މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް މިދިޔަ ބުދަ ދުވަހު، 11 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުން އަވަސް ކުރުމަށް، އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
12 ޖޫން 2020
މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް މިދިޔަ ބުދަ ދުވަހު، 11 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުން އަވަސް ކުރުމަށް، އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުން ކުޑަކުއްޖާ ގެސްޓްހައުސްއަށް ގެންދިޔައީ އެ ކުއްޖާ މަގުމައްޗަށް ނިކުތްތަނުން، މަގުމަތީގައި ހުރި މީހެކެވެ. އެކަމަކު މިކަން ފުލުހުން އަދި ރަސްމީކޮށް ޔަގީންކޮށެއް ނުދެ އެވެ.
ކުއްޖާ ރޭޕް ކުރިތާ ދެ ދުވަސްވެފައިވާއިރު އަދި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ މި "ހަޑިމުޑުދާރު އަދި ލާއިންސާނީ" އަމަލު ހިންގި މީހާ އާއި އެކަމަށް އެހެން ބަޔަކު އެހީތެރިވެފައިވާ ނަމަ އެ މީހުން ހޯދައި ތަހުގީގު އަވަސްކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުން އެކަމަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށާއި އަދަބު ތަންފީޒު ކުރުމުގައި އެއްވެސް ވަރެއްގެ ލުޔެއް ނުދިނުމަށް ގޮވާލާފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ކުޑަކުއްޖާ ރޭޕްކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހެކެވެ. އަދި އެކަމުގައި ގެސްޓުހައުސްގެ އިހުމާލު ބޮޑުކަން ވެސް އެނގިފައި ވެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ވެސް ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ފެންމަތިވެފަ އެވެ. ފުލުހުން އޭރު ބުނެފައިވަނީ ކުއްޖާ ހޯދަން ފެށީ އެ ކުއްޖާ އަށް ވީނުވީއެއް ނޭނގި، ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ މައްސަލައެއް އާއިލާ އިން ހުށަހެޅުމުން ކަމަށެވެ. ރޭޕްކޮށް، ކުޑަކުއްޖާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އިދިކޮޅު ކޯލިޝަނުން ވަނީ ފަހަކަށް އައިސް ކުޑަކުދިންނަށް އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ގިނަވެފައިވާކަން ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދެ ޕާޓީން ވެސް ބުނިގޮތުގައި މި ފަދަ އަމަލުތައް ހުއްޓުވޭނީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ފުރިހަމަކޮށްގެންނެވެ.
"ހަމަ މިއާއެކު، މި ފަދަ ހާދިސާތައް ދިމާވާ ކުދިންނަށް ނަފްސާނީ އެހީތެރިކަން ވީއެންމެ އަވަހަކަށްދީ، އެ ކުދިންނަށް ލިބެން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމުތައް ދައުލަތުން ހަމަޖެއްސުމަށް ގޮވާލަމެވެ." އިދިކޮޅުގެ ނޫސް ބަޔާނުގައި ބުންޏެވެ.
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު
ރޭޕްގެތުހުމަތު ކުރެވޭ މީހާގެ ބަންދު އިތުރުކުރަން އެެދެނީ
ރޭޕްގެ ތުހުމަތުކުރެވޭ މީހާގެ ބަންދަށް 7 ދުވަސް
ގެސްޓް ހައުސެއްގައި 11 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި
ޖިންސީ ގޯނާގެ މައްސަލައިގައި އިދިކޮޅުގެ ރުޅި އިމްރާނަށް
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ރޭޕްގެ މައްސަލަ: ގެސްޓު ހައުސްތައް ނުބެލެހެއްޓޭ
ރޭޕް ކޭސް: ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
ކުއްޖާގެ ރޭޕްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ޕީޕީއެމްގެ ވެރިކަމެއްގައި މަގުތައް ނާމާން: އެމްޑީޕީ