17 ޖޫން 2020
މެޑްރިޑް (ޖޫން 17) - ސްޕެނިޝް ލީގުގައި ރޭ ޒުވާން ތަރި އަންސޫ ފާޓީ ޖެހި ގޯލާ އެކު 2-0 އިން ލެގަނޭސް ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.
މެޑްރިޑް (ޖޫން 17) - ސްޕެނިޝް ލީގުގައި ރޭ ޒުވާން ތަރި އަންސޫ ފާޓީ ޖެހި ގޯލާ އެކު 2-0 އިން ލެގަނޭސް ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.
ރޭގެ މޮޅާ އެކު ބާސެލޯނާ އަށް ވަނީ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ބާސެލޯނާ އަށް 29 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑްގެ އޮތީ 28 މެޗުން 59 ޕޮއިންޓެވެ. މާދަމާރޭ ރެއާލް ކުޅޭނީ ވެލެންސިއާއާ ދެކޮޅަށެވެ.
ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު މިދިޔަ ހަފްތާގައި ލީގު އަލުން ފެށި ފަހުން ރޭގެ މެޗަކީ ބާސެލޯނާގެ ދަނޑު ނޯ ކޭމްޕްގައި ލީގު އަލުން ފެށި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އާންމުކޮށް ސަޕޯޓަރުން ފުރާލާފައި އޮންނަ އެ ދަނޑު ހުސްކޮށް އޮތްއިރު، ރޭގެ މެޗުގައި ބާސެލޯނާ އަށް ލީޑުނަގައިދިން ލަނޑު އުމުރުން 17 އަހަރުގެ ފާޓީ ޖެހީ ފުރަތަމަ ހާފްގެ ފަހު ކޮޅުގަ އެވެ.
ފާޓީގެ މި ގޯލަކީ މި ފަަހަރު ލީގުގައި އޭނާ ޖެހި ފަސް ވަނަ ގޯލެވެ. ލީގުގައި ގޯލާ ސީދާކޮށް ފޮނުވާލި 10 ބޯޅައިން ފަސް ގޯލު އޭނާ ވަނީ ޖަހައިފަ އެވެ. ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑުން ފާޓީ ގަންނަން 100 މިލިއަން ޔޫރޯ ހުށަހެޅި ނަމަވެސް ބާސެލޯނާ އިން ވަނީ ނޫނެކޭ ބުނެފަ އެވެ.
ރޭގެ މެޗުގައި ލަނޑު ޖަހަން ލެގަނޭސްގެ މިގޭލް-އޭންޖަލް ގަރޭރޯ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
ބާސެލޯނާގެ ދެ ވަނަ ގޯލު ދެ ވަނަ ހާފުގައި ޖެހީ ޕެނަލްޓީ އަކުން ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ ކްލަބާއި ގައުމީ ޓީމަށް މެސީ ޖަހައިދިން 699 ވަނަ ގޯލެވެ. އަދި މި ސީޒަނުގައި ޖެހި 26 ވަނަ ގޯލެވެ.
މެޗަށް ފަހު ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ މޮޅުވެވުމުގައި ކުރީކޮޅުގައި ނަސީބު އެހީވި ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުން މޮޅުވާން ބޭނުންނަމަ ފަށައިގެން ރަނގަޅު ކުޅުމެއް ދައްކަން ޖެހޭކަމަށް ސެޓިއެން ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން މަސައްކަތްކުރަން އަންނަ ގެޓަފޭ ރޭ ކުޅުނު މެޗުން ވަނީ ލަނޑެއް ނުޖެހި އެސްޕަންޔޯލާ އެއްވަަރުވެފަ އެވެ. މި ނަތީޖާއާ އެކު ހަތަރަކަށް ޖެހިލަން ލިބުނު ފުރުސަތު ގެޓަފޭ އިން ވަނީ ގެއްލުވާލައިފަ އެވެ. ހަތަރު ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް 28 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ގެޓަފޭ ފަސް ވަނައިގައި އޮތީ 29 މެޗުން 47 ޕޮއިންޓާ އެކު އެވެ.
ފާޓީގެ ރެކޯޑް ދެ ގޯލުން ބާސެލޯނާ އަށް މުހިއްމު މޮޅެއް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ބާސާ އަށް ބޮޑު މޮޅެއް، އެކަމަކު ކީޕަރަށް ސީރިއަސް ހާނިއްކައެއް
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
އެއްވަނައިގައި ރެއާލް އާއި ބާސާ އެއް ނޫން، ޖިރޯނާ
ބާސާގެ ފާޓީ ލޯނު އުސޫލުން ބްރައިޓަން އަށް
ބާސެލޯނާ 15 ޕޮއިންޓަށް ލީޑު ފުޅާކޮށްފި