Roadha Mihaaru
އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ވަހީދު

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ކުރީގެ ރައީސް ވަހީދު

22 ޖޫން 2020

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު، އިިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް މިރޭ ހަމަޖައްސައިފި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު، އިިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް މިރޭ ހަމަޖައްސައިފި އެވެ.

މިކަން އިއުލާނުކުރީ މިހާރު ކުރިއަށް ގެންދާ އިދިކޮޅު ކޯލިޝަންގެ ޚާއްސަ މީޑިއާ ބްރީފިންގަ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ އެޑްވައިޒަރު ކަމުގެ މަގާމަށް ވަހީދު ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތިން ކަމަށެވެ.

ވަހީދު 2014 ވަނަ އަހަރުގެ ކުރީކޮޅު ޕީޕީއެމް އަށް ވަނީ ސޮއިކުރައްވައިފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރަކަށް ހަމަޖެއްސުމާ ގުޅިގެން، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ޑިމޮކްރެސީ ކުރިއަރުވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. ޑިމޮކްރެސީ ވަރުގަދަވާން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ޑިމޮކްރެސީ މިއީ ރައްޔިތުން ގަބޫލުކުރާ ޑިމޮކްރެސީ އަކަށް ވާން އެބަޖެހޭ. ރައްޔިތުންނަށް ޒިންމާދާރުވާން ޖެހޭ. ޒިންމާދާރު ކުރުވުމަށްޓަކައި ޑިމޮކްރެސީއެއް ފުރިހަމަ ވާނީ ޑިމޮކްރެސީގައި ވަރުގަދަ އިދިކޮޅު ޕާޓީއެއް ވެސް އޮވެގެން. މިއަދު ޝައްކެތް ވެސް ނެތް ގޮތުގައި އެ މަގާމު އަދާކުރަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން،" ވަހީދު ވިދާޅުވި އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކޯލިޝަންގެ އެޑްވައިޒަރަކަށް ވަހީދު ވަޑައިގަތީ އެ ޓީމުގެ ބޭފުޅެއްގެ ގޮތުގައި ކަމަށާއި އެއީ ޔާމީންގެ ވެސް ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ.

"ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މިވަރުގެ ނުރައްކާތެރި، ދަތި ދުވަސްވަރެއް އަދި އަޅުގަނޑުމެންނަށް ރާއްޖޭގައި ކުރިމަތިލާކަށް ނުޖެހޭ. އަދި އޮތީ އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހޭ ދަތިތައް. އެހެންވީމާ މިފަދަ ހާލަތެއްގައި އަޅުގަނޑުމެން ސިޔާސީ ގޮތުން އެކިއެކި މަގާމުތަކާ ހަވާލުވާ މީހުން، ރާއްޖޭގެ ރައްޔިތުން ވެރިކަން ހަވާލުކުރާ މީހުން މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން،"---ވަހީދު

ކުރީގެ ރައީސް، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާއިރު، ވަހީދު މިރޭ ވިދާޅުވި ގޮތުގަިއ ޔާމީނާ މެދު އަމަލު ކޮށްފައި ވަނީ "ވަރަށް އަނިޔާވެރި" ގޮތަކަށެވެ. ޚާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ އޮތް މި ހުތޫރަތްތެރި ވަގުތު، ރާއްޖެ އަށް އެހާ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކު ބަންދު ކޮށްފައި ވަނީ "އިންސާފެއް ނެތި" ކަމަށް ވަހީދު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަންޖެހޭ އެ މަނިކުފާނަށް އަދުލުވެރި، އިންސާފެއް ލިބޭތޯ. ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދުލުވެރިކަމެއް އެ ބޭފުޅާ އަށް ވެސް ލިބޭތޯ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތުން އެކި ފަރާތްތަކަށް ބައި އެޅެމުން" ދާ ތަން ފެނިވަޑައިގަންނަވާ ކަމަށެވެ. ޚާއްސަކޮށް، ކޮވިޑް-19 ގެ މި ދުވަސްވަރު ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް އިތުރުވަމުން ދާއިރު، އެއިން ކޮންމެ ކަމަކަށް އަޑު އުފުލަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަދި ހުރިހާ ދިމާއަކުން މި ފެންނަނީ ރައްޔިތުން ބިކަ ހާލުގައި ޖެހެމުންދާ ތަން. މި އަޑުތައް އަޅުގަނޑުމެން އެބަޖެހޭ އިއްވަން،" ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ހަތަރު ވަނަ ރައީސް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ތަސައްވުރަކީ ރާއްޖޭގައި ހަރަކާތްތެރި، ވަރުގަދަ ސިޔާސީ ޕާޓީތަކެއް އޮތުމެވެ. ޚާއްސަކޮށް، ޕީޕީއެމް/ޕީއެންސީ އަކީ ވަރުގަދަ ސިޔާސީ ހަރަކާތަކަށް ވުމަކީ ތަސައްވުރެއް ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މިއީ ސިޔާސީ ލީޑަރުންގެ ޖަޒުބާތާއި އަމިއްލަ އެދުން ކުރިއަށް ނެރެ، ހަސަދަވެރިކަން ފާޅުކުރަންވީ ވަގުތު ނޫން ކަމަށާއި މިއީ ކެތްތެރިވާންވީ ވަގުތު ކަމަށެވެ.

"އަޅުގަނޑުގެ ތަސައްވުރަކީ މި ޕާޓީ އަކީ މިއީ އެންމެ ނިކަމެތި މީހާގެ ވެސް ހާލު ބަަލައި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ދެމިއޮތުން. އަދި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ރައްޔިތުންނާއި ނިކަމެތިންނާ ދޭތެރޭ އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހިވެގެން ދިއުން،" ވަހީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މިއީ ސިޔާސީ ލީޑަރުންގެ ޖަޒުބާތާއި އަމިއްލަ އެދުން ކުރިއަށް ނެރެ، ހަސަދަވެރިކަން ފާޅުކުރަންވީ ވަގުތު ނޫން ކަމަށާއި މިއީ ކެތްތެރިވާންވީ ވަގުތު ކަމަށެވެ.

"ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މިވަރުގެ ނުރައްކާތެރި، ދަތި ދުވަސްވަރެއް އަދި އަޅުގަނޑުމެންނަށް ރާއްޖޭގައި ކުރިމަތިލާކަށް ނުޖެހޭ. އަދި އޮތީ އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހޭ ދަތިތައް. އެހެންވީމާ މިފަދަ ހާލަތެއްގައި އަޅުގަނޑުމެން ސިޔާސީ ގޮތުން އެކިއެކި މަގާމުތަކާ ހަވާލުވާ މީހުން، ރާއްޖޭގެ ރައްޔިތުން ވެރިކަން ހަވާލުކުރާ މީހުން މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން،" ވަހީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި، އެ މަނިކުފާނުގެ ނައިބަކަށް ހުންނެވި ވަހީދަކީ ޔާމީން އާއި ޕީޕީއެމާ ގާތްގުޅުމެއް ކުރިން ވެސް އޮވެ އެވެ. ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ އިސްތިއުފާއާ އެކު، ދޮޅު އަހަރު ވަންދެން ވަހީދު ވެރިކަން ކުރެއްވީ ޕީޕީއެމާއި ޔާމީންގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގަ އެވެ. އެއީ އޭރު ވެރިކަން ކުރި ކޯލިޝަން ޕާޓްނަރުންނެވެ.