Roadha Mihaaru
މަތިންނާއި ކަނޑުމަގުން 490 ބިދޭސީން ފުރުވާލައިފި

މަތިންނާއި ކަނޑުމަގުން 490 ބިދޭސީން މިއަދު ފުރުވާލައިފި

21 ޖޫން 2020

ރާއްޖޭގައި އުޅޭ ބިދޭސީން ގައުމުތަކަށް އަނބުރާ ފޮނުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 490 މީހަކު މިއަދު ފުރުވާލައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖޭގައި އުޅޭ ބިދޭސީން ގައުމުތަކަށް އަނބުރާ ފޮނުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން 490 މީހަކު މިއަދު ފުރުވާލައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނީ ފުރުވާލާފައި ވަނީ އިންޑިއާގެ 198 މީހަކާއި ސްރީ ލަންކާގެ 292 މީހަކު ކަމަށެވެ. އިންޑިއާ މީހުން ދިޔައީ ކަނޑުމަގުންނެވެ. ލަންކާ މީހުން ދިޔައީ ވައިގެ މަގުން ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 2،203 މީހުން ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 207 މީހުންނަކީ އިންޑިއާ މީހުންނެވެ. ލަންކާގެ މީހުންގެ އަދަދަކީ 12 އެވެ.

ރާއްޖޭގައި 50،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ އިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ މީހުންނެވެ. ކޮވިޑް-19 ފެތުރެމުންދާ އިރު، މާލޭގައި ތޮއްޖެހިފައި ތިބި ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އެކި ގައުމުތަކުގެ ސަރުކާރާ ގުޅިގެން ބިދޭސީން ގައުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެގޮތުން މީގެ ކުރިން ވެސް ރާއްޖޭގައި ތިބި އިންޑިއާ މީހުން މަނަވަރެއްގައި އެ ގައުމަށް ގެންގޮސްފައިވާއިރު، ބަންގްލަދޭޝްގެ ހާހަކަށް ވުރެ ގިނަ މީހުން މިހާރު ވަނީ ގެންގޮސްފަ އެވެ.