Roadha Mihaaru
ރޭޕިސްޓުން ދޫވާތީ ގާނޫނަށް އިސްލާހެއް ހުށަހަޅަައިފި

ރޭޕިސްޓުން ދޫވާ މައްސަލަ ހައްލުކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅަައިފި

28 ޖޫން 2020

ޖިންސީ ކުށުގެ ގާނޫނުގައި މިހާރު އޮތް ބައެއް ބައިތަކުގެ ސަބަބުން ރޭޕިސްޓުން ދޫވުމަށް މަގުފަހިވާ ކަަމަށް ތުހުމަތު ކުރައްވައި އެ ބައިތައް ގާނޫނުން އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖިންސީ ކުށުގެ ގާނޫނުގައި މިހާރު އޮތް ބައެއް ބައިތަކުގެ ސަބަބުން ރޭޕިސްޓުން ދޫވުމަށް މަގުފަހިވާ ކަަމަށް ތުހުމަތު ކުރައްވައި އެ ބައިތައް ގާނޫނުން އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ހުށަހަޅުއްވައިފި އެވެ.

އޭނާ ހުށަހެޅުއްވީ ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) އުނިކުރުމަށެވެ. އެ މާއްދާފައި އޮތީ ޖިންސީ ކުށާ ގުޅޭ ތުހުމަތު ނުވަތަ ދައުވާ ނަފީ ކުރެވޭނެ ހެކިތަކެއް ކަމަށް ބަލާނެ ކަންތައްތަކެެކެވެ.

އެގޮތުން ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) ގައި އޮތީ ޖިންސީ ކުށުގެ ޝިކާރައަކަށް ވީ ފަރާތުގެ ނަފުުސުގެ އަބުރުވެރިކަމާއި އަހުލާގާ ގުޅުން ހުރި ކަންއްތަކުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު އެފަދަ ކުށެއް ހިންގި ކަމަށް ބުނެ ދޮގު ހެކި ދީފާނެ ކަމަށް ކޯޓަަށް ގަބޫލުކުރެވުުމެވެ. (ރ) ގައި އޮތީ ތުހުމަތު ކުރެވޭ ކުށް އެގޮތަށް ހިނގައިފައި ވުމަށް ވުރެ ބޮޑަށް އެ އެކަން އެގޮތަށް ހިނގާފައިވާ ނުވާނެ ކަމަށް ބެލެވޭނެ ހާލަތެއް ކޯޓަށް ފާހަގަވުމެވެ. އަދި އެ މާއްދާގެ (ބ) ގައި އޮތީ ކުށުގެ ޝިކާރައަކަށްވީ ފަރާތާއި ތުހުމަތު ކުރެވޭ ފަރާތާ ދެމެދު އޮތް ގުޅުމާއި އެދެމެދުގައި ކުރެވެ މުއާމާލަތްތަކެއްގެ ސަބަބުން ކުށަށް މަގުފަހިވެދާނެ ހާލަތެއް އޮވެދާނެ ކޯޓަށް ގަބޫލު ނުކުރެވުމެވެ.

މީކާއީލް ހުށަހަޅުއްވާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުން މި ތިން އަކުރު ވެސް އުނިކުރުމަށެވެ. ބިލު ހުށަހެޅުއްވި މަގުސަދެއް ކަމަށް އޭނާ ވިދާޅުވީ އެ މާއްދާގައި ބުނެފައިވާ އެވާ ކަންތައްތަކާއި ޝިކާރައަކަށްވީ މީހާއާ ދެކޮޅަށް ބޭނުންކުރެވޭނެ ހެކިތަކެއް ކަމަށެވެ.އެގޮތަށް އޮތުމުން ޖިންސީ ކުށްތަކަށް އަރައިގަންނަ މީހުން ފަސޭހައިން ދޫވާ ކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީކާއީލް މި އިސްލާހު ހުށަހަޅުއްވާފައި މިވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ދެ މީހަކު ވެގެން ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމާ އެކު އާންމުން ރުޅިގަދަވެ، ޝަކުވާ ގިނަވެފައިވާ ވަގުތެއްގަ އެވެ.

ހުކުރު ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށް ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލައިގެ ތުހުމަތަށް އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި ނަމަވެސް ފުލުހުން ވަނީ އެ ދެ މީހުން އިއްޔެ ދޫކޮށްލައިފަ އެވެ.