Roadha Mihaaru
ހޯރަފުށި އެއާޕޯޓް ސެޕްޓެމްބަރުގައި ނިމޭނެ: އެމްޓީސީސީ

ހޯރަފުށި އެއާޕޯޓްގެ މަސައްކަތް ސެޕްޓެމްބަރު މަހު ނިމޭނެ: އެމްޓީސީސީ

11 ޖޫން 2020

ހޯރަފުށި އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް އަންނަ ސެޕްޓެމްބަރު މަހު ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހޯރަފުށި އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް އަންނަ ސެޕްޓެމްބަރު މަހު ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ހޯރަފުށި އެއާޕޯޓް ޕްރޮޖެކްޓްގެ 83 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށް ދަނީ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތްތަކެވެ. އަދި ތާރު އެޅުމަށް ބޭނުންވާ އިތުރު ސާމާނު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނާނެ އެވެ. އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. މި މަސައްކަތަށް 67 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓަ މަހު ނިންމާލައިފައިވާ އިރު 1120 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މި އަހަރުގެ މާޗް މަހު ވަނީ ނިންމާލައިފަ އެވެ.

ހޯރަފުށި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ހޯރަފުށި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ކޮވިޑް-19 ގެ ހާލަތުގައި ވެސް ހޯރަފުށި އެއާޕޯޓުގެ މަސައްކަތް ހުއްޓާނުލާ އެމްޓީސީސީން އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަށް ޖުމްލަ 198 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި އެއާޕޯޓު ހެދުމަށް ބިން ހިއްކަން އެމްޓީސީސީއާ މިދިޔަ އަހަރު ހަވާލުކުރި އެވެ. އެކަމަކު، ޔާމީންގެ ސަރުކާރު ބަދަލުވުމާ އެކު، މި ސަރުކާރުން ވަނީ މާފިނޮޅުގެ ބަދަލުގައި ހޯރަފުށި ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓް ހަދަން ނިންމައިފަ އެވެ.