ހިލްޓަން ކުންފުންޏަށް 24 މިލިއަން ޑޮލަރުގެ ދޭން ސަން ޓްރެވަލްސް ކުންފުނީގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އަންގާފައިވާ އެންގުން ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށާއި އެހެންވެ، މިހާތަނަށް ނުދައްކައި ހުރި ފައިސާ 14 ދުވަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ހިލްޓަން ކުންފުންޏަށް 24 މިލިއަން ޑޮލަރުގެ ދޭން ސަން ޓްރެވަލްސް ކުންފުނީގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އަންގާފައިވާ އެންގުން ބަލައިނުގަނެވޭނެ ސަބަބެއް ނެތް ކަމަށާއި އެހެންވެ، މިހާތަނަށް ނުދައްކައި ހުރި ފައިސާ 14 ދުވަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަން ކުންފުނިން އުވާލުމުން ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން އާބިޓްރޭޝަނުން އަމުރުކުރީ 2015 ވަނަ އަހަރު އެވެ. އޭގެ ތެރެއިން ބައެއް ފައިސާ ކޯޓުން ކުރިން ވަނީ ތަންފީޒު މަރުހަލާގައި އަތުލައިފަ އެވެ.
އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކުރަން ހިލްޓަންގެ ފަރާތުން ހުށަހެޅުމުން ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައި ވަނީ އާބިޓްރޭޝަންގެ ނިންމުން ބަލައިގަތުން މަނާކުރާ ގާނޫނީ ސަބަބެއް ނެތުމުން، މިހާތަނަށް ނުދައްކައި ހުރި ފައިސާ އާއި އަރަމުންދާ ޖޫރިމަނާ ދައްކަން އަންގާ ކަމަށެވެ.
ހައި ކޯޓުން ކުރިން ނިންމާފައި ވަނީ ބޭރުގެ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް ރާއްޖޭގައި ތަންފީޒު ކުރުމުގެ ކުރިން އެ އެ ނިންމުމެއް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. އެހެންވެ، އާބިޓްރޭޝަންގެ ނިންމުން ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅަން ސަން ޓްރެވަލްސްއިން އެދުނެވެ.
އެގޮތުން ހިލްޓަނުން އެއްބަސްވުން ހެދީ މަކަރާއި ހީލަތުން އޮޅުވާލައިގެން ކަމަށާއި އާބިޓްރޭޝަންގެ ނިންމުމަކީ ދައުލަތުގެ އާންމު ސިޔާސަތާ ހިލާފު ނިންމުމެއް ކަމަށް ވާތީ އެ ނިންމުން ބަލައިނުގަންނަން އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން ސަން ޓްރެވަލްސް އިން ކޯޓުގައި އެދުނެވެ.
ނަމަވެސް ކޯޓުގެ ހުކުމުގައި ވަނީ އާބިޓްރޭޝަނުން ގޮތް ނިންމާފައިވާ ކަންކަމާ މެދު އަލުން ގޮތެއް ކަނޑައެޅުމަކީ ސިވިލް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާތީ އެ ކަންކަމާ މެދު އެ ކޯޓަށް އިތުރަށް ގޮތެއް ނުނިންމޭނެ ކަމަށެވެ.
އެ މައްސަލާގައި ހިމެނޭ އެއްބަސްވުމަކީ ދައުލަތުގެ އާންމު ސިޔާސަތާ ހިލާފު އެއްބަސްވުމަކަށް ނުވާތީ އާބިޓްރޭޝަންގެ އެވޯޑް ބަލައިގަތުން މަނާވާ ސަބަބެއް ނެތް ކަމަށް ވެސް ހުކުމުގައި ބުންޏެވެ.
28 މިލިއަން ޑޮލަރު ދޭން ސަންއަށް އެންގީ ގޯސްކޮށް
ސިވިލް ކޯޓުން ހިލްޓަނަށް ބަދަލު ނަގައިދޭން ހުކުމްކޮށްފި
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި
ސިޔާމް ފުރުން މަނާކުރި މައްސަލައަށް ސަރުކާރު ވަދެއްޖެ
ހިލްޓަނަށް ސަންއިން ފައިސާ ދިނުން ފަސްކުރަން އަމުރެއް
ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފި
ސަންގެ އެކައުންޓްތައް ހިފެހެއްޓީ ރަނގަޅަށް: ހައި ކޯޓު
ސަންއަށް ބަދަލު ދޭން ކުރި ހުކުމް ބާތިލްކުރީ ރަނގަޅަށް
"ސަންގެ މުދަލާ ބެހޭ ތަފްސީލު ހިލްޓަންއަށް ހޯދޭނެ"
ސަން ޓްރެވަލްސް އަށް ބަދަލުދޭން ކުރި ހުކުމް ބާތިލް