ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދި އެ ވައިރަހާ ގުޅިގެން ސަރުކާރުން ބަންދުކުރާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން ނިންމާފައިވާ ނިންމުން އިތުރު އެއް ހަފުތާ އަށް ދަންމަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދި އެ ވައިރަހާ ގުޅިގެން ސަރުކާރުން ބަންދުކުރާ ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން ނިންމާފައިވާ ނިންމުން އިތުރު އެއް ހަފުތާ އަށް ދަންމަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ އަސްރު ނަމާދާ ހަމައަށް ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނިންމާފައިވާ އެ ނިންމުން އިސްލާމިކް މިނިސްޓްރީން އަންނަނީ މިދިޔަ މަހުގެ 18 ން ފެށިގެން ހަފުތާއަކުން ހަފުތާއަކަށް އިތުރު ކުރަމުންނެވެ.
ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެނީ ގިނަ ބަޔަކު އެއްފަހަރާ އެއްތަނަކަށް އެއްވުމުން ކަމަށް ސިއްހީ އޮފިޝަލުން ބުނާއިރު، ގިނަ ގައުމުތަކުގައި އަންނަނީ ޖަމާއަތުގައި ނަމާދާއި ހުކުރު ކުރުން މި ވަގުތަށް މެދުކަނޑާލަމުންނެވެ.
އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ކޮރޯނާވައިރަހާ ގުޅިގެން ރަށެއް ލޮކްޑައުން ކޮށްފި ނަމަ، އެ ހާލަތު ނިމެންދެން އެ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ފަރުޟު ނަމާދާއި ހުކުރު ނަމާދު ނުކުރާ ގޮތަށެވެ.
މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި މިިދިޔަ ތިން ހަފުތާގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ކޮންމެ ނަމާދަކަށް އަންނަނީ ބަންގި ގޮވަމުންނެވެ. އަދި ހުރިހާ އެންމެން ވެސް ގޭގައި ނަމާދު ކުރުމަށް އެދި ބަންގި އަށް ފަހު ދިވެހި ބަހުން ގޮވަ އެވެ.
ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގައި މިދިޔަ މަހުގެ 12 ގައި އިއުލާން ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވަނީ މި މަހުގެ 30 އާ ހަމައަށް ދަންމައިފަ އެވެ.
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
އިމާމުވެ ނަމާދުކުރަން 12އަހަރުގެ ކުދިންނަށް ހުއްދައެއް
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
މިސްކިތްތަކުގައި ޖަމާއަތް ހެދުމާ ގުޅޭ މަޝްވަރާކުރަނީ
ތިން މަހަށް ފަހު އުފަލުން ހުކުރަށް
ތިން މަހަށް ފަހު މާލޭގައި މާދަމާ ހުކުރު ނަމާދު ފަށަނީ
މާލެސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ހުކުރު ނުކުރާނެ
ޖަމާއަތުގައި ނަމާދުކުރާނީ މާދަމާ ރޭ މަޣުރިބުން ފެށިގެން
ރޯދައިގެ ފަހު ހުކުރު ޖަމާއަތުގައި، ބޮޑު އުފަލެއް
ޖަމާއަތުގައި ނަމާދުކުރުން މިމަހު 11 އަށް ފަސްކޮށްފި