Roadha Mihaaru
މާލޭ ޖަލުގެ އެންމެން ކޮވިޑަށް ޓެސްޓުކުރަން ފަށައިފި

މާލޭ ޖަލުގެ ހުރިހާ ގައިދީންނާއި އޮފިސަރުން ކޮވިޑް-19 އަށް ޓެސްޓުކުރަން ފަށައިފި

21 ޖޫން 2020

މާލެ ޖަލުގައި ތިބޭ ހުރިހާ ގައިދީންނާއި ޖަލު އޮފިސަރުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މާލެ ޖަލުގައި ތިބޭ ހުރިހާ ގައިދީންނާއި ޖަލު އޮފިސަރުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި އެވެ.

ޕްރިޒްންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ ޖަލުގެ އޮފިސަރަކު އެ ބައްޔަށް އިއްޔެ ޕޮޒިޓިވްވުމާ ގުޅިގެން، އެ ޖަލުގެ ހުރިހާ ގައިދީންނާއި އޮފިސަރުން ކޮވިޑް-19އަށް ޓެސްޓުކުރަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެޗްޕީއޭ އިން އެންމެންގެ ސާމްޕަލް ނަގާއިރު، އެ ބަލިން ރައްކާތެރިވުމުގެ ސަލާމަތީ ފިޔަވަޅުތައް ބަރާބަރަށް އަޅަމުން އަންނަ ކަމަށެވެ.

ޕްރިޒްންސް ކޮމިޝަނަރުގެ ޓުވީޓް

މީގެ ކުރިން ވެސް ރެންޑަމް ސާމްޕްލިންގެ ތެރެއިން، ޖަލުތަކުގެ ބައެއް އޮފިސަރުން ކޮވިޑް-19އަށް ޓެސްޓު ކޮށްފައިވާއިރު، އެ އެންމެން ވެސް ވަނީ ނެގެޓިވް ވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 2،187 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 1،788 މީހުން ވަނީ ރަނގަޅު ވެފަ އެވެ. މި ވަގުތު ފަރުވާދެމުން އަންނަނީ 389 މީހުންނަށެވެ. މި ބަލީގައި ރާއްޖެ އިން މިހާތަނަށް މަރުވީ އަށް މީހެކެވެ.

މާލެ އިން އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19 ފެނުމާ އެކު، މުޅި މާލެ ސަރަހައްދު ވަނީ ދެ މަސް ދުވަހަށް ފުލް ލޮކްޑައުން ކޮށްފަ އެވެ. އެކަމަކު، މިހާރު ވަނީ ބޮޑެތި ލުއިތަކަކާ އެކު އާންމުންނަށް ބޭރަށް ނުކުމެ އުޅެވޭ ގޮތަށް އުސޫލުތައް ކަނޑައަޅައިފަ އެވެ.