06 ޖުލައި 2020
ނ. އިރުފުށި ރިސޯޓް ހިންގުމުގެ މައްސަލާގައި ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަން އިންޓަނޭޝަނަލްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ނ. އިރުފުށި ރިސޯޓް ހިންގުމުގެ މައްސަލާގައި ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަން އިންޓަނޭޝަނަލްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
އިރުފުށި ހިންގުމުގެ މަައްސަލާގައި ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު (255 މިލިއަން ރުފިޔާ) ދައްކަން ސިވިލް ކޯޓުން ހުކުމް ކުރުމުގެ ކުރިން، އެ އެއްބަސްވުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ސިންގަޕޫރުގެ އާބިޓްރޭޝަނުން އޮތީ ހިލްޓަންއަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް އަންގައިފަ އެވެ.
ސިވިިލް ކޯޓުގެ ހުކުމް ހިލްޓަންގެ ފަރާތުން އިސްތިއުނާފްކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހިލްޓަން އާއި ސަން ޓްރެވަލްސްއާ ދެމެދު ހެދިފައިވާ އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ ދެމެދުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމެއް ހައްލު ކުރަން ޖެހެނީ ސިންގަޕޫރު އާބިޓްރޭޝަން މެދުވެރިކޮށް ކަމަށެވެ. އަދި އެއްބަސްވުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަނުން ނިންމާފައި ވަނިކޮށް ސަން އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ފާހަގަކުރީ ވެސް އާބިޓްރޭޝަނުން ގޮތް ނިންމާފައި ހުރި ކަންތައްތަކެއް ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ އެއްބަސްވުމުގައި ސޮއިކުރުވީ އޮޅުވާލައިގެން ކަމަށް ސަން ޓްރެވަލްސް އިން އާބިޓްރޭޝަންގައި ފާހަގަ ކުރިޔަސް، އެކަން ސާބިތުވާން ނެތް ކަމަށް އާބިޓްރޭޝަނުން އޮތީ ނިންމައިފަ އެވެ. އެހެންވެ، އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުން ނިންމެވީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކަމަށެވެ.
ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ކަމަށްވާ ހިލްޓަންއާ އެއްކޮޅަށް ހައި ކޯޓުން އެ މައްސަލަ ނިންމިއިރު، ހިލްޓަންއާ އެއްކޮޅަށް އާބިޓްރޭޝަނުން ނިންމި ނިންމުން ތަންފީޒު ކުރަން ހުށަހެޅި މައްސަލައެއް ވެސް ކޯޓުތަކުގައި ދަނީ ހިނގަމުންނެވެ. އެ މައްސަލަ ހިލްޓަން އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށެވެ. އެކަމަކު ހައި ކޯޓުން ނިންމާފައިވަނީ އެ މައްސަލަ ބަލަން ޖެހޭނީ ސިވިލް ކޯޓުން ކަމަށެވެ.
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް
އިރުފުށި މައްސަލަ ސަން ޓްރެވަލްސްއާ ދެކޮޅަށް ނިންމައިފި
ހިލްޓަންގެ 16 މިލިއަން ޑޮލަރުގެ މައްސަލަ ހުކުމަށް
ސިވިލް ކޯޓުން ހިލްޓަނަށް ބަދަލު ނަގައިދޭން ހުކުމްކޮށްފި
އިރުފުށި މައްސަލާގައި ހިލްޓަން ގޮތް ހުސްވެފައި
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި
ހިލްޓަނަށް ދެހަފުތާ ތެރޭ ފައިސާ ދޭން ސަންއަށް ޖެހިއްޖެ
28 މިލިއަން ޑޮލަރު ދޭން ސަންއަށް އެންގީ ގޯސްކޮށް
ސަންއަށް ބަދަލު ދޭން ކުރި ހުކުމް ބާތިލްކުރީ ރަނގަޅަށް
އެނބޫދޫފަޅުގައި ދެ ރިސޯޓެއް އަންނަ އަހަރު ހުޅުވަނީ