ވަގަށް ބިދޭސީން އެތެރެކުރި މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށާއި އޭގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.
28 ޖޫން 2020
ވަގަށް ބިދޭސީން އެތެރެކުރި މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށާއި އޭގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިދިޔަ ހަފްތާގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ ރާއްޖެ އަށް ވަގަށް ބިދޭސީން އެތެރެކުރާ މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތަށް ވުރެ ވެސް ބޮޑު މައްސަލައެއް ކަމަށެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާތާ އަހަރެއް ވެފައިވާކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަމުން އަންނަތާ އެހާ ދުވަސްވީ އިރު އަދިވެސް ކޮޅެއް ނުފެންނަ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން "މިހާރު" އަށް ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ ފުލުހުންގެ މަލްޓި ޑިޕާޓްމަންޓް ޓީމަކުން ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައަކީ ފުލުހުން މިހާތަނަށް ބެލި މިފަދަ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި. މި މައްސަލައިގެ ތަހުގީގުގައި ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގަށް އެކި އިދާރާތަކުން އެއްކުރަން ޖެހޭ މައުލޫމާތުތައް އެއްކޮށް ބަޔާންތައް ނެގުމުގެ މަސައްކަތް ވެސް ކުރިޔަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ބިދޭސީ މަސައްކަތްތެރިން ގެންނަން ވަގު ލިޔުންތަކެއް ހުށަހެޅި ކުންފުނިތަކެއްގެ މައުލޫމާތު އާއްމުކޮށް އެ މައްސަލަ ތަހުގީގުކުރަން ޕޮލިހަށް ހުށަހަޅާފައި ވަނީ ސެޕްޓެމްބަރު 25، 2019 ގަ އެވެ.
ތަހުގީގުކުރަން ޕޮލިހަށް މައްސަލަ ހުށަހެޅި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ނިއު ސަން އިންވެސްޓްމަންޓް ލިމިޓެޑް، ވެމްޒޯ ޕްރައިވެޓް ލިމިޓެޑް، ސަރަމީ ޕްރައިވެޓް ލިމިޓެޑް، ޒުބެއިރު އަބްދުﷲ (ރަން ހިރު ފެހުން)، ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)، ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް، އުޘްމާން ނައީމް (ކޮމްބައިން ބިލްޑް)، މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންސް)، ސިނޮފެކް ޕްރައިވެޓް ލިމިޓެޑް، ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ.
ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިންނަށް ނޯޓިސް
ރިޒުން މުސާރަ ނުދިން ބިދޭސީންނަށް އަދިވެސް ނުފުރޭ!
ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް
ކަރަންޓީން ފެސިލިޓީއަކުން ފިލި ބިދޭސީއަކު ހޯދަނީ
ވޭޕްގެ ވިޔަފާރިކުރާ ތަނެއް ފާސްކޮށް ބިދޭސީއަކު ހައްޔަރު
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
3 އަހަރުގެ ކުއްޖަކަށް މެއިޑަކު އަނިޔާކުރި މައްސަލައެއް
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
އާޓިފިޝަލްބީޗުގައި އަނެއްކާވެސް ބިދޭސީންގެ ހަމަނުޖެހުމެއް
ހުޅުމާލެ 3 ގައި ރާ ކައްކަމުން ދިޔަ ބަޔަކު ހައްޔަރު