30 އެޕްރީލް 2017
ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހދ. ކުޅުދުއްފުއްޓާއި ށ. މިލަންދޫގައި ކުޅިވަރު ކުޅެވޭ އިންޑޯ ކޮމްޕްލެސްތަކެއް އަޅަން ކިއުވަން މޯލްޑިވްސްއާ މިއަދު ހަވާލުކޮށްފި އެވެ.
ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހދ. ކުޅުދުއްފުއްޓާއި ށ. މިލަންދޫގައި ކުޅިވަރު ކުޅެވޭ އިންޑޯ ކޮމްޕްލެސްތަކެއް އަޅަން ކިއުވަން މޯލްޑިވްސްއާ މިއަދު ހަވާލުކޮށްފި އެވެ.
ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރާ ބެހޭ މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ކުޅުދުއްފުށީގައި އިންޑޯ ކޮމްޕްލެކްސް އަޅަނީ މިނިސްޓްރީގެ ބަޖެޓުން 4.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކަމަށެވެ. މިލަންދޫގެ އިންޑޯ ކޮމްޕްލެކްސް އަށް 4.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަަރުކާރުން ހޭދަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ދެ މަޝްރޫއު ވެސް ނިންމަން ކަނޑައަޅާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އެ ގޮތުން އިންޑޯ ކޮމްޕްލެކްސްތަކުގައި ބިލިއާޑް، ގާލެންޑޯ، ޓީޓީ، ޑާޓް، ކެރަމް، ރާޒުވާ ފަދަ ކުޅިވަރުތައް ކުޅެވޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
އިރުތިޝާމް ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި ފުޓްސަލް ދަނޑަކާއި ބާސްކެޓް ކޯޓަކާއި ނެޓްބޯޅަ ކޯޓެއްގެ އިތުރުން ވޮލީ ކޯޓެއް މިހާރު ވަނީ އަޅައިފަ އެވެ. އަދި ކުޅުދުއްފުށީ ފުޓްބޯޅަ ދަނޑު މަރާމާތުކުރަން އެމްއާރުޑީސީއާ އަދި ފުޓްސަލް ދަނޑެއް އަޅަން ޓްރައިކޯ އިންވެސްޓްމެންޓާ ހަވާލުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިލަންދޫގައި ފުޓުބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ނިމުނުއިރު، ދެން އޮތީ ވިނަ އިންދުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިރުތިޝާމް ވިދާޅުވި ގޮތުގައި ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން މިލަންދުއަށް މިހާތަނަށް ވަނީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފަ އެވެ.
މިލަންދުއަށް އެއާޕޯޓްގެ ޔަގީންކަން ރައީސް ދެއްވައިފި
ރާއްޖޭގެ ޓްރޭޑް ވަފްދު އެމެރިކާއަށް ދަނީ ޖުލައި މަހު
ރައީސް އުތުރުގެ ހަތަރު އަތޮޅަށް ފުރާވަޑައިގެންފި
ބަލި މީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށި މޮނިޓަރިންގައި
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އާ ބޯޑު އެކުލަވާލައިފި
ކުޅުދުއްފުށި/ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް
އައްޑޫން ކުޅުދުއްފުއްޓަށް ސީދާ ދަތުރުތައް ފަށަނީ
ކައުންސިލްތަކުން އިސްކަންދޭންވީ އިންވެސްޓްކުރަން: އަމީރު
ތަރައްގީވާނީ އާމްދަނީގެ ފަރަގު ނައްތާލެވިގެން: ރައީސް
ކުޅުދުއްފުށީގެ 4 ގެއެއްގައި ނޫޅެވޭ ވަރަށް ފެންވަދެއްޖެ