Roadha Mihaaru
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

24 އޯގަސްޓް 2020

ކޮވިޑް ޖެހިގެން ރޭ ދަންވަރު އިތުރު މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް ޖެހިގެން ރޭ ދަންވަރު އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ 79 އަހަރުގެ ފިރިހެން މީހާ މަރުވީ އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެނިކޮށް ކަމަށެވެ. އޭނާ އަކީ މި ބަލީގައި ރާއްޖެ އިން މަރުވި 27 ވަނަ މީހާ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް ލުއިދޭން ފެށި ފަހުން މި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެހެންވެ، ސަރުކާރުން މިހާރު ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ރެއިން ފެށިގެން ރޭގަނޑު 8:00 އިން ފަތިހު 5:00 އާ ދެމެދު އެއްވެސް ވެހިކަލަކަށް މާލެ ސަރަހައްދުގައި ދުއްވުން މަނާކުރުމެވެ.

މިހާތަނަށް 6،779 މީހަކު ވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 4،222 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 2،531 މީހުންނެވެ.