21 އޮކްޓޯބަރ 2016
އިނގިރޭސި ވިލާތުގައި ހެއްދި އާދަޔާޚިލާފު ބޮޑު ބަރަބޮލެއް ގެދޮރުނެތް ފަގީރުންގެ 1،000 މީހަކަށް ހަދިޔާކޮށްފި އެވެ. މި ބަރަބޯގެ ބަރުދަނުގައި 372 ކިލޯ ހުއްޓެވެ.
އިނގިރޭސި ވިލާތުގައި ހެއްދި އާދަޔާޚިލާފު ބޮޑު ބަރަބޮލެއް ގެދޮރުނެތް ފަގީރުންގެ 1،000 މީހަކަށް ހަދިޔާކޮށްފި އެވެ. މި ބަރަބޯގެ ބަރުދަނުގައި 372 ކިލޯ ހުއްޓެވެ.
ފޯކްލިފްޓް ޓްރަކެއްގައި އުފުލަން ޖެހުނު މި ބަރަބޯ އަށް ވަނީ އިނގިރޭސި ވިލާތުގައި ބާއްވާ ޖަޔަންޓް ޕަމްޕްކިން ކޮމްޕެޓިޝަނުން ދެ ވަނަ ލިބިފަ އެވެ. މި ބަރަބޯ އެޅި ވެޔޮ ހެއްދި ދެމަފިރިން ބޭނުންވީ ގެދޮރުނެތް ފަގީރުންނަށް އެ ހަދިޔާކުރާށެވެ. އެއް ވަނަ ލިބުނު ބަރަބޮލުގައި 570 ކިލޯ ހުއްޓެވެ.
މި ދެމަފިރިން ބުނެފައި ވަނީ ބޮޑެތި ބަރަބޯ ހެއްދުމަށް ފަހު ޒުލުގައި ގެންގުޅޭ އެތަށް ކާންދޭ ކަމަށް އަޑު އިވިފައިވާ ކަމަށެވެ.
"އަހަރެމެން ހިތަށް އެރީ އެތަކަށް ކާން ދެވޭ ނަމަ ކިތައް މީހުންނަށް އެފަދަ ބަރަބޮލަކުން ކާން ދެވޭނެ ބާއޭ؟ އެންމެ މަދުވެގެން ވެސް 700 މީހުންނަށް ކެވޭނެ ކަމަށް ބެލީ،"
މި ބަރަބޯ ބޮޑުކުރުމަށް ހަ މަސް ދުވަސް ވަންދެން މަސައްކަތްކުރި އެވެ. އަދި އޭތި ވެލުން ކަނޑާލަން ޖެހުނު ވަގުތަކީ އެމީހުން ވަރަށް ދެރަވި ވަގުތުކޮޅެކެވެ. ނަމަވެސް ވެލުގައި އޮވެ ހަލާކުވެގެން ދިއުމަށްވުރެ ބަޔަކަށް ހަދިޔާކުރުން މާ ރަނގަޅުވާނެކަން އެމީހުން ގަބޫލުކުރި އެވެ.
މި ބަރަބޮލުގެ ފޮއްޗެއްގެ ބޯމިނުގައި 40 ސެންޓި މީޓަރު (15 އިންޗި) ހުއްޓެވެ.
ފޯކްލިފްޓުން ބަރަބޯ ނަގަނީ
މިކަހަލަ ބިޔަ ބަރަބޯގެ އޮށް އިންދައިގެން ހަމަ މިކަހަލަ ބަރަބޯ ލިބޭނެތީ އޮށްތައް ވިއްކާލާފައި ލިބޭ ފައިސާ ވެސް ފަގީރުންނަށް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.
މި ވައްތަރު ބަރަބޯ އޮށް ވަރަށް ބޮޑު އަގުގައި ވިކެ އެވެ.
ރާއްޖޭގައި ހެއްދި ބަރަބޮލެއްގައި 25 ކިލޯ
މޭވާ އާއި ތަރުކާރީގެ ލޭބަލުން ބައިވަރު މައުލޫމާތު
ތަރުކާރީގެ ބާވަތެއް، ކިލޯއެއް އެއް ލައްކަ ރުޕީސް އަށް
ކިލޯއެއް ހުންނަ ތަރުކާރީއެއް 29 ކިލޯއަށް ބޮޑުވެއްޖެ
ކުޑަ ކާރަކަށް ވުރެ ބަރު ބަރަބޮލެއް
ކެމިކަލްގެ އަސަރު އެންމެ ބޮޑަށް ހުންނަނީ ސްޓްރޯބެރީގައި
ކާށިދޫ: މާބަގީޗާތަކާ އެކު "ދެ އަންބަށް"!
ޔޫކޭގައި ތަރުކާރީގެ ބައެއް ބާވަތްތައް ލިބުން ދަތިވެއްޖެ
ޔޫކޭގައި ދުންފަތް މަނާކުރުމުގެ ބިލް ހުށަހަޅައިފި
ރާއްޖެ ވަޑައިގަތުމަށް ރަސްގެފާނު ޗާލްސްއަށް ދައުވަތު