Roadha Mihaaru
ފުލުހުންގެ ދިފާއުގައި އިދިކޮޅުން މުޒާހަރާކޮށްފި

ފުލުހުންގެ ދިފާއުގައި އިދިކޮޅުން މުޒާހަރާކޮށްފި

22 ޖޫން 2020

ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ފުލުހުންގެ ގާނޫނަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މިއަދު މުޒާހަރާ ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ފުލުހުންގެ ގާނޫނަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މިއަދު މުޒާހަރާ ކޮށްފި އެވެ.

ސޯސަންމަގު، މަޖީދިއްޔާ ކަންމައްޗަށް ތިރީހަކަށް މީހުން އެއްވެ މުޒާހަރާ ކުރިއިރު އިސްކޮށް ހުރީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް އެވެ. އެ މީހުން ދުރުދުރުގައި ތިބެ، ފުލުހުންގެ ދިފާއުގައި ލިޔެފައިވާ ބޯޑްތަކެއް ހިފައިގެން އަޑު އުފުލި އެވެ. ބައެއް ބޯޑުތަކުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ދެކޮޅަށް ޝުއޫރުތައް ލިޔެފައިވެ އެވެ.

މިއަދު 10:00 ގައި ފެށި އެ މުޒާހަރާ ބައި ގަޑިއެއްހާއިރު ތެރޭ ނިންމާލިއިރު މުޒާހަރާ ރޫޅާލުމަށް ފުލުހުން އެއްވެސް ކަމެއް ނުކުރެ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންނަށް މަޖިލީހުގެ އިދާރާ ކައިރިއަށް ނުދެވޭ ގޮތަށް އެ މަގު ބަންދުކޮށްގެން ސެކިއުރިޓީ ބަލަހައްޓަން ގިނަ އަދަދެއްގެ ފުލުހުން ތިއްބެވެ.

ފުލުހުންގެ ދިފާއުގައި އިދިކޮޅުން މުޒާހަރާ ކުރަނީ: އެމީހުން ވަނީ ފުލުހުންގެ އަގު ވައްޓާލަން ކުރާ މަސައްކަތް ހުއްޓާލަން ގޮވައިލައިފައި-- ފޮޓޯ؛ އަހުމަދު އަވްޝަން/ މިހާރު

ފުލުހުންގެ ދިފާއުގައި އިދިކޮޅުން މުޒާހަރާ ކުރަނީ: އެމީހުން ވަނީ ފުލުހުންގެ އަގު ވައްޓާލަން ކުރާ މަސައްކަތް ހުއްޓާލަން ގޮވައިލައިފައި-- ފޮޓޯ؛ އަހުމަދު އަވްޝަން/ މިހާރު

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު، މުޒާހަރާ ކުރުމާއި އެއްވެ އުޅުމަކީ މަނާ ކަމެކެވެ.

މުޒާހަރާގައި ވާހަކަ ދައްކަމުން ނަރީޝް ވަނީ ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭގޮތަށް މަޖިލީހުގެ މެމްބަރުން ދައްކަވަމުން ގެންދަވާ ވާހަކަތައް ހުއްޓާލުމަށް ގޮވައިލައިފަ އެވެ. އަދި ފުލުހުންގެ ބިލުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ދޭން ހިމަނާފައިވާ ބާބު އުނިކުރުމަށް ވެސް ވަނީ ގޮވައިލައިފަ އެވެ.

އޭގެ އިތުރުން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާ އަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފަ އެވެ.

Fuluhunge hagguthah dhifaaukuran idhikolhun thibee thayyaarah: Adhurey

Fuluhunge hagguthah dhifaaukuran idhikolhun thibee thayyaarah: Adhurey

The most trusted news source in the Maldives

Mihaaru

ފުލުހުންގެ ދިފާއުގައި މަސައްކަތް ކުރާނެކަން އިދިކޮޅުން އިއުލާން ކުރުން

ފުލުހުންގެ ހައްގުތައް ދިފާއުކުރަން އިދިކޮޅުން އޮތީ ތައްޔާރަށް ކަމަށް އެ ކޯލިޝަނުން ވަނީ ކުރިން ބުނެފަ އެވެ. ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރިން ވިދާޅުވީ ދިވެހި ފުލުހުންނަކީ ދިވެހިންނަށްޓަކައި ގިނަ ގުރުބާނީތަކެއް ވަމުން އަންނަ ބައެއް ކަމަށެވެ. އަދި އެ މީހުންގެ އަގު ވެއްޓޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ވާހަކަ ދައްކަވަމުން އަންނަ ކަމަށް ވިދާޅުވެ، އެކަމާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.

މަޖިލީހަށް "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" ބަލައިގެންފައިވާ އިރު އެ ބިލުން މަޖިލީހަށް ބޮޑެތި ބާރުތަކެއް ލިބެ އެވެ. އެގޮތުން އަލަށް ހުށަހެޅި ބިލުގައި 241 ކޮމިޓީގެ ބާރުތައް ބަޔާންކުރާ ބާބުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ އެކި ބަދަލުތައް ގެންނަން އެންގުމުގެ ބާރު ކޮމިޓީ އަށް އޮންނާނެ އެވެ. އެއީ ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްކަމަށް ބުނެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

ފުލުހުންގެ ބިލަށް މަޖިލީހުގައި ބަހުސް ކުރި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ފުލުހުންނަކީ އަނިޔާވެރި ބައެއްގެ ގޮތުގައި ސިފަކޮށް އަނިޔާތަކަށް އިންސާފު ލިބެން ޖެހޭ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވި އެވެ.

Majilis idhaaraage dhoshah evvumun gadha kamun fonuvaalaifi

Majilis idhaaraage dhoshah evvumun gadha kamun fonuvaalaifi

The most trusted news source in the Maldives

Mihaaru

ހެނދުނު ކުރި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުން

މިއަދު ހެނދުނު ވެސް މަޖިލީހުގެ އިދާރާ ކައިރީ މުޒާހަރާ ކުރި އެވެ. "މަޖިލިސް ހޭލައްވާ" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިއަށް މިއަދު ހެނދުނު އެއްވެ މުޒާހަރާ ކުރަން އުޅުމުން ފުލުހުން ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިިވެރިން ވަނީ ފަހަތަށް ޖައްސާފަ އެވެ. ގާތްގަނޑަކަށް 10 މީހުންނާއެކު އެ މުޒާހަރާ ކުރީ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެެއް ކަމަށްވާ "ނަވާނަވައި" އިންނެވެ.