20 އޮކްޓޯބަރ 2016
އޮލިމްޕިކްސް ފަދަ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަން ރާއްޖޭގެ އެތުލީޓުން ތައްޔާރުކުރުމަށް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
އޮލިމްޕިކްސް ފަދަ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަން ރާއްޖޭގެ އެތުލީޓުން ތައްޔާރުކުރުމަށް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކަޒޫމީ އެންޑޯއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެ ގައުމުން ރާއްޖޭގެ ކުޅިވަރަށް ވެވޭނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ ދެން އޮންނަ އޮލިމްޕިކްސް އާއި އެ ނޫންވެސް ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާއިރު ދިވެހިރާއްޖޭގެ ޓީމުތަކުގެ ޓްރެއިނިން ހަމަޖައްސައިދިނުން. ޖަޕާނުން އަޅުގަނޑުމެންގެ އެތުލީޓުންގެ ޓްރެއިނިންތައް ހަމަަޖައްސައިދޭނެކަމުގެ ޔަގީންކަން ދެއްވައިފި. ދެން މިކަމުގައި ދިވެހިރާއްޖޭގެ އޮލިމްޕިކް ކޮމިޓީން އަޅުގަނޑުމެންނާ އެކު މަޝްވަރާކުރަނީ،" އިރުތިޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ގިނަ ކުޅިވަރުތަކަށް ފެންވަރު ރަނގަޅު ޓްރެއިނަރުންނާއި ކޯޗުން ހޯދުމަށް މިހާރު ވެސް އެސޯސިއޭޝަންތަކަށް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށާއި ޖަޕާނުގެ އެހީގައި މުސްތަގުބަލުގައި އެކަމަށް ހައްލެއް ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމުން ކުޅިވަރަށް ލިބުނު ގެއްލުނު ފުރުސަތުތައް އެހެން ގޮތްގޮތުން ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް އިރުތިޝާމް ވަނީ ވިދާޅުވެފަ އެވެ.
ކުޅިވަރުގެ އެކި ފުރުސަތުތަކާއި އެހީތައް ހޯދައިދިނުމަށް ޖަޕާނުގައި ބާއްވާ ދުނިޔޭގެ ކުޅިވަރުގެ މިނިސްޓަރުންގެ ބައްދަލުވުމުގައި އިރުތިޝާމް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއަދު ފަށާ މި ބައްދަލުވުމުގައި ދުނިޔޭގެ 36 ގައުމަކުން ބައިވެރިވެ އެވެ.
ކުޅިވަރުގެ ފުރުސަތުތައް ހޯދައިދޭން މިނިސްޓަރު ޖަޕާނަށް
ވަޒީފާގެ 800 ފުރުސަތުތަކާއެކު ޔޫތު ޗެލެންޖް ފަށައިފި
ޔޫތު މިނިސްޓަރުގެ ސެކްރެޓަރީ ވަކިކޮށްފި
ޒުވާނުންނަށް ޚާއްސަ ހަރަކާތެއް މެޕްސްއިން ފަށައިފި
ޒުވާނުންގެ ބައިނަލްއަގްވާމީ ފޯރަމެއް ރާއްޖޭގައި ބާއްވަނީ
ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް ހިންގަނީ
ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ޔޫތުގެ ޕީއެސް ގޭގައި މަޑުކުރަން އެންގި މައްސަލަ ބަލަނީ
ޕީއެސްގެ ވަޒީފާ ލިބުނު، ދެން އެންގީ ގޭގައި މަޑުކުރަން
ކުޅުދުއްފުއްޓާއި މިލަންދޫގައި އިންޑޯ ކޮމްޕްލެކްސްތަކެއް