ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15 ގައި ހުޅުވާލިޔަސް ކްރައުން އެންޑް ޗަމްޕާގެ ރިސޯޓުތައް އެ ތާރީހުގައި ނުހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
28 ޖޫން 2020
ރާއްޖޭގެ ބޯޑަރު އަންނަ މަހުގެ 15 ގައި ހުޅުވާލިޔަސް ކްރައުން އެންޑް ޗަމްޕާގެ ރިސޯޓުތައް އެ ތާރީހުގައި ނުހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މައި އެއް ކުންފުނި، ކްރައުން އެންޑް ޗަމްޕާގެ ޑިރެކްޓަ އޮފް ސޭލްސް އެންޑް މާކެޓިން އަހުމަދު ޝާހީން ވިދާޅުވީ، ބޯޑަރު ހުޅުވާލިއަސް އެ ކުންުފުނީގެ ރިސޯޓުތައް ޖުލައި 15 ގައި ނުހުޅުވާނެ ކަމަށެވެ. އެކަމަކު ރިސޯޓުތައް ހުޅުވުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިސޯޓުތައް ހުޅުވާނެ ގޮތެއް މި މަހުގެ 30 ގައި ކަނޑައަޅާނަން،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ ދަށުން ހިންގާ ރިސޯޓުތައް އަލުން ހުޅުވުމުގައި އަމަލުކުރާނެ ގޮތްތަކާ ދޭތެރޭ މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ކްރައުން އެންޑް ޗަމްޕާ ގްރޫޕްގައި 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. ކުޑަދޫ މޯލްޑިވްސް، ހުރަވަޅި، ވެލިގަނޑު އައިލެންޑް ރިސޯޓް، ކޮމަންޑޫ، ކުރެއްދޫ، ވިލަމެންދޫ، މީރު އަދި އިންނަހުރާ ފަދަ ރިސޯޓްތައް ހިންގަނީ އެ ކުންފުނިންނެވެ.
ކްރައުން-ޗަމްޕާގެ ރިސޯޓުތައް ހުޅުވުން ލަސްކޮށްލި އިރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ޔުނިވާސަލްގެ ރިސޯޓުތައް ހުޅުވަން މިހާރު ނިންމާފައި ވަނީ އަންނަ އޮކްޓޫބަރު މަހު އެވެ. އެ ކުންފުނީގެ ދަށުން އަށް ރިސޯޓެއް ހިންގަ އެވެ. މީގެ އިތުރުން ވިލާ ގްރޫޕްގެ ރިސޯޓުތަކުގެ ތެރެއިން ޖުލައި 15 ގައި ހުޅުވަނީ ޕެރެޑައިސް އެކަންޏެވެ. ދެން ހުރި އެހެން ރިސޯޓުތައް ހުޅުވަން ނިންމާފައި ވަނީ އޮގަސްޓް މަހު އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް 27 ގަ އެވެ. އެއަށް ފަހު އަލުން ބޯޑަރު ހުޅުވާނެ ތާރީހެއް ރައީސް އިބްރާހިމް މުހައްމަދު އިއުލާނު ކުރެއްވީ މި މަހުގެ 23 ވަނަ ދުވަހު އެވެ. ބޯޑަރު ހުޅުވާލައި ދުވަސް އެނގި ރިސޯޓުތައް ހުޅުވުމުގެ ތައްޔާރީތަކަށް އެންމެ މަދުވެގެން ވެސް މަހެއްހާ ދުވަސް ބޭނުންވާނެ ކަމަށް ރިސޯޓުތައް ހިންގާ ފަރާތްތަކުން ބުނެ އެވެ. މިއީ ބުކިންތައް ކޮންފާމްކޮށް، ޕެކޭޖުތައް އިއުލާނުކޮށް ރިސޯޓުތައް ޕްރޮމޯޓް ކުރުމަށާއި ރިސޯޓުތަކުގެ އޮޕަރޭޝަނަށް ވާން ޖެހޭ ތައްޔާރީތައް ވާން ހޭދަވާ މުއްދަތެވެ.
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ބޮލިފުށި ރިސޯޓުގެ ވެރިޔާ ޝަރީފް އަވަހާރަވެއްޖެ
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ