Roadha Mihaaru
3.7 މިލިއަން ޑޮލަރު ދޭން ހިލްމީ އަށް ހުކުމްކޮށްފި

3.7 މިލިއަން ޑޮލަރު ދައްކަން ސަންލޭންޑް ހިލްމީގެ މައްޗަށް ހުކުމްކޮޮށްފި

17 ޖޫން 2020

މަޝްހޫރު ވިޔަފާރިވެރިޔާ އިސްމާއިލް ޝުޖާއު (އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އިންމަ) އަށް 3.7 މިލިއަން ޑޮލަރު (57 މިލިއަން ރުފިޔާ) ދައްކަން ސަންލެންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސައިން ހިލްމީ (ސަންލޭންޑް ހިލްމީ) ގެ މައްޗަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އިސްމާއިލް ޝުޖާއު (އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އިންމަ) އަށް 3.7 މިލިއަން ޑޮލަރު (57 މިލިއަން ރުފިޔާ) ދައްކަން ސަންލެންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސައިން ހިލްމީ (ސަންލޭންޑް ހިލްމީ) ގެ މައްޗަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

އިންމަގެ ފަރާތުން ހިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސްގެ މައްޗަށް ދައުވާކުރީ، އިންމަގެ އަތުން ނެގި ފައިސާތަކެއް އަނބުރާ ދެއްކުމަށްޓަކައި ހިލްމީ ސޮއި ކުރައްވައި، ދޫކުރި ޗެކްތަކެއް ބައުންސްވުމުން އެ ފައިސާ އަނބުރާ ހޯދުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ދައުވާގައި ބަޔާންކުރާ 3.7 މިލިއަން ޑޮލަރު ދައްކަން ޖެހޭ ސާބިތުނުވާ ކަމަށެވެ. އެކަމަކު އަނބުރާ ދައްކަންޖެހޭ ކަން ހިލްމީގެ އިއުތިރާފުން ސާބިތުވާ 7.2 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ވެ އެވެ.

އެ މައްސަލަ ހިލްމީގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ވަނީ އިންމަ އަށް ހިލްމީ ސޮއި ކުރައްވައި، ދޫކުރި 3.7 މިލިއަން ޑޮލަރުގެ ޗެކްތައް ބައުންސްވެފައިވާ ކަމަށާއި އެކަން އިންމަގެ ފަރާތުން ހިލްމީ އަށް އަންގާފައިވާ ކަން އެނގޭ ކަމަށެވެ. ގާނޫނީ ޝަރުތުތައް ފުރިހަމަވާ ޗެކެއް އަމިއްލަ އިހްތިޔާރުގައި ދޫކޮށްފި ނަމަ އެއީ އެ ޗެކަށް ފައިސާ ލިބެންޖެހޭ ކަމުގެ ހަރުދަނާ ހެއްކެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ސިވިލް ކޯޓުގެ އެ ހުކުމް ބާތިލްކޮށް، ޝުޖާއުއަށް 3.7 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށްޓަކައި ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ހިލްމީ އާއި ކާސްޓްއަވޭ ކުންފުނީގެ މައްޗަށް އަންގާ ކަމަށް އެ މައްސަލަ ބެލި ތިން ފަނޑިޔާރުން އަޣުލަބިއްޔަތުން ހުކުމްކުރާ އެ ހުކުމުގައިވެ އެވެ.

އެގޮތަށް ހުކުމް ކުރެއްވީ އެ މައްސަލަ ބެންޗުގައި ތިއްބެވި އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އަޣުލަބިއްޔަތުންނެވެ. އެ ބެންޗުގައި ދެން އިންނެވި ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔަކީ އެ މުއާމަލާތުގައި ކާސްޓްއަވޭ ކުންފުނި ޒިންމާ ކުރުވަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކުރިން މިނިސްޓަރު ކަން ވެސް ކުރެއްވި އަދި ރިސޯޓްތައް ހިންގާ ސަންލޭންޑް ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ހިލްމީ ޗެކް ބައުންސްގެ ތުހުމަތުތަކެއްގައި 2018 ވަނަ އަހަރުު ފަހުކޮޅު ހައްޔަރު ވެސް ކުރި އެވެ. އޭރު ވެސް އޭނާ ހައްޔަރުކުރީ މި މައްސަލައިގައި ކަމަށް ވެ އެވެ.