Roadha Mihaaru
މާލެ ޖަލުގެ އޮފިސަރަކު ކޮޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

މާލެ ޖަލުގެ އޮފިސަރަކު ކޮޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

20 ޖޫން 2020

މާލެ ޖަލުގައި މަސައްކަތްކުރާ އޮފިސަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލެ ޖަލުގައި މަސައްކަތްކުރާ އޮފިސަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އިން މިއަދު ބުނެފި އެވެ.

ޓްވިޓާ މެދުވެރިކޮށް އެމްސީއެސް އިން ބުނީ އެތަނުގެ އޮފިސަރަކު ކޮވިޑް އަށް ޕޮޒިޓިވްވުމުން ކަނޑައެޅިފައިވާ އުސޫލްތަކާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީީ (އެޗްޕީއޭ) އިން އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމުގެ އިތުރުން މާލެ ޖަލުގައި ތިބި ގައިދީން އާއި އެތަނުގައި މަސައްކަތްކުރާ އޮފިސަރުން ކޮވިޑް އަށް ޓެސްޓުކުރަމުން ކަމަށެވެ.

އެމްސީއެސް އިން މިރޭ ކުރި ޓްވީޓެއް

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް އެމްސީއެސް އަކުން ހާމަ އެއް ނުކުރެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެމްސީއެސް އިން އެޅި ބައެއް ފިޔަވަޅުތަކާ މެދު ހިތްހަމަ ނުޖެހިގެން މާފުށީ ޖަލުގައި ތިބި ގައިދީން ވަނީމިދިޔަ އޭޕްރިލް މަހު ކަންބޮޑުވުުން ފާޅުކޮށްފަ އެވެ. އަދި އެ ޖަލާއި ހަމައަށް އެ ބަލި ގޮސްފައިވާ ކަން ބެލުމަށް މިދިޔަ މަހު ނެގި ރޭންޑަމް ސާމްޕަލްތައް ވެސް ވަނީ ނެގަޓިވްވެފަ އެވެ.