Roadha Mihaaru
ފިރިހެނުން ބުޅާ ގެންގުޅުމަކީ މައްސަލައެއްތަ؟

ފިރިހެނުން ބުޅާ ގެންގުޅުމަކީ މައްސަލައެއްތަ؟

24 ޖޫން 2020

އޮޅުކޮށްގެން ބުޅަލެއް ގެންގުޅުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު، ފިރިހެނުން ބުޅަލާ އެކު ފޮޓޯ ނަގާފައި ހުއްޓާ ފެނުމުން އެކަމާ އަންހެނުން ދެކޭ ގޮތެއް ބަލަން މިއޮތީ ދިރާސާއެއް ހަދައިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮޅުކޮށްގެން ބުޅަލެއް ގެންގުޅުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު، ފިރިހެނުން ބުޅަލާ އެކު ފޮޓޯ ނަގާފައި ހުއްޓާ ފެނުމުން އެކަމާ އަންހެނުން ދެކޭ ގޮތެއް ބަލަން މިއޮތީ ދިރާސާއެއް ހަދައިފަ އެވެ.

އެމެރިކާގެ ކޮލަރާޑޯ ސްޓޭޓް ޔުނިވަސިޓީން ހަދާފައިވާ މި ދިރާސާގައި ބުނާ ގޮތުން ބައިވެރިޔަކު އިހުތިޔާރުކުރަން އަންހެނަކު ވިސްނާއިރު، ބުޅާ ގެންގުޅޭ ފިރިހެނުންނަކީ މާ ގަޔާވާ ބަޔަކަށް ނުވެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ބުޅާ ގެންގުޅޭ ފިރިހެނުންނާ މެދު އަންހެނުން ދެކެނީ ފިރިހެންވަންތަކަން ކުޑަ ބައެއްގެ ގޮތުގަ އެވެ.

ކޮލަރާޑޯ ސްޓޭޓް ޔުނިވަސިޓީން މި ދިރާސާ ހަދާފައި ވަނީ އުމުރުން 18-24 އަހަރާ ދެމެދުގެ 708 އަންހެނުންނަށް، ބުޅަލާ އެކު ފިރިހެނުން ނަގާފައިވާ ފޮޓޯ އާއި އެކަނި ހުރެ ނަގާފައިވާ ފޮޓޯތަކެއް ދައްކައިގެންނެވެ. ފޮޓޯ އަށް ބަލައިފައި، ހިތްކިޔާ ގޮތެއް ހުރީ ކިހާ ވަރަކަށްތޯ ބެލި އެވެ. އެގޮތުން ފާހަގަކުރެވުނު މައިގަނޑު ކަމަކީ ފިރިހެނަކު ބުޅަލަކާ އެކު ނަގާފައިވާ ފޮޓޯ ދެއްކުމުން އަންހެނުންނަށް އެ މީހުންނަށް ހިތްކިޔާ ގޮތް ކުޑަވުމެވެ. މިކަމަށް ބިނާކޮށް ދިރާސާގައި ބުނީ ބުޅާ ގެންގުޅޭ ފިރިހެނުންނާ ދޭތެރޭ އަންހެނުން ދެކެނީ ފިރިހެންވަންތަކަން ކުޑަ އަދި ގުޅުމެއް ބޭއްވުމުގެ ޝައުގުވެރިކަން ވެސް ކުޑަަ ބައެއްގެ ގޮތުގައި ކަމަށެވެ.

ދިރާސާ އިން ނުކުތް ނަތީޖާތަކަށް ބަލާއިރު، ފުރަތަމަ، ފިރިހެނަކު އެކަނި ހުރި ފޮޓޯއެއް ދައްކާފައި، އެ މީހަކީ ކަމުދާ މީހެއްތޯ އެހުމުން ކަމުދާ ކަމަށް 37-38 ޕަސެންޓް އަންހެނުން ބުންޏެވެ.

ހަމަ އެ ފިރިހެނުން ބުޅަލާ އެކު ނަގާފައިވާ ފޮޓޯ ދެއްކުމުން 9-14 ޕަސެންޓް އަންހެނުން ބުނެފައި ވަނީ ކަމުނުދާ ކަމަށެވެ.

މިކަންކަމަށް ބިނާކޮށް ދިރާސާގައި ބުނީ ބުޅާ ގެންގުޅޭ ފިރިހެނުންނަކީ އަންހެނުން އެހާ ގަޔާވާ ބަޔަކަށް ނުވަނީ އެފަދަ ބައިވެރިއެއްގެ ފަރާތުން ތިމާއަށް ސަމާލުކަމާއި އަޅާލުން ލިބޭ މިންވަރު ކުޑަވެދާނެތީ ކަމަށެވެ.