އާބިޓްރޭޝަންގެ ނިންމުމަކާ ގުޅިގެން ސަން ޓްރެވަލްސް ކުންފުނިން ހިލްޓަން އިންޓަނޭޝަނަލަށް 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު (430 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
07 ޖުލައި 2022
އާބިޓްރޭޝަންގެ ނިންމުމަކާ ގުޅިގެން ސަން ޓްރެވަލްސް ކުންފުނިން ހިލްޓަން އިންޓަނޭޝަނަލަށް 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު (430 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ކުންފުނިން ހިންގާ އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާއި ސަން ޓްރެވަލްސްއާ ދެމެދު ހެދި އެއްބަސްވުން ސަން ކުންފުނިން ބާތިލްކުރި މައްސަލާގައި ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ 24 މިލިއަން ޑޮލަރުގެ ބަދަލެއް ހިލްޓަނަށް ދޭން ސަން ކުންފުނީގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެ ފައިސާ ނުދައްކާތީ ޖޫރިމަނާ އެކު، 29 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ ނިޔަލަށް އެރިއިރު، އޭގެ ތެރެއިން އެއް މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ސަން ކުންފުނިން އޮތީ ކޯޓަށް ދައްކައިފަ އެވެ. ބާކީ ފައިސާ އޮތް 28 މިލިއަން ޑޮލަރު އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އަމުރުކުރި އެވެ.
އެ އަމުރު ސަން ކުންފުނިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އާބިޓްރޭޝަންގެ ނިންމުމެއް ރާއްޖޭގައި ތަންފީޒު ކުރުމުގެ ކުރިން އެ ނިންމުމެއް ބަލައިގަތުމާ މެދު ކޯޓުތަކުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެވޯޑް ބަލައިގަތުމުގެ އަމުރެއް ނެތިީސް އެވޯޑް ތަންފީޒު ކުރުމުގެ މަރުހަލާ ކޯޓުތަކަށް ނުފެށޭނެ ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އާބިޓްރޭޝަންގެ ނިންމުން ކޯޓުތަކުން ބަލައިގަތުމުގެ މައްސަލާގައި ހައި ކޯޓުގެ ކުރީގެ ދެ ހުކުމެއް ދެގޮތަށް އޮތަސް، ސަން ކުންފުނީގެ މައްޗަށް އަމުރު ނެރުނުއިރު އޮތީ އާބިޓްރޭޝަންގެ ނިންމުން ކޯޓުތަކުން ބަލައިގަތުމާ މެދު ގޮތެއް ނިންމަންޖެހޭ ގޮތަށް ކަމަށެވެ.
އެކަމަކު ސަން ކުންފުނީގެ މައްޗަށް އަމުރު ނެރުނީ އާބިޓްރޭޝަންގެ ނިންމުން ބަލައިގަތްކަމުގެ އަމުރެއް ހޯދުމެއް ނެތި ކަމަށްވާތީ ފައިސާ ދައްކަން ނެރުނު އަމުރު ބާތިލްކުރީ ކަމަށް ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަަދު ނިޔާޒް ލިޔުއްވާފައިވާ ގޮތުން ސަން ކުންފުނީގެ މައްސަލާގައި ކުރިން ހައި ކޯޓުން ކުރި ހުކުމެއްގައި އާބިޓްރޭޝަންގެ ނިންމުން ކޯޓުން ބަލައިގެންފައިވާ ކަމަށް ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެކަމާ މެދު އިތުރަށް ވާހަކަ ދައްކަން ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި އަދި މި މައްސަލާގައި އިތުރަށް އެ ވާހަކަ ދައްކަން ފުރުސަތު ދިނުމަކީ ކޯޓުތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފަން ދިން ފުރުސަތެއް ކަމަށް ވެސް ފަނޑިޔާރު ނިޔާޒް ލިޔުއްވާފައިވެ އެވެ.
އެއްބަސްވުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަނުން ނިމިފައި ވަނިކޮށް ސަން ކުންފުންޏަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ހުކުމެއް ކުރި އެވެ. އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ހައި ކޯޓުގެ ހުކުމަށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ތާއީދުކުރި އެވެ.
ހިލްޓަނަށް ދެހަފުތާ ތެރޭ ފައިސާ ދޭން ސަންއަށް ޖެހިއްޖެ
ސަންގެ އެކައުންޓްތައް ހިފެހެއްޓީ ރަނގަޅަށް: ހައި ކޯޓު
ސަން ޓްރެވަލްސަށް 16 މިލިއަން ދޭކަށް ނުޖެހޭ:ހިލްޓަން
ސިވިލް ކޯޓުން ހިލްޓަނަށް ބަދަލު ނަގައިދޭން ހުކުމްކޮށްފި
ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރާނަން: ހިލްޓަން
ހިލްޓަނަށް ސަންއިން ފައިސާ ދިނުން ފަސްކުރަން އަމުރެއް
ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފި
ސަން ޓްރެވަލްސް އަށް ބަދަލުދޭން ކުރި ހުކުމް ބާތިލް
ހިލްޓަންގެ 16 މިލިއަން ޑޮލަރުގެ މައްސަލަ ހުކުމަށް
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް