Roadha Mihaaru
ކަރަންޓީން ފެސިލިޓީއަކުން ފިލި ބިދޭސީއަކު ހޯދަނީ

ކަރަންޓީން ފެސިލިޓީއަކުން ފިލި ބިދޭސީއަކު ހޯދަނީ

20 ޖުލައި 2020

ކޮވިޑް-19 އިން ކޮންޓްރޯލް ކުރުމުގެ ގޮތުން މީހުން ކަރަންޓީނުކުރާ ފެސިލިޓީއަކުން ފިލި ބިދޭސީއަކު ފުލުހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 އިން ކޮންޓްރޯލް ކުރުމުގެ ގޮތުން މީހުން ކަރަންޓީނުކުރާ ފެސިލިޓީއަކުން ފިލި ބިދޭސީއަކު ފުލުހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ބަންގްލާދޭޝް މީހެއް ކަމަށްވާ ބަހާދުރު ފިލި މައްސަލަ ފުލުހުންނަށް ހުށަހެޅީ އިކޮނޮމިކް މިނިސްޓްރީން ކަމަށެވެ.

ބަހާދުރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ފުލުހުންނާ ހިއްސާކުރަން ވަނީ އެދިފަ އެވެ.

ކޮވިޑް-19 މާލެއިން ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭޕްރިލް މަހުގެ 15 ގައި މާލެ ސަރަހައްދު ލޮކްޑައުންކޮށް އެޅި ފިޔަވަޅުތަކުގައި ކޮވިޑް-19 އެންމެ ގިނައިން ފެތުރުނީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުން ދިޔަ ތަންތަނުގެ އެވެ. އެފަދަ ތަންތަނުން ބިދޭސީން ނުކުތުން މަނާކޮށް ކަރަންޓީނުކޮށްފައި ވަނިކޮށް ވެސް ބައެއް މީހުން ފިލި އެވެ.

ރާއްޖެއިން 2،966 މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، އޭގެ ތެރެއިން 1،365 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

ލޮކްޑައުން އަށް ފަހު މާލެ ސަރަހައްދު އަލުން ހުޅުވާލުމުން މި ބައްޔަށް މިހާރު ގިނައިން ޕޮޒިޓިވް ވަނީ ދިވެހިންނެވެ.