Roadha Mihaaru
ނިއު ޒީލެންޑުގެ ބޮޑުވަޒީރު އެޅުއްވީ ރީތި ކޭކެއް

ނިއު ޒީލެންޑުގެ ބޮޑުވަޒީރު އެޅުއްވީ ރީތި ކޭކެއް

23 ޖޫން 2020

ނިއު ޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން ގިނަ ބަޔަކު ފާހަގަކުރަނީ ވަރަށް ވަރުގަދަ ޝަހުސިއްޔައްތެއްގެ ގޮތުގަ އެވެ. ކޮވިޑް-19އާ ދެކޮޅަށް ކުރި މަސައްކަތް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބުކޮށް ގައުމު އާންމު ހާލަތަކަށް ގެންނަން ކުރެއްވި މަސައްކަތްތަތަކީ އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. ނިއު ޒިލެންޑް ފާހަގަކުރެވެނީ ކޮވިޑާ ދެކޮޅަށް ހަނގުރާމަކޮށް، އެންމެ އަވަހަށް އެ ބަލި ނައްތައިލި ގައުމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ އިތުރުން އެ ގައުމުގެ މިސްކިތްތަކަށް ޓެރަރިސްޓަކު ދިން ހަމަލާތަކެއްގައި އެތައް މުސްލިމުންނެއްގެ ފުރާނަ ދުއްވައިލި ހާދިސާއާ ގުޅިގެން ކުރެއްވި މަސައްކަތުގެ ތެރޭގައި ވެސް ޖަސިންޑާ ވަނިީ އެތައް ބައެއްގެ ލޯތްބާއި ތައުރީފު ހޯއްދަވައިފަ އެވެ.

އެކަމަކު މި ފަހަރު މައިގަނޑު ވާހަކައަކަށް ދައްކާނީ ރަސްމީ މަސައްކަތުގެ ބޭރުން 39 އަހަރުގެ ޖަސިންޑާ ކުރެއްވި ހާއްސަ ކަމެއްގެ ވާހަކަ އެވެ. އެއީ ދަރިފުޅު ނީވް ޓި އެރޯއާ އާޑެން ގޭފޯލްޑްގެ ދެ ވަނަ އުފަން ދުވަހަށް އަމިއްލަ އަށް ކޭކު އެޅުއްވި ވާހަކަ އެވެ.

ޖަސިންޑާ އެޅުއްވި ކޭކްގެ ފޮޓޯ އާއި އެ މަސައްކަތުގެ ތަޖުރިބާ އިންސްޓަގްރާމްގައި ވެސް ހިއްސާކުރައްވާފައިވެ އެވެ. މިދިޔަ އަހަރު ވެސް ޖަސިންޑާ ވަނީ މިކަން އަމިއްލަފުޅަށް ތަޖުރިބާކުރައްވައިފަ އެވެ. އެ ފަހަރު މުސަޅެއް ސިފަކޮށްދޭ ކޭކެވެ.

އެކަމަކު އޭނާ ފާހަގަކުރެއްވި ގޮތުގައި ކޭކު އަޅުއްވަން ކުރެއްވި މަސައްކަތް އަދިވެސް އެންމެ ފުރިހަމައެއް ނޫނެވެ.

މި ދެ ކޭކު ވެސް ޖަސިންޑާ އެޅުއްވީ އޮސްޓޭރިލިއަން ވިމެންސް ވީކްލީ ބާތުޑޭ ކޭކް ބުކްގައި ކިޔައިދީފައި ހުރި ރެސިޕީތަކެއް ފޮލޯކުރައްވައިގެންނެވެ.

ކޭކުގެ ފޮޓޯތަކާ އެކު ޖަސިންޑާ ވިދާޅުވީ ބަލާލެލުމަށް އެހާ ފުރިހަމަ ނޫން ކަމަށް ވިޔަސް، މި މަސައްކަތުން ލިބިވަޑައިގަތް އުފާވެރިކަމާއި ހިތްހަމަޖެހުން ބޮޑު ކަމަށެވެ. އަދި އަމިއްލަފުޅަށް އެޅުއްވި ކޭކާ އެކު ދަރިފުޅަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވުމަކީ ވަކިން ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.

ޖަސިންޑާ ވިދާޅުވި ގޮތުގައި ކޭކް އަޅުއްވަން ކުރެއްވި މަސައްކަތް ފުރަތަމަ މަރުހަލާގައި އެހާ ގަޔާވެވަޑައިގެންނެވި ކަމަކަށް ނުވިޔަސް، އެ ތަޖުރިބާ ވަރަށް ހާއްސަ އެވެ.

ނަމަވެސް ދަރިފުޅުގެ އުފަން ދުވަސް ފާހަގަކުރަން ކޮންމެ އަހަރަކު ކޭކް އެޅުއްވުންވެގެން ދާނީ މަސައްކަތުގެ ތަޖުރިބާ އިތުރުވެގެންދާނެ ކަމަކަށެވެ. ކަމެއް ކާމިޔާބުކޮށް ފުރިހަމަކުރެވެނީ ހިތްވަރުން ދޯ އެވެ؟