Roadha Mihaaru
ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފި

ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

01 ޖުލައި 2021

ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 90.5 މިލިއަން ރުފިޔާ އަށެވެ.

މި އެއްބަސްވުމުގެ ދަށުން އެއާޕޯޓު ރަންވޭގެ ދެ ފަރާތުގައި 2،861 މީޓަރުގެ އެއްގަމު ތޮށި ލާނެ އެވެ. އަދި ކޯޒްވޭގެ ދެ ފަރާތުން އޮއިދެމޭ ނިޒާމެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހޯރަފުށީ އެއާޕޯޓު ވެސް ތަރައްގީ ކުރީ އެމްޓީސީސީންނެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.