Roadha Mihaaru
އާއިލާއަށް ކާއެއްޗެއް ނުލިބި ހަ މަސް:ހައްގުތައް ކޮބާ؟

އާއިލާއަށް ކާއެއްޗެއް ނުލިބޭތާ ހަ މަސް: ހައްގުތައް ކޮބާ؟

09 ޖުލައި 2020

މުސާރަ ނުލިބި ތިބި 179 ބިދޭސީއަކާ އެކު ބ. ބޮޑުފިނޮޅުގައި ހޭދަކުރި 12 ގަޑިއިރު ތެރޭ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ވަކީލުންނަށް އަޑުއިވުނީ އެތައް މަސް ދުވަހުގެ އުދާސްތަކެވެ. އެ މީހުން، ބޭރު ގައުމެއްގެ އެކަހެރި ރަށެއްގައި ބިކަވެފަ އެވެ؛ ބަންގްލަދޭޝްގައި ތިބި އެ މީހުންގެ އާއިލާތައް ހައިހޫނުކަމުގަ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

މުސާރަ ނުލިބި ތިބި 179 ބިދޭސީއަކާ އެކު ބ. ބޮޑުފިނޮޅުގައި ހޭދަކުރި 12 ގަޑިއިރު ތެރޭ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ވަކީލުންނަށް އަޑުއިވުނީ އެތައް މަސް ދުވަހުގެ އުދާސްތަކެވެ. އެ މީހުން، ބޭރު ގައުމެއްގެ އެކަހެރި ރަށެއްގައި ބިކަވެފަ އެވެ؛ ބަންގްލަދޭޝްގައި ތިބި އެ މީހުންގެ އާއިލާތައް ހައިހޫނުކަމުގަ އެވެ.

"ތިމަންނަގެ އަންހެނުންނާއި ދަރިންނާ ހަ މަސް ދުވަސް ވެއްޖެއޭ ކާނެ އެއްޗެއް ނުލިބިގެން އުޅޭތާ، އެހެން ބުނެފައި، ބޮޑެތި ފިރިހެނުން ހަމަ ރުއީ،" ޕީއައިއެލްސީގެ ރައީސް އަދި ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވި އެވެ.

ކުންފުނިތަކުން ބިދޭސީން ލައްވައި މަސައްކަތްކުރުވައި މުސާރަ ނުދީ އަދި އިންސާނީ ހައްގުތަކުން މަހުރޫމްކޮށްގެން ގެންގުޅޭ މައްސަލަ ބޮޑުވެފައި އޮތް މިންވަރު، ބިދޭސީންގެ މުޒާހަރާތަކާއި ހަމަނުޖެހުންތަކުން ހާމަވަމުންދާ މި ދަނޑިވަޅުގައި އެއް ސުވާލަކީ މުސާރަ ނުދިނީމާ ހައްގު ހޯދަން ބިދޭސީން މުއައްސަސާތަކަށް ނުދިޔައީ ކީއްވެގެންތޯ އެވެ.

ގާނޫނީ ގޮތުން ހައްގުތަކެއް ކަށަވަރުވެފައި އެބަ ހުއްޓެވެ. މުއައްސަސާތަކެއް ވެސް އެބަ ހުއްޓެވެ. އެކަމަކު އިންސާފު އެއީ ބިދޭސީންނަށް ހޯދެން ނެތް އެއްޗެކެވެ.

""ޕާސްޕޯޓު ނެތި، މާލެ އާދެވޭނެ ގޮތެއް ނެތި، އޮންލައިން ވެވޭނެ ގޮތެއް ނެތިފައި ތިބޭ ބައެއްގެ ވާހަކަ މި ދައްކަނީ. ކިހިނެއް އެ މީހުން ތަންތަނަށް މައްސަލަ ހުށަހަޅަން ދާނީ؟"

ހުޅުމާލޭގައި ތިބި އައިލެންޑް އެކްސްޕާޓްސްގެ މުވައްޒަފުން އަދި ބޮޑުފިނޮޅުގައި ރިޒްގެ މުވައްޒަފުން ވެސް، އެ މީހުންނާ ދޭތެރޭ ކަން ކުރަމުންދިޔަ އިހާނެތި ގޮތްތަކާ ހެދި އާއި މުސާރަ ނުދީގެން، ކުރިންސުރެ ޝަކުވާކުރަމުން ދިޔަ ކަމާއި އެކަމަކު އެ އަޑު އަހާނެ ބަޔަކު ނުވިކަން މި މައްސަލަތަކުގައި ކަން ހިނގާފައި ހުރި ގޮތްގޮތުން ދޭހަވެ އެވެ. އަނެއްކޮޅުން، އިންސާފު ހޯދަން އަމިއްލަ އަށް އުޅެވޭނެ ފަދަ ގާބިލްކަމެއް، އެތައް ސަބަބަކާ ހެދި، ބިދޭސީ މަސައްކަތު މީހުންގެ ކިބަޔަކު ނެތެވެ.

ޝުނާނާ ވިދާޅުވި ގޮތުގައި ކުންފުނިން ޕާސްޕޯޓު އަތުލާފައި އޮންނާތީ ޓްރައިބިއުނަލް އަށް ހުށަހަޅާނެ އައިޑީއެއް ނެތުމުން ފެށިގެން ގޮސް އެތައް ހުރަހެއް ބިދޭސީންނަށް އެބަ ހުއްޓެވެ.

"ޕާސްޕޯޓު ނެތި، މާލެ އާދެވޭނެ ގޮތެއް ނެތި، އޮންލައިން ވެވޭނެ ގޮތެއް ނެތިފައި ތިބޭ ބައެއްގެ ވާހަކަ މި ދައްކަނީ. ކިހިނެއް އެ މީހުން ތަންތަނަށް މައްސަލަ ހުށަހަޅަން ދާނީ؟" އޭނާ ސުވާލުކުރެއްވި އެވެ.

"ޓްރައިބިއުނަލް އަށް މައްސަލައެއް ހުށަހަޅާނީ ކިހިނެއް ކަމެއް، ކޮން ފޯމަކުން ކަމެއް، އޭގެ ތަފްސީލްތައް ދިވެހިންނަށް ވެސް އޮޅުންއަރާ. ކިހިނެއް މިފަދަ ހާލަތެއްގައި ހުންނަ ބިދޭސީއަކު އެ ތަފްސީލްތައް ހޯދައިގެން މައްސަލަ ހުށަހަޅާނީ؟"

ޝުނާނާ (ކ2) އާއި އެހެން ބައެއް ވަކީލުން ބޮޑު ފިނޮޅުގައި ބިދޭސީ މީހަކާ ވާހަކަދައްކަވަނީ. ފޮޓޯ: ޕީއައިއެލްސީ

ޝުނާނާ (ކ2) އާއި އެހެން ބައެއް ވަކީލުން ބޮޑު ފިނޮޅުގައި ބިދޭސީ މީހަކާ ވާހަކަދައްކަވަނީ. ފޮޓޯ: ޕީއައިއެލްސީ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ހައްގުތަކަކީ ކޮބައިކަމެއް އަދި އިންސާފު ހޯދަން ވަކީލަކަށް ގުޅާނެ ގޮތެއް ވެސް ގިނަ ފަހަރަށް ބިދޭސީންނަކަށް ނޭނގެ އެވެ. އޭނާ ވިދާޅުވީ މަސައްކަތްކުރުވަން ގެންނަ މީހުން ރާއްޖެ އެތެރެވާ ހިސާބުން ނުވަތަ އޭގެ ފަހުން ވިޔަސް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން، ހާއްސަކޮށް މައިގަނޑު ޒިންމާ އޮތް ލޭބަ ރިލޭޝަންސް އޮތޯރިޓީން، ބިދޭސީންނަށް އެ މައުލޫމާތު ދީގެން ހޭލުންތެރިކަން އުފައްދަން ޖެހޭނެ ކަމަށެވެ.

"އެ ކަންކަން ނުކުރާ ކަމުގެ ނަތީޖާ މި ނުކުންނަނީ،" ކާކުކަން ހާމަވެއްޖެއްޔާ މަސައްކަތަށް ދަތިތަކެއް ދިމާވެދާނެތީ ނަން ނުޖަހަން ޝަރުތުކުރައްވާ އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުމެން ލަންކާ އަށް ނުވަތަ އިންޑިއާ އަށް ގޮސް އުޅޭ އިރު އެ ގައުމުތަކުގެ ގާނޫނުތަކާއި ގަވާއިދެއް ނޭނގޭނެ. ދެން މި ދައްކަނީ އަންސްކްލިޑް ލޭބަރާސްގެ ވާހަކަ. ތައުލީމީ މީހުންގެ ވާހަކައެއް ނޫން. އެ މީހުންނަށް، އެ މީހުންނަށް ރާއްޖޭގައި ލިބިގެންވާ އަސާސީ ހައްގުތައް ވެސް އެނގޭނެ ކަމަށް އަޅުގަނޑުމެން ބަލައިގެންވާނީ ކިހިނެއް؟"

ޝުނާނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންސާފު ހޯދުމަކީ އާއްމުކޮށް އެންމެންނަށް ވެސް އުނދަގޫ، ހަރަދު ބޮޑު އަދި ލަސް ކަމަކަށްވާ އިރު އާމްދަނީ ހުއްޓި ނިކަމެތިވެފައި ތިބޭ ބިދޭސީ ބަޔަކަށް އެ ހުރަސްތައް އަމުދުން ބޮޑުވާނެކަން އެނގެ އެވެ.

"ޓްރައިބިއުނަލް އަށް ދާން ވެސް އާއްމުކޮށް ލީގަލް ފީސް އަށް އަރާނެ 10،000 ރުފިޔާ ނުވަތަ 15،000 ރުފިޔާ އަށް ވުރެ މަތިން،" އޭނާ ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކުގައި ހިލޭ ސާބަހަށް އެހީތެރިވެދޭނެ ޖަމްއިއްޔާއަކަށް ރާއްޖޭގައި އޮތީ ވެސް ޕީއައިއެލްސީ އެކަނިކަން ފާހަގަކުރައްވައި ޝުނާނާ ވިދާޅުވީ ވަކީލުންތަކެއް އަމިއްލަ ވަގުތުގައި އެކަން ކޮށްދެނީ ޖަމްއިއްޔާގައި ފައިސާ ހުރެގެން ނޫން ކަމަށެވެ. އެހެންވެ، މި ދަނޑިވަޅުގައި ރެކޯޑް އަދަދަކަށް ޕިއައިއެލްސީ އަށް މައްސަލަތައް ހުށަހެޅިޔަސް ވަސީލަތްތައް ނެތިގެން ހުރިހާ މައްސަލަތައް ބަލައެއް ނުގަނެވެ އެވެ. އެކަމަކު، ދިވެއްސަކު ވެސް ހިމެނޭ ގޮތަށް، ރިޒްގެ 199 މުވައްޒަފެއްގެ މުސާރައިގެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން އެ ޖަމްއިއްޔާ އިން އަންނަނީ ތައްޔާރުވަމުންނެވެ. ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކުރުމާއި ހަމަނުޖެހުން ހިންގުމާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

Ekehge shakuvaa: Musaara nudheythaa 7 mas, gain thaahiru veveyne gotheh ves neiy!

Ekehge shakuvaa: Musaara nudheythaa 7 mas, gain thaahiru veveyne gotheh ves neiy!

The most trusted news source in the Maldives

Mihaaru

ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓްސްގެ މުވައްޒަފުން މުޒާހަރާކުރި އިރު އެކަކުގެ ޝުއޫރު

ކުރާނެ މަސައްކަތާއި ލިބޭނެ މުސާރަ އޮޅުވާލައިގެން ބިދޭސީން ގެނެސް މަސައްކަތްކުރުވުމާއި އިންސާނުންނަށް ވުރެ ދަށު ދަރަޖައިގައި އެ މީހުން ގެންގުޅުމާއި ވަޒީފާ ދޭނެ ކަމަށް ބުނެ މަކަރު ހަދައިގެން މީހުން ގެނެސް މަގުމަތިކުރުމަކީ ރާއްޖޭގައި ހިނގަމުންދާ ކަންކަމެވެ. ބިދޭސީންގެ އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިން) އާއި އިންސާނީ ހައްގުތައް ނިގުޅައިގަތުން ފުޅާވެފައި އޮތް މިންވަރު ބައިނަލްއަގުވާމީ ރިޕޯޓުތަކާއި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން ވަނީ އެނގިފަ އެވެ. މުސާރަ ނުދިނުމުގެ އެތައް މައްސަލައެއް ފެންމަތިވެއްޖެ އެވެ. ބިދޭސީ މަސައްކަތު މީހުންނަކީ ދިވެހިންނަށް ވުރެ ދެރަ ބައެއް ކަމަށް ގަބޫލުކޮށްގެން އެ މީހުންނާ ދޭތެރޭ ތަފާތު ގޮތަކަށް ދުށުމާއި އިހާނެތިވުމުގެ ސަގާފަތެއް އާއްމުންގެ ތެރޭގައި ވެސް އެބަ އޮތްކަން ހިނގާ ހާދިސާތަކުންނާއި ދިވެހިން ފާޅުކުރާ ޝުއޫރުތަކުން ސާފެވެ. އިންސާފުގެ މަގު ހޯދައި އެ މަގުން މުއައްސަސާތަކާ ދިމާއަށް ހިނގައިގަތުމުގެ ބާރެއް ނެތް ބިދޭސީންގެ މުޒާހަރާތަކާއި ހަމަނުޖެހުންތަކުން، މި ކަންކަން ކުރިއަށް ވުރެ ބޮޑަށް ދަނީ ތިލަވަމުންނެވެ.

ބޮޑުފިނޮޅުގައި ތިބި މަސައްކަތު މީހުންގެ ތެރޭގައި ވެސް ގިނައީ، ޕީއައިއެލްސީން ބުނިގޮތުގައި، މުސާރަ ނުލިބި ހަ މަސް ދުވަސް ތަހައްމަލްކޮށްފައި ތިބި މީހުންނެވެ؛ ރިސޯޓެއް ހަދަމުން އަންނަ އެ ރަށުގައި ތާށިވެ ގޮތްހުސްވެފަ އެވެ.

"އެފަދަ ބަޔަކު ތިބޭނީ ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައި. އެ ހާލަތަށް ދިޔައިމަ، އެހެން މީހަކަށް ވިސްނޭނީ، ކިހާ ވަރެއްގެ ޓްރޯމާއެއްގަކަން އެ މީހުން އެ ތިބެނީ،" ޝުނާނާ ވިދާޅުވި އެވެ.