Roadha Mihaaru

މުހައްމަދު އިބްރާހީމް، ސިފައިންގޭގެ ފުރަތަމަ އެޖުޓަންޓް ޖެނެރަލް

އެމްއެންޑީއެފްގައި އެޖުޓަންޓް ޖެނެރަލްގެ މަގާމު އުފައްދައި، އެ މަގާމަށް ކާނަލް މުހައްމަދު އިބްރާހިމް މިއަދު އައްޔަން ކުރައްވައިފި އެވެ.

އެޖުޓަންޓް ޖެނެރަލަކަށް މުހައްމަދު އިބްރާހިމް
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

07 ޖުލައި 2020

އެމްއެންޑީއެފްގައި އެޖުޓަންޓް ޖެނެރަލްގެ މަގާމު އުފައްދައި، އެ މަގާމަށް ކާނަލް މުހައްމަދު އިބްރާހިމް މިއަދު އައްޔަން ކުރައްވައިފި އެވެ.

ސިފައިންގެ މައި މަރުކަޒުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި، މުހައްމަދު އިބްރާހީމާ، އެ މަގާމު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް އަބްދުﷲ ޝަމާލެވެ.

އެމްއެންޑީއެފް އިން މިއަދު ކުރި ޓްވީޓެއް

އެޖުޓަންޓް ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާތަކުގެ ތެރޭގައި ސިފައިންގޭގެ ސެރަމޯނިއަލް ޑިއުޓީތައް އަދާކުރުމާއި ސިވިލް އަދި ޕަބްލިކް އެފައާޒާއި ގާނޫނީ އެހީތެރިކަމާއި އަސްކަރީ ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުން ހިމެނެ އެވެ.

މިއީ ރިސޯސް އާއި ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ ހިދުމަތްތައް ދޭން އުފެއްދި ސަޕޯޓް ސާވިސްއެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެޖުޓަންޓް ޖެނެރަލަކަށް ފުރަތަމަ ފަހަރަށް އައްޔަން ކުރެއްވި މުހައްމަދު އިބްރާހީމް އެންމެ ފަހުން ހުންނެވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމުގަ އެވެ. އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ.