ޕީޕީއެމް ހިންގުމުގެ ބާރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލު ކުރެއްވުން ހުއްޓާލައްވައި ރައީސް ޔާމީން ޕާޓީ ހިންގެވުން ހުއްޓާލެއްވުމަށް އެދިވަޑައިގެން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޔާމީނަށް އިއްޔެ ސިޓީއެއް ފޮނުއްވައިފި އެވެ.
21 އޮކްޓޯބަރ 2016
ޕީޕީއެމް ހިންގުމުގެ ބާރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލު ކުރެއްވުން ހުއްޓާލައްވައި ރައީސް ޔާމީން ޕާޓީ ހިންގެވުން ހުއްޓާލެއްވުމަށް އެދިވަޑައިގެން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޔާމީނަށް އިއްޔެ ސިޓީއެއް ފޮނުއްވައިފި އެވެ.
ޕާޓީ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ނުބާއްވާތީ، އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމްކުރީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، އެމަނިކުފާނުގެ ބެލުމުގެ ދަށުން ކައުންސިލް ބައްދަލުވުމެއް ބާއްވައި ޕާޓީ ހިންގާނެ ގޮތެއް ކައުންސިލުން ކަނޑައެޅުމަށެވެ. އެ ހުކުމާ ގުޅިގެން ރައީސް ޔާމީން ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ޕާޓީ ހިންގުމަށެވެ.
ޕީޕީއެމްގެ ހުކުމަށް ފަހު ޕީޕީއެމްގައި ރައީސް ޔާމީންގެ ފެކްޝަނަކާއި މައުމޫންގެ ފެކްޝަނެއް އުފެދި، ވަކި ދެ ކައުންސިލެއް އުފެދިފައި ވަނިކޮށް ރައީސް ޔާމީނަށް މައުމޫން އިއްޔެ ފޮނުއްވި ސިޓީގައިވަނީ ވިދާޅުވެފައި ވަނީ މިހާތަނަށް ވެސް ޕާޓީ ހިންގަމުން ދިޔައީ ޕާޓީގެ ރައީސް ކަމަށާއި ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް އޮންނަ ފަރާތެއް ނޫންކަން އަސާސީ ގަވާއިދުން އެނގޭ ކަމަށެވެ.
ގަވާއިދުގައި އެގޮތަށް ބުނެފައި ވަނިކޮށް ވެސް ރައީސް ޔާމީން ޕާޓީ ހިންގަވަމުން ގެންދިއުމަކީ ޕާޓީގައި ބައިބައިވުން އުފެދި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަން ދަތިތަކާ ދިމާވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސިޓީގައިވެ އެވެ.
ސިވިލް ކޯޓުގެ ހުކުމް މިހާރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާކަން ފާހަގަކުރައްވައި އެ ސިޓީގައި މައުމޫން އެދިވަޑައިގަތީ ހުކުމަށް އަމަލުކުރެއްވުން ހުއްޓާލައްވައި، ޕާޓީ ހިންގުން ރައީސް ޔާމީން ދޫކޮށްލެއްވުމަށެވެ. ސިޓީގައިވާ ގޮތުން މިއީ "ކައުންސިލުން ފާސްކޮށްގެން" ރައީސް ޔާމީންގެ ކިބައިން އެދިވަޑައިގަންނަވާ ކަމެކެވެ.
ރައީސް ޔާމީންގެ ފެކްޝަނުގަ އާއި ރައީސް މައުމޫންގެ ފެކްޝަނުގައި ވެސް ކައުންސިލަކާ އެކު ދެ ލީޑަޝިޕް އުފެދިފައި ވާއިރު ކޮންމެ ފަޅިއަކުން ވެސް ދެކެނީ އަނެއް ފަރާތުގެ ނިންމުންތައް ސައްހަ ނުވާނެ ކަމަށެވެ. ކޮންމެ ފެކްޝަނަކުން ވެސް ބުނަނީ ސައްހަ ޕީޕީއެމް އަކީ އެ ބައެއް ކަމެވެ.
ރައީސް ޔާމީނާ ޕީޕީއެމް ހަވާލުކުރި މައްސަލާގައި ކޯޓަށް
ޕީޕީއެމްގެ މުދާ ހޯދަން ފޮނުވި ސިޓީއާ ހަވާލެއް ނުވި
"ޕީޕީއެމް ރައީސް ކޮބައިތޯ ސުޕްރީމް ކޯޓުގައި އަހާނަން"
ހައި ކޯޓުން ވެސް ޕީޕީއެމް ދިނީ ރައީސް ޔާމީނަށް
ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށް، އާ ކޮމެޓީއެއް
ކޯޓުގައި ޕީޕީއެމް ތަމްސީލްކުރަން ވަކީލުންގެ ޓީމެއް
ޝަރުއީ ގޮތުން މައުމޫނާ ޕީޕީއެމް ހަވާލެއް ނުކުރެވޭނެ
ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓަންޖެހޭ: މައުމޫން
ވަކިކުރި ކަމަށް ބުނީ ދަންނަ ބައެއް ނޫން: ނިހާން
ޕީޕީއެމުން މައުމޫން ވަކިކުރުމާމެދު މިރޭ ގޮތެއް ނިންމަނީ