Roadha Mihaaru
ހުކުމް ފަސްކުރިޔަސް، ކޯޓަށް ފައިސާ ދައްކަން އެންގިދާނެ

ހުކުމް ތަންފީޒު ފަސް ކުރިޔަސް، ކޯޓަށް ފައިސާ ދެއްކުން ކުރިއަށް ގެންދަން އެންގިދާނެ: ސުޕްރީމް ކޯޓް

02 ނޮވެމްބަރ 2021

މަދަނީ މައްސަލަތަކުގައި ފައިސާ ދައްކަން ކުރާ ހުކުމްތައް ތަންފީޒު ކުރުން އިސްތިއުނާފް މަރުހަލާގައި ފަސް ކުރަން އެންގިޔަސް، އެ ފައިސާ ކޯޓަށް ދައްކަން އެންގޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަދަނީ މައްސަލަތަކުގައި ފައިސާ ދައްކަން ކުރާ ހުކުމްތައް ތަންފީޒު ކުރުން އިސްތިއުނާފް މަރުހަލާގައި ފަސް ކުރަން އެންގިޔަސް، އެ ފައިސާ ކޯޓަށް ދައްކަން އެންގޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

މަދަނީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފް ކުރުމުން މިހާތަނަށް އަމަލުކުރާ ގޮތަކީ އިސްތިއުނާފް މައްސަލަ ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރަން އެންގުމެވެ. އެހެންވެ، ފައިސާ ދައްކަން ކުރާ ހުކުމްތައް އިސްތިއުނާފް ކުރުމުން އިސްތިއުނާފް ނިމެންދެން ފައިސާ ދެއްކުން މަޑުޖައްސާލަން ޖެހެ އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައިވަނީ ފައިސާ ދައްކަން ކުރާ ހުކުމެއް ތަންފީޒު ކުރުން ފަސްކުރަން އެންގިޔަސް، އެ ފައިސާ ކޯޓަށް ދައްކަމުން ދިއުމަށް އެންގުމުގެ ބާރު އިސްތިއުނާފް ކޯޓަށް އޮންނާނެ ކަމަށެވެ. އެކަމަކު އެގޮތަށް އަމުރުކުރާ ނަމަ، އިސްތިއުނާފް މައްސަލަ ނިމެންދެން އެ ފައިސާ ކޯޓުން ދޫނުކޮށް، ހިފަހައްޓަން އިސްތިއުނާފީ ކޯޓުން އަންގަން ޖެހޭނެ ކަމަށް އެ ޑައިރެކްޝަންގައިވެ އެވެ.

އެ ޑައިރެކްޝަންގައިވާ ގޮތުން ހުކުމެއް ތަންފީޒު ކުރަން އެންގޭނީ އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ނަމަ ނުވަތަ ހުކުމާ އެއްގޮތަށް އަމަލު ކުރާނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކޯޓުން ގަބޫލުކުރާ ސެކިއުރިޓީއެއް ހުށަހެޅުމުންނެވެ.

ސުޕްރީމް ކޯޓުން އެ ޕްރެކްޓިސް ޑައިރެކްޝަން ނެރުނީ ހައި ކޯޓުގައި އިސްތިއުނާފްކުރާ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރުމާ މެދު ގޮތެއް ނިންމަންދެން ވެސް، އެ ހުކުމެއް ތަންފީޒު ކުރުން ފަސްކުރަން ޖެހޭނެ ކަމަށް އެ ކޯޓުން އިއްޔެ ނިންމުމުންނެވެ. އެ ނިންމުން ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ.