03 ޖުލައި 2020
ބ. ބޮޑުފިނޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށުގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދިން މައްސަލައިގައި އެ މީހުން ހަޅުތާލު ކުރާ އޮޕަރޭޝަން ކަވަރު ކުރުމަށް ފުލުހުން ވަކި ދެ މީޑިއާއެއް ގެންދިޔަ މައްސަލަ ހޫނުވެ، އެކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ން ރޭ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތުޅާދުއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ބޮޑުފިނޮޅުގައި ހަޅުތާލުކުރާ 200 އެއްހާ ބިދޭސީން ހުއްޓުވައި މައްސަލަ ހަމަޔަކަށް އަޅުވަން މާލެއިން ދިޔަ ފުލުހުންގެ ޚާއްސަ ފައުޖާ އެކު، ދެ މީޑިއާއެއް ގެންދިޔަކަން ފަޅާއެރީ، އެކަން ނޫސްވެރިއަކަށް އެނގިގެން، މީޑިއާތަކަށް ފުލުހުން ޚާއްސަ ކޮށްފައިވާ ގުރޫޕުގައި ސުވާލު ކުރުމުންނެވެ. އޭގެ ޖަވާބުގައި ފުލުހުންގެ މީޑިއާ ރިލޭޝަން އޮފިސަރު، ޗީފް ސްޓޭޝަން އިންސްޕެކްޓަރު އާތިފާ ހަސަން ވިދާޅުވީ، ބްރޯޑްކާސްޓިން މީޑީއާ އަކާއި ޕްރިންޓު މީޑިއާއެއް ބޮޑުފިނޮޅު އޮޕަރޭޝަންގައި ބައިވެރިކުރި ކަމަށެވެ.
ނަމަވެސް، ތަކުރާރުކޮށް ފުލުހުންގެ ވަޓްސްއެޕް ގުރޫޕުގައި ނޫސްވެރިން ސުވާލުކުރުމުން ވެސް ވަކި ދެ މީޑިއާއަކަށް ފުރުސަތު ދިން ގޮތެއް ސާފުކޮށެއް ނުދެއްވުނެވެ.
އާތިފާ ވިދާޅުވީ، ދަތުރުކުރާ އުޅަނދުގެ ސޯޝަލް ޑިސްޓެންސިން ހިފަހައްޓަން ޖެހުމުން، މީޑީއާތަކަށް ފުރުސަތު ދެވުނީ ވަކި އަދަދަކަށް ކަމަށެވެ.
ބޮޑުފިނޮޅުގައި ކުރާ ހަޅުތާލު ހުއްޓުވަން ފުލުހުން މާލެ އިން ރޭ ދަންވަރު ފުރަން ތައްޔާރުވަނީ.---ފޮޓޯ: ޕޮލިސް
"އޭގެ އިތުރުން އޮޕަރޭޝަންތަކުގައި މީޑިއާތަކަށް ފުރުސަތު ދިނުމުގައި، ރިޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފުރުސަތު ދެވެން އޮންނަނީ ވަކި މިންވަރަކަށް،" އޭނާ ވިދާޅުވި އެވެ.
ކުރިން ހުރިހާ މީޑިއާއަކަށް އެންގުމަކާ ނުލައި، ފުލުހުން ބޭނުންވާ ދެ މީޑީއާއެއް ބޮޑުފިނޮޅު އޮޕަރޭޝަންގައި ބައިވެރިކުރި މައްސަލައިގައި، ނޫސްވެރިން ދޫދިނުމެއް ނެތި ސުވާލުކުރަން ފެށުމުން، މިދިޔަ މަހުގެ އެކަކުން ފެށިގެން ވަގުތީ ގޮތުން ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމު ފުރުއްވާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހްގެ ޖަވާބަކީ، އެއީ އޮޕަރޭޝަނަލް ހަރަކާތަކަށް ވުމުން، ލޯންޗުގައި ޖާގަ ހުރި މިންވަރަކަށް ބަލައި، ހުރިހާ މީޑިއާކަށް ފުރުސަތު ދެވެން ނެތުން ކަމަށެވެ.
ފުލުހުންގެ ވަގުތީ ތަރުޖަމާން ޔޫނުސް: ދެ މީޑިއާއެއް ކަނޑައެޅި ގޮތާ މެދު ވަޓްސްއެޕް ގުރޫޕުގައި ޖަވާބެއް ނުދެއްވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"މުސްތަގުބަލުގައި ވެސް މިގޮތަށް މީޑިއާތަކަށް މިފަދަ ފުރުސަތު ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެކި ފަހަރު އެކި މީޑިއާތަކަަށް ފުރުސަތު ފަހިކޮށްދޭނަން،" ޔޫނުސް ވިދާޅުވި އެވެ.
ނަމަވެސް މި އޮޕަރޭޝަންގައި ވަކި ދެ މީޑިއާއެއް ބައިވެރިކުރުމުގައި ފުލުހުން ގެންގުޅުނު އުސޫލު ޔޫނުސް އަށާއި އާތިފާ ވެސް ވަޓްސްއެޕް ގުރޫޕުގައި ވިދާޅެއް ނުވި އެވެ. އޭގެ ބަދަލުގައި އެދިވަޑައިގަތީ އެކަން އިތުރަށް ސާފުކުރަން ބޭނުންވާ މީޑީއާތަކުން ފުލުހުންގެ މީޑީއާ އޮފިޝަލަށް ގުޅުމަށެވެ. އެ ޖަވާބު ދެއްވަން ވެސް ތިއްބަވަނީ އެ ދެ ބޭފުޅުންނެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، މީޑިއާ ކައުންސިލުން ބުނީ، ބޮޑުފިނޮޅު އޮޕަރޭޝަން ކަވަރުކުރުމުގައި ފުލުހުން މީޑީއާތަކަށް ހަމަހަމަ ފުރުސަތު ނުދިމުން އެކަމާ ހިތާމަކުރާ ކަމަށެވެ.
އެމްއެމްސީން ބުނީ، މި ނޫނަސް ފަހަކަށް އައިސް ގައުމުގައި ހިނގާ، މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅުން ހުރި މިފަދަ ކަންކަމުގައި ފުލުހުން މީޑިއާ އަށް އެކަށީގެންވާ މައުލޫމާތުތައް ދިނުމުގައި ފަސްޖެހޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ކުރިން ހުރިހާ މީޑިއާއަކަށް އެންގުމަކާ ނުލައި، ފުލުހުން ބޭނުންވާ ދެ މީޑީއާއެއް ބޮޑުފިނޮޅު އޮޕަރޭޝަންގައި ބައިވެރިކުރި މައްސަލައިގައި، ނޫސްވެރިން ދޫދިނުމެއް ނެތި ސުވާލުކުރަން ފެށުމުން، މިދިޔަ މަހުގެ އެކަކުން ފެށިގެން ވަގުތީ ގޮތުން ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމު ފުރުއްވާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހްގެ ޖަވާބަކީ، އެއީ އޮޕަރޭޝަނަލް ހަރަކާތަކަށް ވުމުން، ލޯންޗުގައި ޖާގަ ހުރި މިންވަރަކަށް ބަލައި، ހުރިހާ މީޑިއާކަށް ފުރުސަތު ދެވެން ނެތުން ކަމަށެވެ.
"އެހެންކަމުން ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ލިބިދިނުމަށްޓަކައި، ގައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި ވީހާވެސް ބޮޑަކަށް އަދި އަވަސްމިނުގައި މީޑިއާތަކަށް މައުލޫމާތު ދިނުމަށް މި ކައުންސިލުން ދިވެހި ފުލުހުންނަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އިދާރާތަކަށް އިލްތިމާސް ކުރަމެވެ،" އެމްއެމްސީން ބުންޏެވެ.
ނޫސްވެރިން ބުނަމުން އަންނަނީ، ފުލުހުން މި އަމަލުކުރީ ވަރަށް ބޮޑަށް ބޭއިންސާފުން ކަަމަށެވެ. އަދި ރަނގަޅަށް މިކަން ކުރަން ބޭނުން ނަމަ، މީޑީއާ އަށް ޚާއްސަ ލޯންޗެއްގައި ނޫސްވެރިން ގެންދެވުނީސް ކަމަށް އެއް ނޫސްވެރިއަކު ބުންޏެވެ
މީޑިއާގެ ފޭކު ފާސްތަކެއް ބޭނުންކުރާ މައްސަލައެއް!
ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނާޅަން އެދިއްޖެ
ޖޫރިމަނާކުރަން އުޅެނީ ބިރުދައްކަން: އެޑިޓަރުން
ޖިންސީ ގޯނާ މައްސަލާގައި މަޖިލިހުން މީޑިއާތަކާ ދެކޮޅަށް
ރިޒާ ވިދާޅުވަނީ މުސާރަ ނުދެވުނީ ފައިސާ ނުލިބޭތީ ކަމަށް
ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފި
ފުލުހުންގެ އަމާޒަކަށް އަނެއްކާވެސް ނޫސްވެރިން!
ހައްޔަރުކުރި ނޫސްވެރިންގެ ޝަކުވާތައް އެމްއެމްސީއަށް
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނަން"