ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަހުމަދު ހިޝާންގެ މައްޗަށް ދައުވާކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތުމުން އެ މައްސަލައިގައި ދައުވާނުކޮށް، އޭނާގެ ޝިކާރައަކަށް އިތުރު ކުދިން ވޭތޯ ބަލަން އާއްމު އިއުލާނެއް ކުރަން ފުލުހުންނަށް ލަފާ ދޭން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ނިންމައިފި އެވެ.
24 ޖޫން 2020
ފިރިހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަހުމަދު ހިޝާންގެ މައްޗަށް ދައުވާކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތުމުން އެ މައްސަލައިގައި ދައުވާނުކޮށް، އޭނާގެ ޝިކާރައަކަށް އިތުރު ކުދިން ވޭތޯ ބަލަން އާއްމު އިއުލާނެއް ކުރަން ފުލުހުންނަށް ލަފާ ދޭން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ނިންމައިފި އެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ނުރުހުމުގައި ހިޝާން، އެކި ފަހަރުމަތިން ހަތް ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރާ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަކަށް ހެއްކާއި ގަރީނާ ނެތް ކަމަށެވެ. އޭގެ ތެރެއިން ބައެއް ހާދިސާތައް ހިނގިތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ދައުވާކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެހެންކަމުން އެ ބައި ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު އޭނާގެ ޝިކާރައަކަށް އިތުރު ކުދިން ވޭތޯ ސާފުކުރަން އާއްމު އިއުލާނެއް ކުރަން ފުލުހުންނަށް ޕީޖީން ވަނީ ލަފާދޭން ނިންމި އެވެ. އެގޮތުން ވޭތުވެދިޔަ އަށް އަހަރު ހިޝާންގެ ފަރާތުން ޖިންސީ އަނިޔާއެއް ލިބިފައިވާ ކަމަށް ކިޔައިދޭ ވިކްޓިމެއް ތަހުގީގުގައި ފާހަގަކުރެވިއްޖެ ނަމަ އެ މައްސަލައެއް ތަހުގީގުކޮށް ހެއްކާއި ގަރީނާއާ އެކު ޕީޖީއަށް ހުށަހަޅަން ލަފާދޭން ވެސް ޕީޖީން ނިންމި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި ވަކާލާތުކޮށްގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި ހިޝާން ފޭސްބުކުގައި ބުނީ އޭނާގެ މައްޗަށް ކުރި ތުހުމަތާ ގުޅިގެން ފުލުހުންނަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދީފައިވާނެ ކަމަށެވެ. ތުހުމަތެއް ކުރެވޭ ކަމަށް ވާ ނަމަ އެ މައްސަލައެއް ބަލަން ޖެހޭނެ ކަމަށާއި ފުލުހުން ވަނީ އެ މީހުންގެ ޒިންމާ އަދާކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާގެ މައްޗަށް ކުރެވުނު ތަހުމަތުތަކާ ގުޅިގެން ކުރިމަތިވި އާންމު ފާޑުކިޔުންތަކާ އެކު ގައުމީ އިނާމު އަނބުރާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެ އިނާމު ލިބުނީ އޭނާގެ އިޖުތިމާއީ ހިދުމަތްތަކަށެވެ.
ސަރުކާރުގެ އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަމަށް ހުރި ހިޝާންއާ ގުޅޭ ގޮތުން ކުރި ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން އޭނާގެ ޕާސްޕޯޓު ހިފެހެއްޓި އެވެ. ޑިސެމްބަރު 3، 2019 ގައި އޭނާ ވަނީ ރަމްޒީ މަގާމުން ވަކިކޮށްފަ އެވެ.
ޕީޖީ ޝަމީމްގެ މައްސަލައެއް ނުބަލަން: ފުލުހުން
ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އާއިލާއިން ޕީޖީއަށް
ރުގްޔާގެ ނަމުގައި ގޯނާކުރި މައްސަލައިގައި ދައުވާކޮށްފި
ޔުނާންގެ ދެމަފިރިންނަށް ދިން ލޯބި ރުޅިވެރިކަމަށް!
ޔުނާންގެ ދެމަފިރިންނަށް ބޮޑެތި ދައުވާތަކެއް ކޮށްފި
ކުއްޖާގެ ރޭޕްގެ ތުހުމަތުގައި ޅިޔަނަށް ދައުވާ އުފުލައިފި
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު
16 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މީހަކަށް ދައުުވާ
ހިޝާންގެ ޕާސްޕޯޓް ހިފަހައްޓައިފި