޯޓް ދަށްވެ، އާމްދަނީ ދަށަށް
ރެވެނިއު ސްޓޭމްޕްގެ ފީ ބޮޑުކުރުމުން އަގުތައް އުފުލޭނެ!