ކޮވިޑް-19 ޖެހިގެން 13 ވަނަ މީހަކު ރާއްޖެ އިން މިއަދު މަރުވެއްޖެ އެވެ.
08 ޖުލައި 2020
ކޮވިޑް-19 ޖެހިގެން 13 ވަނަ މީހަކު ރާއްޖެ އިން މިއަދު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މަރުވެފައި ވަނީ 70 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ މީހާ މިއަދު މެންދުރު 1 ޖެހި އިރު އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ އެވެ. އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުން ޓެސްޓް ކުރުމުންނެވެ.
ރާއްޖެއިން މިހާތަނަށް ވަނީ ހަތް ދިވެހިންނާއި ހަ ބިދޭސީން ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހުންނާއި ފިލިޕީންސް މީހެކެވެ.
ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 2،502 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން 2،158 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ފަރުވާދެމުން މިހާރު ދަނީ 326 މީހުންނަށެވެ. އައިސޮލޭޝަނުގައި 273 މީހުން ތިބި އިރު ކަރަންޓީނުގައި 107 މީހުން އެބަތިއްބެވެ.
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!
ކޮވިޑްގައި މިއަދުގެ މިހާތަނަށް 6 މަރު
ކޮވިޑުގައި ރާއްޖެއިން 30 ވަނަ މީހާ މަރުވެއްޖެ
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
މަރުވީ އައިޖީއެމްއެޗުން ކޮވިޑް ޖެހުނު ކެންސަ ޕޭޝަންޓެއް
ކޮވިޑް ޖެހިގެން 8 ވަނަ މީހާ މަރުވެއްޖެ
ބިދޭސީގެ ފުރާނަ ސަލާމަތްކުރަން ލިބުނީ ކުޑައިރުކޮޅެއް
މި މަހު 19 މީހަކަށް އިންފްލުއެންޒާ، އެއް މަރު!