Roadha Mihaaru

11 އަހަރުގެ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެސްޓް ހައުސްއެއްގައި މިދިޔަ ބުދަ ދުވަހު 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފި އެވެ.

ކުއްޖާގެ ރޭޕްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

12 ޖޫން 2020

މާލޭގެ ގެސްޓް ހައުސްއެއްގައި މިދިޔަ ބުދަ ދުވަހު 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފި އެވެ.

ރޭޕްގެ ތުހުމަތަށް، ކޯޓު އަމުރަކަށް މީހަކު ހައްޔަރުކުރިކަން ހާމަކޮށް ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު، އަނިޔާ ލިބުނު ކުއްޖާ އަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަނީ ހާއްސަ އިސްކަމެއް ދީގެން" ކަމަށެވެ.

ރޭޕްކުރީ އެ ކުއްޖާ މަގުމައްޗަށް ނިކުތްތަނުން، މަގުމަތީގައި ހުރި މީހަކު އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ކަމަށް މިހާތަނަށް ވަނީ އެނގިފަ އެވެ. އެކަމަކު ފުލުހުން މިކަމާ ބެހޭ ގޮތުން އަދި ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ވެސް ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ފަަޅައިއަރައިފަ އެވެ. ފުލުހުން އޭރު ބުނެފައިވަނީ ކުއްޖާ ހޯދަން ފެށީ އެ ކުއްޖާ އަށް ވީނުވީއެއް ނޭނގި، ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ މައްސަލައެއް އާއިލާ އިން ހުށަހެޅުމުން ކަމަށެވެ. ރޭޕްކޮށް، ކުޑަކުއްޖާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.