Roadha Mihaaru
ގުރައިދޫގެ މަރު: ބަންދުގެ މުއްދަތު އިތުރުކޮށްފި

ގުރައިދޫގެ މަރު: ބިދޭސީ މީހާގެ ބަންދު ތިން ވަނަ ފަހަރަށް އިތުރުކޮށްފި

09 ޖުލައި 2020

ތ. ގުރައިދޫގައި މިދިޔަ މެއި 21 ވަނަ ދުވަހު ބިދޭސީއަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތ. ގުރައިދޫގައި މިދިޔަ މެއި 21 ވަނަ ދުވަހު ބިދޭސީއަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޝާހު ސާލާމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 22 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރީ މިދިޔަ ހޯމަ ދުވަހު 15 ކަމަށެވެ. މި ދެ މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

މީގެ ކުރިން ދެ ފަހަރު ވެސް މުއްދަތު ޖެހީ 15 ދުވަހަށެވެ.

ހައްޔަރުކޮށްފައި ވަނީ ޝާހު ސާލާމްގެ މަރުގެ މައްސަލައިގައި އެކި ތަންތަން ފާސްކުރަނިކޮށް ޒަޚަމްތަކަކާ އެކު ފެނުމުންނެވެ.

ފުލުހުން ކުރިން ބުނެފައިވަނީ އޭނާ ޒަހަމްވީ ޝާހުއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައިކަން އެނގިފައިވާ ކަމަށެވެ.

ޝާހު މަރާލީ ގުރައިދޫގެ ސިނާއީ ސަރަހައްދު، ކަންޑަރުގައި އޭނާ ދިރިއުޅޭ ގެ ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައި ހުއްޓެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު އޭރު ބުނި ގޮތުގައި ޝާހަށް ހަމަލާދިން ކަން އެނގުނީ، ހައްޔަރުކުރި މީހާ ޒަހަމްތަކާ އެކު ގޮސް، ބިދޭސީން ދިރިއުޅޭ އެހެން ގެއެއްގެ ދޮރުގައި ޖެހުމުންނެވެ. ކަންޑަރުގައި، ދަނޑުވެރިކަމާއި މަސް ކެއްކުން ފަދަ ކަންކަމުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެ އެވެ. އެކަމަކު ޝާހާއި އޭނާގެ ގާތިލް ކަމަށް ބެލެވޭ މީހާ މަސައްކަތްކުރަމުން އައީ އެއްކޮށެއް ނޫނެވެ.