Roadha Mihaaru
ޕެންޝަނާއި އެއާޕޯޓް ކައުންޓަރުފީތައް ފަސްކުރަން އެދިިއްޖެ

ޕެންޝަނާއި އެއާޕޯޓް ކައުންޓަރު ފީތައް ފަސްކޮށްދޭން މަޓާޓޯ އިން އެދިއްޖެ

15 ޖޫން 2020

ޕެންޝަނަށް ދައްކަންޖެހޭ ފައިސާ އާއި އެއާޕޯޓްގެ ކައުންޓަރުތަކުގެ ފީ ފަސްކޮށްދޭން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕެންޝަނަށް ދައްކަންޖެހޭ ފައިސާ އާއި އެއާޕޯޓްގެ ކައުންޓަރުތަކުގެ ފީ ފަސްކޮށްދޭން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އެދިއްޖެ އެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކޮވިޑް-19 ގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، މަޓާޓޯ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އެ ދާއިރާގެ ފަރާތްތަކުން ޕެންޝަނަށް ދައްކަންޖެހޭ ފައިސާ އާއި އެއާޕޯޓުގެ ކައުންޓަރުތަކުގެ ފީ އާއި އެހެން ޗާޖުތައް ވެސް ހަ މަހަށް ފަސްކޮށްދޭން ޕެންޝަން އޮފީހާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި އެދިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

މަޓާޓޯ އިން ބުނިގޮތުގައި، މިފަދަ ދުވަސްވަރެއްގައި ޕެންޝަނަށް ފައިސާ ދައްކަން ޖެހުމަކީ ވަޒީފާ ދޭ ފަރާތާއި މުވައްޒަފުންނަށް ވެސް ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމެކެވެ. މުވައްޒަފުން ބޭނުން ވިޔަސް، އެ ފައިސާ އަކީ ބޭނުން ކުރެވެން ހުންނަ އެއްޗެއް ނޫން ކަން ވެސް މަޓާޓޯ އިން ބުނެ އެވެ.

މީގެ އިތުރުން ޓޫރިސްޓުން އައުން ހުއްޓި، ބުކިންތައް ކެންސަލްވެ، ޓޫރިޒަމް ދާއިރާއަށް ބޮޑު ގެއްލުންތަކާ ކުރިމަތިވަމުން ދާއިރު ކަމާބެހޭ އިދާރާތަކުގެ ފަރާތުން އެފަދަ ލުއިތަކެއް ނުލިބި، ވިޔަފާރިތައް ސަލާމަތް ނުކުރެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިިވަމުން ދާ ގޮންޖެހުންތަކާ ގުޅިގެން ވިޔަފާރިތަކާއި އާންމުންނަށް ގިނަ ލުއިތަކެއް ވަނީ ހޯދައި ދީފަ އެވެ. އެގޮތުން ލޯނުތައް ފަސްކޮށް ދިނުމާއި ލުއި ލޯނު ހޯދައި ދިނުމުގެ އިތުރުން ވަޒީފާ ގެއްލޭ މީހުންނަށް ޚާއްސަ އެލަވަންސެއް ވެސް ދަނީ ފޯރުކޮށް ދެމުންނެވެ.